އިންސާފު ޤާއިމްވެއްޖެނަމަ ސަރުކާރުގެ މަތިފަޑި އެއްކޮށް ފުނޑޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިންސާފަކީ ހަމައެކަނި އެމްޑީޕީގެ ފިކުރަށް ލިބޭ އެއްޗަކަށްވެފައިވާ ކަމަށެވެ. އަދި ޤައުމުގެ ވެރިކަން ކުރެއްވި ބޭފުޅުންނާއި ފުލުހުންނާއި، ސިފައިން މީހުންނަށް ވެސް މިހާރު ސަލާމަތެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ޚިޔާނާތްތެރިންނަށް ސަލާމަތް ލިބެނީ ސަރުކާރުގެ ފިކުރުގައި ތިބެގެން ކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

ޖަމީލު މިހެން ވިދާޅުވީ މާލެ ސިޓީގެ މޭޔަރ ސިފާ މުހައްމަދުގެ މައްސަލަ އަނބުރާ ފޮނުވާލާފައިވާތީ އެ ކަމާއި، ރައީސް ޔާމީންގެ އާމްދަނީ އާއި ނުބައްދަލު މުދަލާއި ފައިސާ ދައުލަތަސް ނަގާދޭން އެދިފައިވާ ޚަބަރުގެ ސްކްރީންޝޮޓްތަކެއް ޝެއަރ ކުރެވުމަށް ފަހުގައެވެ.

ޖަމީލް ގެންދަވަނީ ފަހަކަށް އައިސް ޕީޖީ އާއި ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުްނެވެ.

އެގޮތުން ފުުލުހުންގެ މުއަސަސާ ފެއިލްވެފައިވާ ކަމަށާއި އެ އިދާރާއިން ދަނީ ސަރުކާރުން ޖަހާހައި މިއުޒިކަކަށް ނަށަމުން ކަމަށް ދާދި ފަހުންވެސް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވަނީ ސަރުކާރުގެ ނުފޫޒު ފުލުހުންގެ އިދާރާއަށް ވަރަށް ބޮޑަށް ފޯރަމުން ދާކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ފުލުހުން އަމަލު ކުރަމުންދަނީ ސަރުކާރުގެ "އޯޑަރުތަކަށް" ކަމަށާއި، ސަރުކާރުގެ އިސް ބޭފުޅުން ބޭނުންފުޅުވާ ސިޔާސީ މަންފާތައް ހާސިލް ކުރުމަށް ވަކި ކޮޅަކަށް ބުރަވެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެކި ރަށްރަށުގައާއި ކަންމަތިތަކުގައި މަސްތުވާތަކެތީގެ ބޮޑެތި ވިޔަފާރީތައް ކުރަމުންދާ ކުދިން ފުލުހުންނަށް ނުފެންނަނީތޯ ޖަމީލް ވަނީ ސުވާލުއުފައްދާފައެވެ. އަދި އެއްވެސް ވަޒީފާއެއް އަދާނުކޮށް "ތިން ހަތަރު ކާރު ގަނެ، ބޮޑެތި ބޮޑެތި މުއްސަނދިކަން ހޯދަމުންދާއިރު" އެފަރާތްތަކަށް އާމްދަނީ ލިބެނީ ކިހިނަކުންތޯ ފުލުހުން ބަލަމުން ނުދަަނީ ކީއްވެތޯ ވެސް ޖަމީލް ސުވާލު އުފައްދާފައިވެއެވެ.

ޖަމީލް ވަނީ ސަރުކާރުގެ ނުފޫޒު ފުލުހުންގެ އިދާރާއަށް ވަރަށް ބޮޑަށް ފޯރަމުން ދާކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ފުލުހުން އަމަލު ކުރަމުންދަނީ ސަރުކާރުގެ "އޯޑަރުތަކަށް" ކަމަށެވެ. ސަރުކާރުގެ އިސް ބޭފުޅުން ބޭނުންފުޅުވާ ސިޔާސީ މަންފާތައް ހާސިލް ކުރުމަށް ވަކި ކޮޅަކަށް ބުރަވެ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

އެކި ރަށްރަށުގައާއި ކަންމަތިތަކުގައި މަސްތުވާތަކެތީގެ ބޮޑެތި ވިޔަފާރީތައް ކުރަމުންދާ ކުދިން ފުލުހުންނަށް ނުފެންނަނީތޯ ޖަމީލް ވަނީ ސުވާލުއުފައްދާފައެވެ. އަދި އެއްވެސް ވަޒީފާއެއް އަދާނުކޮށް "ތިން ހަތަރު ކާރު ގަނެ، ބޮޑެތި ބޮޑެތި މުއްސަނދިކަން ހޯދަމުންދާއިރު" އެފަރާތްތަކަށް އާމްދަނީ ލިބެނީ ކިހިނަކުންތޯ ފުލުހުން ބަލަމުން ނުދަަނީ ކީއްވެތޯ ވެސް ޖަމީލް ސުވާލު އުފައްދާފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އ . ޖ . އ

    kale ah veri kamakah naadheveyne

    1
    4
  2. އަލި ކަލޯ

    ކަލޯ ތި ދުވަސް އަންނަ ދުވަހު ގެ 1 ދުވަސް ކުރިން ޔާމިނު ހުންނާނީ ގޯތީ ގަ އި

  3. މަނީމަނީ

    ޖަމީލު އިންސާފު ގާއިމު ކުރުމޭ ތިކިޔަނީ ކޮންއެއްޗަކަން އެއްވެސްމީހަކައް ނޭގޭ ވައްކަން ކުރިމީހާ ވައްކަކުރި ކަމައް ކޯޓުން ސާބިތުވީމަ އެޔައްކިޔަނީ ކީކޭތޯ ދައުލަތުގެ ޚަޒާނާ ފޫދުއްވާލާ އެފައިސާ އަމިއްލަފުޅަށް ނެންގެވީމަ ކިޔަނީ ކީކޭތޯ މިއަށް ބޮޑިބަތް ކެއްކުމެކޭ ނުކިޔޭނެ ދެއްތޯ

    3
    3