ރައީސް އޮފީހުގެ ތަރުޖަމާނުކަމުގެ މަގާމަށް ރައީސް އޮފީހުގެ އަންޑާ ސެކެރެޓަރީގެ މަގާމުގައި ހުންނަވި މަބްރޫކް އަޒީޒް އައްޔަން ކުރައްވައިފިއެވެ.

އޭނާ މި މަގާމަށް އައްޔަން ކޮށްފައި ވަނީ ވަޒީރުންގެ ނައިބްގެ ފެންވަރުގައެވެ.

މަބްރޫކް މި މަގާމަށް އައްޔަންކުރައްވާފައި ވަނީ ޖަނަވަރީ 1 ވަނަ ދުވަހުއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މިބަދަލާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ފަރާތުން ހަބަރާއި މައުލޫމާތު ހޯދުމަށް ގުޅުއްވަންޖެހޭ ފަރާތަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ ދައުރު ކުރިން ފުރުއްވަމުން ގެންދެވި އިބްރާހީމް ހޫދުގެ ބަދަލުގައި މުޙައްމަދު މަބްރޫކް އަޒީޒަށް ކަަަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މަބްރޫކީ ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށިފަހުން، އުފެއްދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނެވެ. އޭނާއަކީ މީޑިއާތަކާއި ވަރަށް ގަތް، އަދި އެހާމެ ރަހުމަތްތެރި ބޭފުޅެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރައްވައެެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހުސެން

    އޮޅުވާލައިގެން އޮފްކޮށް ގެން ދޮގު ސަޅިބައިސާ ކަނޑަން ފައްކާ މީހެއް މިއީ.އެހެންވެ ޙޫދު ބޭރުކޮށްލީ ދޯ

    54
    9
    • ބޯހަލާކު

      ލާދީނީންގެ ބާރުގަދަކަން.! އެމްޑީއެންގެ ބައްދަލުވުންތައް މީނަގެ ކޮފީށޮޕުގަ ހިނގިކަން ފެންނަ ފޮޓޯތައް އެބަހުރި..؟!

      24
      1
  2. އ . ޖ . އ

    maruhabaa
    thee dhivehin beynunvaa kahala dhivehi dharieh

    13
    33
  3. ވަސް

    އަބަ ރަނގަޅުވޭ

    6
    12
  4. ބޯގޯސް

    ކޮވިޑް ވަ އްކަން ކުރަން މަގުފަހިކުރި މީހަކީ ތިޔަ އީ ހުސްވަގުން

    27
    5
  5. ދޮހޮއްކޮޮ

    ވަގުންގެ ސަރުކާރަށް ކުޅަދާނަ ދޮގުހަދަން މޮޅު ތަރުޖަމަނެއް ނަގައިފި

    16
    1
  6. Anonymous

    ގަން ސުކޫލްތަން ހުޅުވާދީބް މަބްރޫކް

    1
    5
  7. ރޯމިޔޯ

    ދެން މިހާރު ހޫދު އަކީ ކާކު؟އޭނަވެސް ވީ ހިސާބެއް ބަލާލަން ވާނެތާ...

    18