އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ބަދަހިކޮށް ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އިންޑިއާގެ އެހީތެރިކަމާއި އެއްބާރުލުން ލިބުން އެއީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ އިންޑިއާގެ "ދަހިންދޫ" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

ރައީސް ޞާލިހްގެ ސަރުކާރުން އިންޑިއާއަށް ދިވެހިރާއްޖެ ވިއްކާލަނީ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުން ގެންދާތީ އާއި "އިންޑިއާ އައުޓް" ނަމުގައި މީސް މީޑިއާގައި ހިންގަމުން ގެންދާ ކެމްޕޭނާއި ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެކަހެރި ވެފައިއޮތް ހާރިޖީ ސިޔާސަތު ދޫކޮށް އަވައްޓެރި ގައުމުތަކާއި ގުޅުން ބަދަހި ކުރުމުން ގައުމީ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރެވި މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ރާއްޖެ އަށް އިހްތިރާމް ލިބިގެންދާ ކަމަށެވެ.

"އަޅުގަނޑުމެން މަރުހަބާ ކިޔަން ހާރިޖީ ސިޔާސަތައް ވެސް ލިބޭ ބިނާ ކުރުވަނިވި ފާޑުކިޔުންތަކަށް. ހާއްސަކޮށް ދުނިޔެއަށް ކުރިމަތިވެފައި މިއޮތް ކާރިސާގެ ހާލަތުގައި ބައިނަލްއަޤުވާމީ ގުޅުންތައް އަޅުގަނޑުމެންނަށް ވަރަށް މުހިއްމު. މިގުޅުންތަކާއި ދެކޮޅަށް މަސައްކަތް ކުރުން އެއީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް." ރައީސް ޞާލިހް ވިދާޅުވިއެވެ.

ރާއްޖޭގެ ބަޖެޓް ހަމައެކަނި އިންޑިއާއަށް ބަރޯސާވެފައި އޮތުމުން އެކަމުގެ ކަންބޮޑުވުންތައް އޮޑިޓާ ޖެނެރަލް ފާހަގަ ކުރައްވާފައި ވާތީ އެކަމަށް އިޝާރާތްކޮށް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިހް ވިދާޅުވީ ރާއްޖެ އިން މަސައްކަތް ކުރަމުން ގެންދަނީ ބައިނަލްއަޤުވާމީ ހުރިހާ ފަރާތްތަކަކާއި ވެސް ގުޅިގެން ކަމަށެވެ. ވަކި ގައުމަކަށް ރާއްޖެ ބަރޯސާ ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާ އިން ނަގާފައިވާ ލޯނުތައް ދެއްކުމުގެ ގާބިލްކަން ސަރުކާރުގައި އެބަހުރިތޯ ސުވާލު ކުރުމުން ރައީސް ޞާލިހް ވިދާޅުވީ ޗައިނާ އަކީވެސް ރާއްޖެ އާއި ވަރަށް އެކުވެރި ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެއް ކަމަށާއި ދެގައުމުގެ ގުޅިން ރަނގަޅު ކަންތައްތަކެއް ކުރެވިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ ތެރޭގައި ހުރި ޚިޔާލު ތަފާތުވުންތައް ހައްލުކޮށް އެކުގައި މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ރައީސް ވަނީ "ދަހިންދޫ" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ބޯހަލާކު

    ކަލޭ ބޭނުން ވަނީ ގެރިއާ ހިފަން

    69
    1
  2. މާމި

    އިންޑިއާ އައް ވިއްކާލީމަ ގުޅުން ބަދަހިވާނެ ނޫ

    69
    1
  3. ކޮރަލް

    އެކަމު ދަރަންޔަށް ބިލިއަނުން ނެގުމަކީ ގޯ ހެކެވެ. އެހެން ނުހަދާށެވެ.

    66
    1
  4. ދޮހޮއްކޮ

    އިތުރުފުޅު ހައްދަވައި ރައީސްޔާމީނަށް ނުހައްޤުން އަދަބުދިން އިންސާފެއްނެތް ވެރިއެއްް ޤައުމުގައި ކޮންކަމެއް ހައްލުކުރެވުނީ

    62
    1
  5. ރަނގަޅެއްނު

    އިންޑިޔާވެއްޖެއްޔާއޯކޭވާނެ ކިތަންމެބައިވަރެއްނެގިޔަސް އެއީދަރަނއޏެއްނޫން ހިލޭއެހީ

    56
  6. ވަންޑޮލާ

    ކޮއްމެ އުފަލެއްގެ ފަހަތުގަވާނެ ހިތާމައެއް ހާއްސަކޮއް ގައުމުތަކުގެވެރިން ފަނޑިޔާރުން މިހާރު މިފެއްނަނީ ދައުރެއް ފުރިހަމަ ނޫނީ މަގާމުގަހުއްޓާ އެހާލަތުދިމާވާތަން.

    30
  7. އެމަންޖެ

    އިނޑިޔާގެ އަޅުވެތިކަމައް ގެންދެވުނީމަ އަދި ތިޔައްވުރެ އުފާވެރިކަން ފެންނާނެ.

    43
  8. ޙަސީނެ

    ރޭޕްކުރުން

    35
  9. އޮޅުވާލި ވޯޓު

    ރައީސްޔާމީނުއައް ނަހައްގުން އަދަބުދެމުން ދާމީހަކައް ރައްޔަތަކައް ފައިދާވާނެ ކޮންކަމެތޯކުރެވޭނީ ކަލެޔަކީ އަނިޔާވެރިއެއް

    44
    1
  10. ކިބޫ

    ފައްކާ ޔަހޫދީއެއް.

    33
  11. މަސްއޫދު

    ކިޔޭނުކިޔޭ އިގޭތަ! މިދުނިޔަކުނޯންނާނެ އެއަށްވުރެ ނުބައިނުލަފާ މީހުން ދިރިއުޅޭ ގައުމެއް!

    48
  12. ޖަނާޒާ

    ތިޔަކަންތަށް އެނގޭނީ ފަހުން ކެޔޮކޭވަރު އިނގޭނީ ބިތުފަންގި ނެގުމުން

    44
  13. މިއަދު

    ސުވާލުތައް ގިނަވާތީ ރާއްޖޭގެ ނޫސްވެރިންނާއި ބައްދަލުކުރަން ނުކެރިގެން މިހާރު މިރައިސްވެސް މި ޙިޔާރުކުނީ އިންޑިޔާގެ ނޫސްއްދޯ

    25
  14. އަފްރީމް

    1. ދިވެހިން ވަޒީފާތަކުން ކަނޑާ އިންޑިޔާމީހުން ވަޒީފާތަކަށްލުން
    2. އިންިޔާގެ ދަރަނި ދަންތޫރައެއްގައި ރާއްޖެ ޖެއްސުން
    3. އިންޑިޔާީމީހުންގެ ރޭޕްގެ ޝިކާރަޔަކަށް ދިވެހި އަންހެނުން ވެގެންދިޔުން
    4. އިސްލަމްދީނަށް ފުރައްސަރަކުރުމަށް އިންޑިޔާ މީހުން ރާއްޖޭގައި އިސްވުން
    5. އިންޑިޔާ އެމްބަސީގެ ގޮނޑިކޮއްކޮއަކަށް ދިވެހި ދައުަލަތާއި އެތާންގެ އިސްވެރިން ވުން
    6. ރާއްޖެ އަޅުވެތިކުރުމަށް އިންޑިޔާއަށް ފުރުޞަތު ހުޅުވާލާފަ އޮތުން
    7. ހައްދުފަހަނޅާފައިވާ ހިންދީންގެ އާދަކާދަތައް ރާއްޖޭގައި އަށަގެންނެވުން
    ލަދުކުޑަވިޔަސް ފުކެއް ބޮޑުވަރު

    37
    • ހިމް

      8- ރާއްޖެ ނުސީދާގޮތަށް އަޅުވެތިކޮށް މިނިވަންކަމަށް ބުރޫއަރާގޮތަށް އިންޑިޔާ ސިފައިން ދިވެހި އަސްކަރިއްޔާ އަށް ވުރެއިސްކުރުން.
      9- ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއިންޑިޔާގެ މިލްޓަރީ ފައުޖެއް ދާއިމަށް މިގައުމުގަ ބޭތިއްބުން.
      10- ފުލުހުންގެ ބާރުކަނޑުވާ ބޭކާރު ބަޔަކަށް ހަދަން މަސައްކަތްކުރުނ

  15. ޝޮކްތެރަޕީ

    އަލުގަނޑުމެން މިބުނަނީ ހުރިހާ ޤައުމަކާ ގުޅުން ބަދަހިކުރާޝޭ. ވަކި ޤައުމެއްގެ ދަޝުވުގެންތަ ގުޅުން ރަނގަޅުވީ؟ މިޔައް ކިޔަނީ އަލުވެތިވުން.

    10
  16. ރާއްޖެތެރެ

    އެމްޑީޕީ އަޑީގަ އޮވެ ރާއްޖެ ގުނޑާލަނީ

    19
  17. ޔާމިން

    އިންތިޒާރުކުރަނީ ޖަލައްލާދުވަސް އިންޝާﷲ

  18. ނާސިރު ބުނިބަސް އެހިންތަ؟

    ވަރައް ކަޑަ ސަރުކާރެއް

    4
    1