ގއ.ދެއްވަދޫން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި ގުޅޭ އިހާ (ކްލަސްޓާ) އިން މިހާތަނަށް ފައްސިވި މީހުންގެ އަދަދު 22 އަށް އަރައިފިއެވެ.

މިހާރު އެޗްއީއޯސީ އިން ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުﷲ ނާޒިމް ވިދާޅުވީ ދެއްވަދޫ އިހާ އިން ފައްސިވި މީހުންގެ ތެރެއިން 18 މީހަކު ފައްސިވެފައިވާ ކަމަށެވެ. އޭގެ އިތުރުން ދެއްވަދުއާއި ގުޅިފައިވާ ދެމީހަކު ހުޅުމާލެ އިން އަދި ލ.ފޮނަދޫން ހަތަރު މީހަކު ވަނީ ފައްސިވެފައެވެ.

ދެއްވަދޫން ބަޔަކު ކޮވިޑް-19 އަށް ފައްސިވުމުން އެރަށުން ގާތުން އެއްތާވި (ކޮންޓެކްޓްވި) 149 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށާއި އަދި ފޮނަދޫން 56 ފަރާތެއް ފާހަގަ ކުރެވިފައިވާ ކަމަށް އެޗްއޯސީ އިން މައުލޫމާތު ދެއްވައެވެ. މިހާތަނަށް ފޮނަދޫން ޓެސްޓް ކުރި މީހުންގެ ތެރެއިން 14 މީހެއްގެ ނަތީޖާ ލިބިފައި ވާއިރު އެއިން އެއްވެސް މީހަކު ކޮވިޑް-19 އަށް ފައްސިވެފައެއް ނުވެއެވެ.

ދެއްވަދޫގެ އިތުރުން ލ.އަތޮޅު ފޮނަދު އާއި ގަން ވެސް ވަނީ މިވޭދަނަ އާއި ގުޅިގެން މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު