ބިޔާދޫ އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 53 އަށް އަރައިފިއެވެ.

އެޗްއޯސީ އިން މިހާރު ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.ނަޒްލާ ރަފީގު ވިދާޅުވީ އިއްޔެ ވެސް އެރިސޯޓުން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ.

ބިޔާދޫ ރިސޯޓުން ފުރަތަމަ މީހަކު ކޮވިޑް-19 އަށް ފައްސިވީ މިމަހުގެ 01 ވަނަ ދުވަހު އެވެ. މިހާތަނަށް އެރިސޯޓުން 104 މީހަކު ވަނީ ކޮވިޑް-19 އަށް ޓެސްޓް ކޮށްފައެވެ.

ލޯންޗެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 30 ވަރަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ ބިޔާދޫ ރިސޯޓަކީ ސަންލޭންޑް ހޮޓެލްސް އިން ހިންގަމުން ގެންދާ ރިސޯޓެކެވެ.