22:23

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި 50 މީހުންގެ ތެރެއިން 20 މީހުން ފައްސިވެފައި ވަނީ ސަން ސިޔާމް އޮޅުވެލި ރިސޯޓުން ކަމަށް އެޗްއީއޯސީ އިން ވިދާޅުވެއްޖެ.

22:02

ރާއްޖެ އިން އިތުރު 50 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

17:32

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 436 މީހަކު މަރުވެއްޖެ.

17:07

މެކްސިކޯ ރައީސް އޮފީހުގެ ތަރުޖަމާނު ހެސުސް ރަމިރެޒް ކުއެވާޒް ކޮވިޑް-19 ފައްސި (ޕޮޒިޓިވް) ވެއްޖެ.

11:52

އިނގިރޭސިވިލަތުގައި ދެ މިލިއަން މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ދީފައިވާ ކަމަށް އެގައުމުން ބުނެފި.

11:10

ކޮވިޑް-19 އިން ސަލާމަތްވުމަށް އުއްމީދީ ދެބޭހެއް ފާހަގަ ކުރެވިއްޖެ.

09:44

ކޮވިޑް-19 އާއި ގުޅޭ މައުލޫމާތުތައް ސާފުކޮށްދޭ ހޮޓްލައިން 1676 އަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް އަލުން ޚިދުމަތް ދޭން ފަށައިފި.

08:58

މިހާތަނަށް ނުފެންނަ އާވައްތަރެއްގެ ކޮވިޑް-19 އެއް ޖަޕާނުން ފެނިއްޖެ.

08:48

ޖެނުއަރީ 09 ވަނަ ދުވަހު ލ. ގަމާއި ލ. ފޮނަދޫ މޮނީޓަރިން ހާލަތަށް ގެނެސްފައިވާތީ އެއްގަމު މަގުން ދެރަށުގެ ދެމެދުގައި ދަތުރުކުރެވެން އޮންނަ ލިންކްރޯޑާއި ދެރަށުގެ ބަނދަރު ބެލެހެއްޓުމުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމަށް ފުލުހުން ވިދާޅުވެއްޖެ. ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ވަނީ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރުއަދާކޮށްފައި.

08:38

ކޮވިޑް-19 އާއި ގުޅޭ މައުލޫމާތުތައް ސާފުކޮށްދޭ ހޮޓްލައިން 1676 އަށް ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށާއި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް އެޗްޕީއޭ އިން ވިދާޅުވެއްޖެ.


ދެއްވަދޫގައި ކޮވިޑް-19 ފެތުރުނު އިރެއް، އަދި ފެތުރުނު ގޮތެއް ވެސް ނޭންގޭ ކަމަށް އެޗްއީއޯސީ އިން މިރޭ ވަނީ ވިދާޅުވެފައެވެ. ދެއްވަދޫން ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށުން ލ.އަތޮޅު ފޮނަދުއާއި އަދި ހުޅުމާލެ އަށް ދަތުރު ކުރި ބަޔަކު މިހާރު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ދެއްވަދޫގައި ކޮވިޑް ފެތުރެން ފެށީ، ދުވަސްކޮޅެއް ވަންދެން ރަށުގެ ތެރޭގައި އެބަލި އޮތުމަށްފަހުކަމަށް ލަފާކުރެވޭކަމަށެވެ.

އެހެންކަމުން ފާއިތުވި ދޮޅުމަސް ދުވަސް ތެރޭގައި ދެއްވަދޫން އެއްވެސް ރަށަކަށް ދަތުރު ކޮށްފައި މީހަކު ހުރިނަމަ އެކަން އެމީހަކު ހުރި ރަށެއްގެ ސިއްހީ ޚިދުމަތްދޭ ތަނަކަށް އަންގަން ވަނީ އެދިފައެވެ. އަދި ދެއްވަދޫން ފުރައިގެން އެއްވެސް ރަށަކަށް ދަތުރުކުރިތާ ދެހަފްތާ ނުވާ މީހުން ދެހަފްތާ އަށް ކަރަންޓީން ވާން ވެސް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

ރާއްޖޭގެ މިއަދުގެ ހާލަތައް ބަލާއިރު މިއަދު އިތުރު 44 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު