އައްޑޫ ސިޓީގެ މޭޔަރަކަށް އިންތިހާބުވެއްޖެނަމަ މިހާރު އިމާރާތް ކުރަމުންދާ ޕޮލިސް އެކެޑެމީ ހޮޓަލަކަށް ބަދަލުކުރަން މަސައްކަތް ކުރައްވާނެ ކަމަށް އައްޑޫގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރާ މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ލަތީފް މިހެން ވިދާޅުވީ "ޗެނަލް-13" އިން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ލަތީފް ވިދާޅުވީ އިންޑިއާގެ މިލިޓްރީ ބޭސް ހަދަމުން އެހެންދަނީ އައްޑޫގެ އެންމެ މުހިއްމު ސަރަހައްދުގައި ކަމަށެވެ. "މި މިލިޓަރީ ބޭސް ހަދަމުން މިދަނީ އަޅުގަނޑުމެންގެ އެންމެ މުހިއްމު ލޮކޭޝަނުގައި. ހަދަމުންދާއިރު ސިޓީގެ މުސްތަގުބަލަށް ވެސް ވިސްނަންޖެހޭ. ޓޫރިޒަމް އާލާކުރަން ވެސް އޮތް ސަރަހައްދަކީ މިތަން. އިދާރަކުރެވިއްޔާ އަޅުގަނޑަށް އައްޑޫ ސިޓީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބިއްޖެއްޔާ އެންމެން ގުޅިގެން މި އަޅާ ޓްރޭނިން ސްކޫލް ހޮޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާނަން" ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ އިންޑިއާ އިން އައްޑޫގައި އިމާރާތް ކުރަމުން ގެންދަނީ އަސްކަރީ ބޭސްއެއް ކަމަށް ރައްޔިތުން ބުނަމުން ގެންދާއިރު އައްޑޫ ސިޓީ ކައުންސިލުން ވެސް ރައީސުލްޖުމްހޫރިއްޔާ އާއި ފޮރިން މިނިސްޓްރީ އަދި އިންޑިއާ ހައިކޮމިޝަނުން ވެސް ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބެއް ނުދޭކަމަށެވެ.
"މިއަދު ވެސް މި ބުނަނީ އިންޑިއާގެ ހައިކޮމިޝަނުން ސްޓޭޓްމެންޓެއް އިޝޫކޮށްލަ ބަލާށޭ މި ޓްރޭނިން ސްކޫލް އަޅައި ނިންމުމަށްފަހު ތިމަންނަމެންގެ މީހުން އެތަން ދޫކޮށްފައި ދިވެހި ފުލުހުންނާއި ހަވާލުކޮށްފައި ދާނެއޭ. އެކަމެއް ނުކުރެއޭ އިނގޭތޯ" ލަތީފް ވިދާޅުވިއެވެ.
އައްޑޫގައި އިންޑިއާ ސަރުކާރުގެ އެހީގައި އަލުން ޕޮލިސް ޓްރޭނިން ސްކޫލެއް އެޅުމުގެ މަސައްކަތް ކުރަމުން ގެންދަނީ އައްޑޫގައި ކުރިން ހުރި ޕްލިސް ޓްރޭނިން ސްކޫލް 2012 ވަނަ އަހަރުގެ ފެބްރުއަރީ 08 ވަނަ ދުވަހު އެމްޑީޕީގެ ސަޕޯޓަރުން ނިކުމެ އަންދާލުމުންނެވެ.
އާޗާ ހާދަބޮޑެތި ހުވަފެނޭތިބަލަނީ
ހެހެ މޮޔަ ތަޅަން ފެށީ
ރައީސް ޔާމީން ހަމަޖައްސަވައިދިން ބިމެއް އިނގޭތޯ.
ލަތީފް ތަންތަނަށް އަރާ ހުރެ ދައްކަންވާނީ ތިމާއަށް ކުރެވޭ ވަރުގެ ކަންތައްތަކުގެ ވާހަކަ!! އައްޑޫގައި އަޅާ ޕޮލިސް އެކަޑަމީ ހޮޓަލަކަށް ބަދަލުކުރެވޭނެ އެއްވެސް ގޮތެއް ނެތް!! އެއްވެސް ސަރުކާރަކުން އެކަމެއް ނުވެސް ކުރާނެ!! އަދި އަމުދުން ޕީޕީއެމްގެ ސަރުކާރެއް މިތާ އޮންނަ ދުވަހަކުން އެތަން އަދި އިތުރަށް ފުރިހަމަކޮށް ޕޮލިސްއަށް އިތުރު ބާރާ އިޚްތިޔާރުތައް ދީ ފުލުހުން ގަދަރުވެރިކުރުވާތަން ފެންނާނީ!! މިހާރު އެކުލަވާލާފައިވާ ފުލުހުންގެ އާގާނޫނު އުވާލާ ފުލުހުން އިތުރަށް ބާރުވެރިކުރުވާތަންވެސް ފެންނާނެ! އިބޫ ސަރުލާރުން ހޮޓަލަކަށް ބަދަލު ނުކުރިތަނެއް ދެން ބަދަލުކުރަން އަންނާނެ ވެރިއަކުނުވާނެ!! ދެން އަންނަ ސަރުކާރަކުން ފުލުހުންގެ ތަމްރީނުތަކަށް ބިނާކޮށްފައިވާ ބިނާތަކަށް ލަތީފު ތިބުނާގޮތަކަށް ނަހަދާނެ!! ކަރާ ފަޅައިގެން މިހާރަކު މޭޔަރުކަމެއް ނުލިބޭނެ!! ހަމަޖެހޭ ވާހަކަ ދައްކާ!! ރައްޔިތުންގެ ވިންދާ ކުޅެން ނަހަދާ ރައްޔިތުން ގުނބޯ ހައްދައިގެން!!
ޓުރޭނިންގ ސްކޫލް ހަދާފަހުރީކީއެއް ތިހާފަސޭހައިން ހޮޓަލަކައް ބަދަލުކުރެވޭ ގޮތަކައްނޫން. ތި ވިސްނުމުގަ ތިކަން ކުރަންުޏާ އެތާހުރި ހުރިހާ އިމާރާތެއް ޖެހޭނީ ތަޅާލަން.
ޢަދި ވިސްނާފަ އައްޑޫ ރިއްޔަތުންނައް ފައިދާހުރި ކސމެއްގެ ވާހަކަ ދެއްކުން ރަނގަޅު!!!!
ލަތީބެ އަދިމާއަވަސް ތިޔަކަހަލަގެ ވައުދުތަކުގެ ސަބަބުން އަވައްޓެރި އިންޑިޔާ އޮންނާނީ ކެކިކެކި، ތިޔަނުވީ ދެންތިކަންވެސް.
އެމްޑީޕީ ކުދިން ނަށް ރަންގަޅުވާނެ މޭޔަރު ކަންލިބިއްޖެއްޔާ ޕޮލިސް އެކެޑަމީގެ ބަދަލުގައި ޖައްވީސްޓޭޝަނަކަށް ބަދަލުކުރަން ބުންޏަސް އަތާފަޔާ ޖަހާނެ. މިފަހަރު ހޮވިދާނެ
ލަތީބެޔަށް މޭޔަރުކަން އޯކޭ، މައްސަލަޔަކީ އައްޑޫ ރައްޔިތުން ތަރައްގީއެއްބޭނުމެއްނުވާނެ، ގިނައިން ހޮޅި ވާހަކަ ދެއްކިއްޔާ ވަރަށް މަގުބޫލުވާނެ.
މޭޔަރު އެހާ ގަދަތަ.
ޓްރޭނިންގ ސްކޫލް ހޮޓަލަކަށް ބަދަލުކުރުމުން އައްޑު އަށް
އަދި ގައުމަށް ލިބޭ ނަފާ އިތުރު ވާނެއެ ވެ. އެހެންކަމުން
އެތަން ހޮޓަލަކަށް ބަދަލުކުރުމުގެ ކޮންސެޕްޓް ވަރަށް
ރަނގަޅެ ވެ.
ބޯގަޅިވާހަކަނުދައްކާށެވެ.
އަފިރިން ތަ ނިހޮވާށުމާ، ތޯ ހޮޅި ނިހޮއްލަ!
ހޮޓާތައް ވަރަށް ގިނަ މަސާޖްޕާލާ އެއްނަމަ އޯކޭ! ވާނެތަ؟
ތިޔަ ވާހަކަ ކިތަންމެހާވެސް ރަގަޅު، ނަމަވެސް ބުނެލަން އޮތީ ތިޔަ އީ އިންޑިޔާގެ މިލިޓްރީ ބޭސްއެކޭ ތިޔަތަނާއި ކޫޅެލުމަކީ ވާނެކަމެއްނޫން !
މަގޭވޯޓް ލަތީފް އަށް
ކޮސް ގޮވަނީ ޔާމީނުގެ ސަރުކާރުން އަޅަން ފެށި ތަނެކޭ. ބަލަ ދެއަހަރުން ބޮއިގެން ހުރެ އިސްތިއުފާ ދިން ރައީސްގެ ވެރިކަމުގަ އެތަން އަޅަން ބިން ދޫކުރީ
މަހީކުރީ މީ ވަރަށް ބޯހަމަޖެހޭ މީހެއް ކަމަށް.! އެކަމު އެހެނެއް ނުވިދޯ؟؟
ޔުނިވަރސިޓީގެ ބަޔަކަށް ހަދަން ރަނގަޅުވާނެ
އަސްލުވެސް އެތަން ހޮޓަލަކަށް ވަރަށް ކަމުދާނެ މަވެސް ހަމަ ތިކަމަށް ތާޢީދު !
އައްޑޫރައްޔިތުންނަށް ފައިދާ ބޮޑީ ސިޓީހޮޓަލަކަށް ހެދުމުން. ވިސްނާލާ ކޮންވެންސަންސެންޓަރު ހޮސްޕިޓަލަކަށް ހެދުމުން މިހާރު އައްޑޫރައްޔިތުންނަށް ވާފައިދާ ކިހާބޮޑު. ވިސްނާ.