ސަރުކާރާއި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އަޑު ކަނޑުވާލުމަކީ ޑިކްޓޭޓަރޝިޕްތަކުގެ ހާއްސަ ސިފައެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ،އަހުުމަދު އަބްދުﷲ ދީދީ ވިދާޅުވެެއްޖެއެވެ.

ޑރ.އަހުމަދު މިފަދައިން ވިދާޅުވީ ސަރުކާރުން އިދިކޮޅު ކޯލިޝަންގެ ހަރަކާތްތަކަށް ހުރަސްއަޅާ ކަމަށް ސަރުކާރާއި ވާދަވެރި ފަރާތްތަކުން ތުހުމަތު ކުރަމުން ދަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.

އެމްޑީޕީ އިސްވެ އޮވެ، ހިންގާ ކޯލިޝަން ސަރުކާރަކީ ޙުދުމުހުތާރު ވެރިކަމެއް ކުރަމުން އަންނަ ސަރުކާރެއް ކަމަށް ޑރ.އަހުމަދު ވަނީ ސިފަކުރައްވާފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ވަރަށް އަވަހަށް ރައްޔިތުން ނިކުމެ ބަދަލު ކުރާނެ ކަމަށް ޑރ.އަހުމަދު ވިދާޅުވިއެވެ.

"އިދިކޮޅު ސިޔާސީ ލީޑަރުންގެ އަޑު ކަނޑުވައިގެން ވެރިކަމުގައި ދެމިތިބުމަށް މަސައްކަތް ކުރުމަކީ ޑިކްޓޭޓަރޝިޕްތަކުގެ ވަރަށް ޚާއްޞަ ސިފައެއް. އެނގެންޖެހޭ ޙަޤީޤަތަކީ ސިޔާދަތުގެ ވެރިންނަކީ ރައްޔިތުންކަން. ޚުދުމުޚުތާރު ވެރިކަން މާތްالله ގެ އިރާދަފުޅާ އެކު ރައްޔިތުން ބަދަލުކުރާނެކަން" ޑރ.އަހުމަދު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި މަނީލޯންޑާކޮށްފައިވާ ކަމަށް ބުނާ ދައުވާ ކްރިމިނަލް ކޮޓަށް ސާބިތުވެ، 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

މިހާރު ކޯލިޝަންގެ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަަދުރޭ) އެވެ. ދާދިފަހުން އަދުރޭއާއި ދެކޮޅަށްވެސް ދައުލަތުން ވަނީ ދައުވާއެއް އުފުލާފައެވެ. އެއީ އާންމު ތަނެއްގައި އަދި އެ ތަނުގެ މަންޒަރާއި އަޑު އާންމުކޮށް ލައިވް ބްރޯޑްކާސްޓް ކުރަމުން ދަނިކޮށް ހަޑި ހުތުރު ބަހުން މުހާތަބު ކުރެއްވި މައްސަލައަކާއި ގުޅިގެންނެވެ. އެދައުވާގެ ޝަރީއަތުގެ އަޑުއެހުން މިމަހުގެ 31 ވަނަ ދުވަހަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލްކޮށްފައެވެ.

ޑރ.އަހުމަދު މިހާރު އާއްމުކޮށް ވަރަށް ގިނައިން ސަރުކާރަށް ފާޑުވިދާޅުވެއެވެ. އޭނާ ފަނޑިޔާރުކަމުން ވަކިކުރީ އެމްޑީޕީއަށް ސްޕަ މެޖޯރިޓީ ލިބުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޒަބީބު

  އިދިކޮޅުގެ ޢަޑުކަނޑުވާލުމަކީ ކިހާ ޚުދުމުޚްތާރު ކަމެއްކަން އެނގޭނީ އެކަމުގައި ބައިވެރިވެ އެކަން ހިންގުމުގައި ވާގިވެރިވެދިން ފަނޑިޔާރުންނަށް. އަހްމަދް އަބްދުﷲ ދީދީ އަކީ އެއިން އެކަކު ކަން ނުދަންނަ ދިވެއްސެއް މިއުޑުދަށަކު ނެތް. އަހްމަދް އަބްދުﷲ ދީދީ އަކީ މަޤާމުގެ ދަހިވެތިކަމުގަ ދެފުށަށްކެނޑި، އެހުކުމް މިހުކުމަށް ހަދާ މިހުކުން އެހުކުމަށް ހަދާ، ޚުދުމުޚްތާރު ވެރިކަމެއް ހިންގުމަށް ވާގިވެރިވެދިން އެންމެ ތޫނު ކަނޑީގެ މިޔަ.

  ދެން އެހެންވީމަ މަނިކުފާނު ރަންގަޅުވާނީ އިތުރަށް ދިވެހިންގެ ލޭކައްކުވަން ނުހަދާ އަނގަ މަޑުލައިގެން ހުރުން. ތިޔަކަހަލަ އަނިޔާވެރި ފަނޑިޔާރުންނަށް އެންމެ ރަންގަޅު ގޮތަކީ ދިވެހި ޖުމުހޫރިއްޔާގެ ފަނޑިޔާރުގެ ތިޔަބައި މީހުންނަށް ޙަރާމް ތަނަކަށް ހަދާ، ފަނޑިޔާރުގެ ހުންނަ މަގުން ހިނގުން ވެސް ތިޔަބައި މީހުންނަށް މަނާކުރުން.

  13
  8
 2. މޮޑަން

  މިސޮރަށް ފަރިއްކޮޅު ގެންނަނީ މިހާރުވެސް ބޮންބޭދަރުބާރުންތަ ކަލޭއަމިއްލަޔަށް ތިފަޅީހަތްވަނީ

 3. ޞަލާޙް

  އަޞްލު 1 ފެބްރުއަރީގެ އަމުރަކީ އެމްޑީޕީވެރިކަަށް ގެންނަން ފޫގެޅި މައުމޫނު ، އިލްޔާސް ، ޢިމްރާނު ، އަންނި ، އިބްރާހީމް ، ޤާސިމު ފަނޑިޔާރުންލައްވާ ނެރުވި ޣައިރު ޤާނޫނީ އަމުރެކެވެ. ބަޔަކު މައްސަލައެއް ވެއްދުމަކާނުލައި ހިފައިލި ބޮޑު ކޭތައެކެވެ. ޙަސަންތާޖުއްދީނުގެ ދެދަރިން ހޮޅިންނަށް ވާގިވެރިވެ ހޮޅިން ރާއްޖެ ހިފިހިނދު ، އަމިއްލަ ޤަވްމަށް ޣައްދާރުވީބަޔަކު ބޭރުބަޔަކަށް ވަފާތެރިނުވާނޭކަމަށްބުނެ އެ ދެމީހުން ހޮޅީންގެއަތުން ކަނޑުފެއްތިއެވެ. ޙުކުމް ނެރުނު ފަނޑިޔާރުންނަށް އެމްޑީޕީއާ އެމީހުންގެ ވާގިވެރި 6 މީހުން ހެދިގޮތާ ހަމައެކަނި ތަފާތަކީ ފުރާނަ ދުއްވާނުލާ ތިބުމެވެ.

  8
  3
 4. ޖަނާޒާ

  ފަނޑިޔާރުން، މިބަސްމާނަ ކޮށްލާހިތްވަނީ މަނިކުފާނުގެ މޫނުފުޅު ފޮޓޯއަކުން ފެނުމުން. ބަސްއަޅުގަނޑުގެ ޤަލަމުން މާނަ ކޮށްލަންބޭނުން. ފަނޑި # ފިޑި / ޔާރުން # އާރުން އެހެންވީމާ އަޅުގަނޑުގެ މިފަހަރުގެ މިބަހުގެ މާނައަކީ މިރާއްޖޭގައި އިނގޭތޯ ، މި ރާއްޖޭގައި މިބަހުގެ މާނަތަކުގެ ތެރޭގައި ފިނޑިއާރުން# ބަދަލުވިބަހުގެ މާނައަކީ # ބާރުވެރިކަމެއްލިބިފައިވާ ފިޑިން، ފަނޑިޔާރުން- ފިނޑިއާރުން

  6
  1
 5. ގައި ގުޑޭ

  ކަލޯ މަގާމު ގައި ހުރި އިރު އެ ޙުކުމެއް މިޙުކުމެއް ވެސް ނޭގުނު ދޯ؟ ކަލޯ ތީ އިދި ކޮޅު މީހުން ގެ މީހެއް ދޯ؟

  7
  1
 6. އަލީ ދިއްދޫ

  ކަލޭ ފަނޑިޔާރކަންކުރިއިރު އޮތީ އިދިކޮޅު ގޮޅީގަ

 7. ކެލާ އާރިފް

  މިބޭފުޅާ ހަމަތޯ ބެލުންވަރައް މުހިއްމު، ނިމިދިޔަ އަނިޔާވެރި 5އަހަރު އިދިކޮޅު ހުރިހާ ލީޑަރުން ޖަލައްލާ، އެއްބަޔަކު ގައުމުންބޭރައް އަރުވާލެވިގެންތިބެންޖެހުނުކަމާ، ރައްޔިތުންގެ މެމްބަރުން މަޖިލިސްގެ ފާރުމަތިން އުކިކަމާ، ރައްޔިތުންގެ އަނގަބަންދުކުރަންވެގެން އަބުރުގެ ޤާނޫނެއްހެދިކަމާ، މިކަލޭގެ ސްޕްރީމްކޯޓްގައިހުރެގެން 65ހާސް ރައްޔިތުންގެ މަންދޫބުން މަޖިލިސްއަށްވަނަ ނުދީ މެމްބަރުކަންގެއްލުނުކަމައްބުނެ އެއްއަހަރައްވުރެ ގިނަދުވަސް ހިފަހައްޓާލިއިރު ތިބުނާ ޑިކްޓޭޓަރޝިޕް އޮތީ ކޮންތާކުތޯ؟ އެއިރު ރައްޔިތުންގެ އަޑުކަނޑުވާލިވަރައް އަދިމިހައިތަނަށް ރާއްޖޭގެ ދުސްތޫރީހަޔާތުގައިވެސް އެކަމެއްކޮށްފަކާނެތް، ލަދުހަޔާތުގެ ކަންފުޅެއްވެސް ހަމަނެތީތޯ

 8. އުމަރު

  މިބޭފުޅާ ހަމަތޯ ބެލުންވަރައް މުހިއްމު، ނިމިދިޔަ އަނިޔާވެރި 5އަހަރު އިދިކޮޅު ހުރިހާ ލީޑަރުން ޖަލައްލާ، އެއްބަޔަކު ގައުމުންބޭރައް އަރުވާލެވިގެންތިބެންޖެހުނުކަމާ، ރައްޔިތުންގެ މެމްބަރުން މަޖިލިސްގެ ފާރުމަތިން އުކިކަމާ، ރައްޔިތުންގެ އަނގަބަންދުކުރަންވެގެން އަބުރުގެ ޤާނޫނެއްހެދިކަމާ، މިކަލޭގެ ސްޕޮރީމްކޯޓްގައހުރެގެން 65ހާސް ރައްޔިތުންގެ މަންދޫބުން މަޖިލިސްއަށްވަނަ ނުދީ މެމްބަރުކަންގެއްލުނުކަމައްބުނެ އެއްއަހަރައްވުރެ ގިނަދުވަސް ހިފަހައްޓާލިއިރު ތިބުނާ ޑިކްޓޭޓަރޝިޕް އޮތީ މަނިކުފާނުގެ އަންބޮޑީގަތޯ