ހުޅުމާލެ ފޭސް ދޭއްގައި އެމްއެންޑީއެފްއިން ތަމްރީންތަކެއް ބާއްްވަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފް އިން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ، އެމްއެންޑީއެފްއިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނެއް ޖެނުއަރީ އިން 16 އަށް ހުޅުމާލެ ފޭސް-2 ގައި ބޭއްވުމަށް ހަމެޖެހިފައިވާ ކަމަށެވެ.

އަދި މި ތަމްރީނުގައި ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރާނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ގެންދަނީ ހުޅުމާލޭގައި އާއި ރާއްޖޭގެ އެކި އެކި ކަންްކޮޅުތަކުގައިވެސް ތަމްރީންތައް ކުރިއަށްގެންދަމުނއނެވެ.