މޭޔަރުކަން ލިބިއްޖެނަމަ ޕޮލިސް އެކެޑެމީ ހޮޓަލަކަށް ބަދަލުކުރަން މަސައްކަތް ކުރާނެ ކަމަށް އައްޑޫގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރާ މުހައްމަދު ލަތީފު ވިދާޅުވުމާއި ގުޅިގެން، ކުރީގެ ރައީސް، މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްްމަދު ނަޝީދު، އޭނާގެ ވާހަކަތަކަށް ރައްދު ދެއްވަައިފިއެވެ.

"ޗެނަލް-13" އިން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ، އިންޑިއާގެ މިލިޓްރީ ބޭސް ހަދަމުން ގެންދަނީ އައްޑޫގެ އެންމެ މުހިއްމު ސަރަހައްދުގައި ކަމަށެވެ.

"މި މިލިޓަރީ ބޭސް ހަދަމުން މިދަނީ އަޅުގަނޑުމެންގެ އެންމެ މުހިއްމު ލޮކޭޝަނުގައި. ހަދަމުންދާއިރު ސިޓީގެ މުސްތަގުބަލަށް ވެސް ވިސްނަންޖެހޭ. ޓޫރިޒަމް އާލާކުރަން ވެސް އޮތް ސަރަހައްދަކީ މިތަން. އިދާރަކުރެވިއްޔާ އަޅުގަނޑަށް އައްޑޫ ސިޓީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބިއްޖެއްޔާ އެންމެން ގުޅިގެން މި އަޅާ ޓްރޭނިން ސްކޫލް ހޮޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާނަން" ލަތީފް ވިދާޅުވިއެވެ.

އެ ވާހަަކަތަކަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ، އައްޑޫ ޕޮލިސް އެކަޑަމީ އިމާރާތް ކޮށްފައި ވަނީ ބިންބޭނުން ކުރުމުގައި ނުވިސްނާ ކަމަށެވެ.

އަދި މިހާރު އެތަނަކީ މަތީ ތައުލީމު އިންސްޓިޓިއުޓް އެއް ކަމަށާއި، ޕީޕީއެމްގެ ޒައާމަތެއްގައި އައްޑޫ ސިޓީގެ މަތީ ތައުލީމުގެ ފުރުސަތު ނެތީތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.

"އެމްޑީޕީ މޭޔަރ ކެންޑިޑޭޓާއި ކައުންސިލް ކެންޑިޑޭޓުންނާއެކު އައްޑޫ ސިޓީ ދަނީ މުޅި ދުނިޔެއަށް ހުޅުވިގެން". ނަޝީދު ވިދާޅުވިއެވެ.

އައްޑޫގައި އިންޑިއާ ސަރުކާރުގެ އެހީގައި އަލުން ޕޮލިސް ޓްރޭނިން ސްކޫލެއް އެޅުމުގެ މަސައްކަތް ކުރަމުން ގެންދަނީ އައްޑޫގައި ކުރިން ހުރި ޕޮލިސް ޓްރޭނިން ސްކޫލް 2012 ވަނަ އަހަރުގެ ފެބްރުއަރީ 08 ވަނަ ދުވަހު އެމްޑީޕީގެ ސަޕޯޓަރުން ނިކުމެ އަންދާލުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ޔާމިން

  ކުރާނެކަމެއްނެތް އެތަންބަދަލުކުރާނަންއިންޝާﷲ ހޮޓަލަކައް ސޮރީ ބުއްޅަބޭ

  62
  2
 2. ޔާމިންޒސަޒަ[=

  އޭ ބޮޑުގޮހަޑާ ބުއްޅަބޭ ހަމައެތަން ސިޓީހޮޓަލަކައްބަދަލުކުރާނަން އިންޝާﷲ

  58
  1
 3. ފަޒުނާ

  ހޮޓަލަކައްބަދަލުކުރާނެ

  58
  1
 4. ހުސެން

  ކަލޭ ހެދި ފްލައިންގް އެކަޑެމީ އިން ވާ ފާއިދާ ތޯ ގެއްލުންތޯ ރައްޔިތުން މިފަހަރު ވޯޓުން ދައްކާނެ.އައްޑޫ އަކީ ކަލޭ ވޯޓު ހޯދާ މެޟިނަށް ކަމަށް ހީނުކުރާތި

  30
 5. ކޮވިޑް

  ސޮބެ ހިތްވަރުދީގެން އެތާންގައި ހުޅު ޖެހީ އެތަން އިންޑިޔާ އަށް ހަވާލު ކުރަން ދޯ؟ ބަލަ ކަލޭ އެޅި ދަރުބާރުގެ ވެސް މިހާރު އެހެރަ ފެންނަނީ ފައިދާ ކުރާ އައްޑޫ ރައްޔަތުން އުފާވާ ބޮޑު ހޮސްޕިޓަލް އަކަށް ހަދާފަ.ޕޮލިސް ޓްރޭނިން ސްކޫލެއް ކުރިޔަށް ގޮސްގޮސް އޮއްވާދޯ ތިޔަ ބައިގަނޑު އެތަން ރޯކޮށްލީވެސް . އެހެން ނޫނަސް ކަލޭ ޕޮލިހުންނަށް ހެވެއް ނޭދޭނެ.

  29
  1
 6. އަބްދޫ

  ކޮންރައްދެއް. މިހާރު އެހަދަނި ޕޮލިސް އެކަޑަމީއެއްނޫކަމަކަށް ގަބޫލެއްނުކުރެވޭ އެއީ އިންޑީޔާ އިންގާއިމްކުރާ ގައިރުގާނޫނީ މިލިޓްރީ މަރުކަޒެއްކަމަށް ސައްކުކުރެވެނީ. އައިރު ގާނޫނީއޭ މިބުނަނީ ގާނޫނުއަސަސިއަށް ހަވާލަދީ.މިހާރުވެސް ގަމާ ކައްދުއާއި ހަނިމަދޫގަ އިންޑިޔާގެ މިލިޓްރީސިފައިންތިބުނމަކީ ގާނޫނުއަސަސިއާއި ހިލާފް ކަމެއްކަމަށް ނޫނީ ނުވާނެ. މިލިޓްރީ ސިފަިންގެ ބަޔަކު ތަނެއްގަ ގާއިމްވެ ތިބޭ ކޮންމެ ތަނެއްވާނީ މިލިޓްރީ މަރުކަޒަކަށް. މިލިޓްރީ މަރުކަޒުގުޅިފަވަނީ މިލިޓްރީ ސިފައިންނާއި ހަތިޔާރުފަދަ ތަކެތި މިލިޓްރީ މީހުނާ ނުލާ ހުރެއްޖެ ނަމަ އެތަންތަނަށް ކިޔާނީ ހަތިޔާރު ގުދަން.އިންޑިޔާމީހުންތިބޭ މިލިޓްރީ މަރުކަޒަކަށްވުރެ އައްޑޫރައްޔިތުންނަށް ފައިދާބޮޑީ ޓޫރިސްޓް ހޮޓަލެއްގާއިމްކުރުމުން.

  12
 7. ޢާލިމް

  ފްލައިންގ ސްކޫލަށް ވީގޮތް ނުވިއްޔާ ރަނގަޅު.

  21
 8. ލަތީފު---

  އިދި ކޮޅު މީހުންނަށް ލިބިއްޖެނަމަ އަދުރޭ ގެރެންޓީ އާއި އެކު އެތަނުގައި ޓިނު ޖަހާ ދޭނެ

  3
  20
 9. އައްޑޫ މީހާ

  ދިވެހިރާއްޖެއަށް އެހާވަރުގެ ޓްރެއިނިންގ ސްކޫލެއް ބޭނުމެއް ނުވާނެ މިލިޓްރީ ބޭހެއް އެއީ އެތަން ބެލެހެއްޓުމުގެ ޚަރަދުވެސް ދިވެހިދައުލަތަކުން ނުކުރެވޭނެ އެތަން މެއިންޓަނަންސް ކުރަންވެސް އެތަކެއް ޚަރަދެއް ކުރަންޖެހޭނެ މިހާރުވެސް ފުލުހުންގެ ސްޓޭޝަންތައްވެސް މެނޭޖް ކުރާނެ ފައިސާއެއް ބަޖެޓުން ނުލިބޭ މިއީ ފެންނަން އޮތް ހަގީގަތެއް

  11
  1
 10. އަޙްމަދު

  އެތަން ހަމަ އެންމެ ރަނގަޅީ ހޮޓަލަކަށް ބަދަލު ކުރުން! ލަތީފްގެ ވާހަކައަށް ތާއީދު ކުރަން!!

  15
 11. ރައްޔިތުމީހާ

  މިލްޓުރީ ބޭސް އެޅޭނެނޫންތޯ އެވަރައް އިންޑިޔާއިން ރުފިޔާ ނަގާ ކަމައް ޓީވީތަކުން އެކިޔަނީ އިހައްދުވަހުކިއި ޙަބަރެއްގައި ނިމިދިޔަ އަހައު ލިބުނު ކަމައް އެބުނާ އާމްދަނީ .14 ބިލިޔަން އަރާއިރު އޭގެ ތެރޭން .10 އެއީ ޓެކްސް ފައިސާ 85% އާމްދަނީޔަކީ ރައްޔިތުންނާއި އެހެނިހެން ކަންތަކުން ނަގާ ޓެކުހައްވީމާ ކޮބާތޯ އަސްލު ސަރުކާރައްވަންނަ އާމް ދަނީ ލަދު މިގަންނަން ޖެހެނީ ރައްޔިތުމީހާ