ރޭޕް އަދި ޖިންސީ މައްސަލަތަކަށް އިންސާފު ހޯދަން އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ އިހުތިޖާޖުގެ ތެރެއިން ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

މި އިހުތިޖާާޖް ކުރިއަށް ދަނީ ޖެންޑާ މިނިސްޓްރީ ކުރިމަތީގައެވެ.

އެ ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ, އޮކްޓޯބަރު 19 ވަަނަ ދުވަހު ޖެންޑާ މިނިސްޓަރ އައިޝަތު ދީދީ އާ ބައްދަލުކުރުން އެދި ފޮނުވި ސިޓީއަށް ޖަވާބު ލިބިފައި ނުވާތީ އާއި ރޭޕް އާއި ޖިންސީ ފުރައްސާރައިގެ މައްސަލަތަކަށް އިންސާފު ހޯދުމަށް ގޮވާލައި އިހުތިޖާޖް ކުރަމުންދާ ކަމަށެވެ.

ހީނާ ވިދާޅުވީ, އެ އިހްތިޖާާޖްގެ ތެރެއިން މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ އިހްތިޖާޖުގައި ބަޔަކު ހައްޔަރުކޮށްފައިކަން ނުވަތަ ނޫން ކަން ފުލުހުން ކަށަވަރުކޮށްނުދެއެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ހުޅުމާލެ ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއެވެ.އެ މައްސަަލައަށްފަހު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވިއެވެ. އަދި އެއީ ރޯޔަލް ރޭޕް ކޭސްއެއްގެ ގޮތުގައި ގިނަބަޔަކު ސިފަވެސް ކުރެއެވެ.

އެ މައްސަލާގާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއަށް ފާޑުކިޔުންތައް ވަނީ އަމާޒުވެގެން ގޮސްފައެވެ. އިމްރާން ވިދާޅުވެފައިވަނީ އެ ސަފާރީގައި ހިނގީ އާންމު ތަނެއްގައި ކުރެވޭ ވަރުގެ ކުޑަ ކަމެއް ކަމަށާއި ރޭޕްގެ އަމަލެއް ނުހިނގާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓިއީ

    ޜަގަޅު އިހްތިޖާޖެއް އެކަމު މަޖާ ތަންކޮޅަކީ މުޒާޖަރައިގެ ބައިވެރިވި އަންހެންކަބަލުން އެތާތިބި ފިރިހެން ފުލުހުންނަށް ބޯޑުހިފައިން ހުރެ ދުރުކުރަން އުޅުނުގޮތް ހަމަ ލޮލް!!🤦😅 ޙަމަ ރަނގަޅު ކަމެއް މުޒާހަރާކުރުމަކީވެސްއިހްތިޖާޖުކުރުމަކީވެސް 👏👍.. އެކަމަކު ދެންފަހަރަަކު މުޒާހަރާއަށް ނުކުންނަ އަންހެންކަބަލުންތަންކޮޅެއް އިއްފަތްތެރިވެފަ ހޭލުންތެރިވާންވީ .ރޭޕަށާ ކަންކަމަށް މަގުފަހިވާކަންތައްވެސް ދަންނަންވީ... އޭރުންބަރާބަރުވާނެ ..🥳

    2
    2
  2. ޢާކް

    ކީއްވެބާ އި މްރާނަށް އަންހެނަކަށް ޖިންސީ ގޯނާ އާ ފުރައްސާރަ ކުރީމ މަ އެއްވެސް ކަ މެއް ނުވަނީ. ޢެއަންހެނާ ވަޒީފާއިން ވަކިކޮށް އޭނަ ބިކަވީތަން ފެނުނު މީހަކުނެތީބާ؟ މުޒާހަރާ ކުރަން މާ އައުލާކަން ބޮޑު އެކަންތަކާ....

    3
    1