އެމްޑީީޕީގެ ދެ ރައީސުން ކަމަށްވާ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި، ކުރީގެ ރައީސް، އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ރައްޔިތުން ބާކީ ނުކުރައްވާނެ ކަަމަށް އެމްޑީޕީގެ ޓިކެޓްގައި މޭޔަރުކަމަށް ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިގޮތަށް ވިދާޅުވީ،އައްޑޫ ސިޓީގެ މޭޔަރަކަށް އިންތިހާބުވެއްޖެނަމަ މިހާރު އިމާރާތް ކުރަމުންދާ ޕޮލިސް އެކެޑެމީ ހޮޓަލަކަށް ބަދަލުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ޕީޕީއެމް އިން އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މުހައްމަދު ލަތީފް ދެއްކެވި ވާހަކަތަކަށް ނަޝީދު ދެއްވި ރައްދު ރީޓްވީޓް ކުރައްވަމުންނެވެ.

ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވީ، އައްޑޫ ޕޮލިސް އެކަޑަމީ އިމާރާތް ކޮށްފައި ވަނީ ބިންބޭނުން ކުރުމުގައި ނުވިސްނާ ކަމަށެވެ.

އަދި މިހާރު އެތަނަކީ މަތީ ތައުލީމު އިންސްޓިޓިއުޓް އެއް ކަމަށާއި، ޕީޕީއެމްގެ ޒައާމަތެއްގައި އައްޑޫ ސިޓީގެ މަތީ ތައުލީމުގެ ފުރުސަތު ނެތީތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.

"އެމްޑީޕީ މޭޔަރ ކެންޑިޑޭޓާއި ކައުންސިލް ކެންޑިޑޭޓުންނާއެކު އައްޑޫ ސިޓީ ދަނީ މުޅި ދުނިޔެއަށް ހުޅުވިގެން". ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ އެ ޓްވީޓް ރީޓްވީޓް ކުރައްވަމުން ނަޒީރު ވިދާޅުވީ، މިއަށްވުރެ ބޮޑު އުއްމީދެއް އައްޑޫ ރައްޔިތުންނަށް ލިބި ނުދާނެ ކަމަށެވެ.

"ރައީސް ސާލިހާއި އަދި ރައީސް ނަޝީދު އައްޑޫ ރައްޔިތުން ބާކީ ކޮށެއް ނުލާނެ". ނިޒާރު ވިދާޅުވިއެވެ.

އައްޑޫގައި އިންޑިއާ ސަރުކާރުގެ އެހީގައި އަލުން ޕޮލިސް ޓްރޭނިން ސްކޫލެއް އެޅުމުގެ މަސައްކަތް ކުރަމުން ގެންދަނީ އައްޑޫގައި ކުރިން ހުރި ޕޮލިސް ޓްރޭނިން ސްކޫލް 2012 ވަނަ އަހަރުގެ ފެބްރުއަރީ 08 ވަނަ ދުވަހު އެމްޑީޕީގެ ސަޕޯޓަރުން ނިކުމެ އަންދާލުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ކޮވިޑް

    ބާކީ އެއް ނޫން ކުރަނީކީ ގްބޯހައްދަނީ....

    67
    2
    • ޙައްގުބަސް

      ރަގަނޅު ވާހަކައެއް! އިތުރަށް ބާކީކުރާކަށް ތަނެއް ނެތް!! އައްޑޫ އޮތީ ބާކީކޮށްފަ!! އައްޑޫގެ ރައްޔިތުންނަށް މިހާތަނަށް އޮތީ ދޮގުތައް ހަދާ ދޯކާދީފަ!! ނުވިތާކަށް ތި ރައީސް 2018 ރައްޔިތުން ނިކުމެ ވެރިކަމަށް ގެނައީމާ ތިން އަހަރުތެރޭ ވެރިކަން ކުރަންނޭގި ކުރާނެ ނުކުރާނެ ކަމެއް ނޭނގި ދައުލަތަށް ފައިސާ ވައްދާނެ ގޮތެއް ނޭނގި އެންމެ ފަހުން ދައުލަތުގެ އެންމެ ބޮޑު ދެ ކުންފުނީގެ (ދިރާގު އަދި ފެން ކުންފުނި) މެޖޯރިޓީ ޙިއްސާ ބޭރު ބަޔަކަށް ނުއަގުގައި ވިއްކާލީ!! އެވަރު ނުވެގެން ދިވެހިރާއްޖޭގެ މައި ދޮރޯށި ކަމުގައިވާ ހުޅުލެ އެއަރޕޯޓް ޖީއެމްއާރަށް ވިއްކާލީ!! އަދި އެއިން ލިބުނު 60 މިލިއަން ޑޮލަރުވެސް ދައުލަތައް ވަންކަމެއް ނެތް އެނގޭކަށް!! ދެން ވީ އަނިޔާވެރި!! މިހުރިހާ ކަމެއް މިހެން ކުރީމާ ރައްޔިތުން ނިކުމެ ކުރި ސިލްސިލާ މުޒާހަރާއެއްގެތެރެއިން މަޖުބޫރީ ޙާލަތައް އައިސް ތިމާއަށް ކުރެވުނު ކަމެއްވެސް ނޭނގި ހުރެ ބުރާންތި ހާލަތުގައި އިސްތިއުފާ ދީފަ ގެއަށް ދިޔައީ!! ދެން ތި ރައިސް ކުރިކަމަކީ ޖެހިގެން އައި ދުވަހު ނިކުމެ ސަޕޯޓަރުން ދަރުބާރުގެއަށް އެއްކޮށް މަގުމައްޗަށް ނިކުމެ މާލޭގެ ތަންތަނަށް ގެއްލުންދިނީ!! އަދި އައްޑޫ ސީޓީގެ ގިނަ ތަންތާ ހުޅުޖަހާ މުޅި އައްޑޫ ސިޓީގެ ތަރައްގީ ފުނޑުފުނޑުކޮށްލީ! މިހާރު އައްޑޫ ސިޓީއަކީ މިރާއްޖޭގައި އޮތް ބޮޑު އާބާދީއަށް ބަލާއިރު އެންމެ ތަރައްގީ ކުޑަ އަތޮޅު!! ނިކަން ބަލާ ލާމު އަތޮޅުގައި އަޅާފައިވާ ފެންވަރު ރަގަނޅު ލިންކު ރޯޑު!! ލ.ފޮނަދޫ މަގުތައް އެވަނީ ތަރައްގީކޮށްފަ! ގދ.ތިނަދޫ މަގުތަކާއި އިމާރާއްތައް އަޅާ އެވަނީ ތަރައްގީ ކޮށްފަ!! ދ.ކުޑަހުވަދޫގެ މަގުތަކާއި ތަންތަން އެވަނީ ތަރައްގީކޮށްފަ!! ކުޅުއްދުއްފުށި އެވަނީ އެއަރޕޯޓާއި ބަނދަރާއި މަގުތައް ތަރައްގީކޮށްފަ!! އައްޑޫއަށް ކޮންކަމެއް ކޮށްދިނީ!! މަގުތައް އޮތް ޙާލަތު އެއޮތީ ފެންނަން!! ލިންކު ރޯޑޭކިޔާ މަގެއް އެއޮތީ އޮތްގޮތް ފެންނަން! ކުޅޭ ދަނޑުތަކުގެ ޙާލަތު އެހާދެރަ!! އުމްރާނީ ތަރައްގީއެއް ނެތް ފެންނާކަށް!! އެޕްރިލް 2021 އެޕްރިލް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ދެ ރައީސުންނޭކިޔާ އައްޑޫ މީހުން ގުނބޯ ހައްދަން ތިޔަނިކުތީ!! އައްޑޫއަށް ވަރަށްބޮޑަށް އިހުމާލުވެފަ އެމްޑީޕީވެސް އޮތީ ރައިސް މައުމޫނުވެސް އޮތީ!!

      35
      1
  2. ނަން

    އޯލްރެޑީ ބާކީ ކޮށްފަ! ވަރަށް ސަލާމް!

    60
    3
  3. އަބްދޫ

    ނިޒާރު ބުންނަސް ދޮގުހަދާ ބަޔަކު އައްޑުރައްޔިތުން ބެނުމެއްނުވޭ. ބޮލަށް ސަވާރުވެ ކިހާދުވަހެއް މިދިޔައީ މިހާރު ފުދިއްޖެ.

    70
    4
  4. ރައްރިތުމީހާ

    ކިހާވަރަކައް ބާކީކުރީމަތޯ ބާކީވީކަމައް ވާނީ. އައްޑޫ މީހަކައް މިނިސްޓަރ ކަމެއް ދޭން ނުކެރުނު
    ދެ ރައީސުން ނޫންތޯތީ؟

    68
    2
  5. އާދަމުގެދަރި

    ތިހުރިހާ ޓްވީޓެއް ކޮށްފައި ވެރިކަން ނުލިބުނީމާ އަންދާލާނީއެއް ނޫން. މިހާތަނަށް ގައުމަށްޓަކައި ރައްޔިތުންނަށްޓަކައި ދަރިންގެ ދަރިންނަށްޓަކައި ކިޔާފައި ގޮވާފައި ކުރި ކަމަކީ ތަންތަނުގައި ހުޅުޖަހައި އަންދާލީ.

    73
    2
  6. އާބިދާ

    ފުލެޓް ވަގު ގޯތި ވަގު

    58
    2
  7. ހޮޅިމީހާ

    ކޮންތާކު ކާކު ޕޮލިސް ޓްރެއިނިންގ ސެންޓަރެއް އައްޑޫގައި ހަދަނީ؟ ކަކޫ ނުދެނަހުރި ކަމެއް ތިޔައީ؟ އިންޑިޔާ މީހުނަށް އައްޑުއަތޮޅު ވިއްކީނު؟ އެ މީހުން އެ ހަދާނީ އެ މީހުންގެ މިލިޓަރީ ބޭހެއް. އައްޑޫ ދުނިޔެއަށް ހުޅުވަނީ އިންޑިޔާ މީހުން ވުޖޫދުން ފޮހެލާފައި އޭގެ ފަހުން. އަންނަ ރިޔާސީ ދައުރު އެމްޑީޕީ އަށް ލިބިއްޖެއްޔާ އިންޑިޔާ ހިތަދޫގެ މިޓަރީ ބޭހާއި، އިންޑިއަންގޭން ގެ މިލިޓަރީ އެއަރޕޯޓާއި، އިންޑިޔަން އައްޑޫގައި އިންޑިޔާގެ ބައިބައިގަނޑުން އައިސް ހުޅުވާ ކަޑަތަކާއި ތިބި ބަޔަކަށް ފެންނާނެ. ޕޮލިސް ޓްރެއިނިންގ ސެންޓަރޯ. އެއިން ތަނަކަށް ދިވެހި ސަރުކާރަކަށް ބާރެއް ނުފޯރުވޭ.އެ މީހުންގެ މައްޗަށް ދިވެހި ގާނޫނެއް ނުހިނގާ. އެކަމަކު ... ގުނބޯ ހައްދަނީ ނޫނީ ގަމާރީ.

    29
  8. މުރާދުބޭ

    ރީނދޫކުލައިންފޯވެ އެކުލައިގެ ރަހަ ހަށިގަނޑުގެ ތެރޭހުންނަ އެއްވެސް މީހަކަށް ތެދުބަހުން އެއްޗެއްބުނެލުމަކީ ނާދިރު ކަމެއް! އައްޑޫ ރައްޔިތުން ގުނބޯހައްދައިގެން ލައްކަ ޒަމާން ވަންދެން އެކި އިންތިޚާބީ ދާއިރާތަކުން އެމްޑީޕީން އައްޑޫ އަތޮޅު ތަމްސީލް ކުރިބޭކަލުން އުޅުއްވައިފި! މަކަރާ ޖަހައިގެން ދުނިޔެކެވޭނެޔޯ މިހެން ޙިތާ މަކަރާޖަހައިގެން އައްޑޫ ރައްޔިތުން ގުނބޯހައްދައިގެމް އުޅެވިއްޖެ! އެމްޑީޕީގެ ސަރުކާރެއް އައްޑުއަތޮޅަށް ދެމެހެއްޓެނިވި އެއްވެސް ތަރައްޤީއެއް ގެނެވިޔަނުދޭނެ! މިކަން އައްޑޫރައްޔިތުން ވިސްނަންޖެހޭ ނިޒާރަށް ދެވޭވޯޓަކީ އައްޑޫ ރައްޔިތުންގެ އުއްމީދުތައް އަނދިރިކޮށްލާނެ ކަޅު ވިލާގަނޑެއް! އަތޮޅުގެ ކުރިއެރުމާމެދު އެއްވެސް ވަރަކަށް ވިސްނާކަމަށްވާނަމަ އެމްޑީޕީއަށް ކައުސިލުން ގޮނޑިހުސްނުކުރައްވާ!

    23
  9. ޡަރާނާ

    ހުސްގުނބޯލިން އުޅޭނީ ރާއްޖޭގެ ދެކޮޅުގަ ވެސް ދެސިޓީ އުތުރާ ދެކުނުގަ އޮތީ ނަމެއްގަ އެއްކަމެއް ނުކުރާނެ މިހާރު ކައުންސިލު ބޯމަތި ވީމަ އަނެއްކާ ރައްޔިތުން ފެންނަންފެށީ ވޯޓު ނިމުނީ ގެއްލޭނެ މިފަހަރު މިފުރުސަތުގަ ސަރުކާރައް ދެސިޓީން ވެސް އަދި މާލޭން ވެސް ނުދެއް ވާތި ދީފިނަމަ ބާކީ މިއޮތް މުއްދަތުގަ ވެސް އެއްކަމެއް ނުކުރާނެ ކަމެއް ކުރާނީ ސަރުކާރައް މެސެޖެއް ދީގެން އެމެސެޖަކީ ރައްޔިތުންނައް ތަރައްގީ ނުގެނެ ވޭބަޔަކައް ރިޔާސީ އިންތިހާބުން ވެސް ވާނީ މިހެންކަން އަންގާލުން

    17
  10. ޢަހުމަދު

    ކުރިން ހުރި ޕޮލިސް އިމާރާތް ރޯކޮށްލި ގޮތަށް އަނެއްކާ ތިބޭފުޅުން ތިތަންވެސް ރޯކޮށްލަން ހިއްވަރު ނުދޭނެބާ؟

    18
  11. ބޯހަލާކު

    މިގައުމުގަ އޮތީ ހަމައެކަނި އައްޑު އަތޮޅުތަ..! ކޮބާއެހެންއަތޮޅުތައް..އެމީހުންނަށް 400މިލިއަން ޑޮލަރު ބޭނުމެއްނުވާނެތަ..ހެހެ.!؟ ރާއްޖޭގަ އިއްތިސާދީގޮތުން މާގިނައިން ލާރިވައްދާއަތޮޅުތައް މިދިވެހިރާއްޖޭގަހުރިކަން މީއޮޅޭވަރުކަމެއްނޫން.. އެކަމަކު އެމްޑީޕީން ގިނަމެމްބަރުންތިބިޔޭކިޔާފަ،،ގިނަވޯޓްލީއޭކިޔާފަ ދެންތިބި ދިވެހިން ނިކަމެތި ކުރަންތަ ތިވާހަކަދައްކަނީ...ސުބުހާނަﷲ

    7
    6
  12. ކޮރަލް

    އަލީ ނިޒާރަށް އެނގޭނީ ވާހަކަ ދައްކާށެވެ. ކަންކަން ދާގޮތް އައްޑޫ ރައްޔިތުންނަށް އެބަ ފެނެ އެވެ. އެމީހުން މައާފެއް ނުކުރާނެ އެވެ.

    16
  13. އަޙްމަދު

    އެދެމީހުން ބޭނުންކޮށްގެން ލީބޭނެ ވޯޓެއް ދެނެއް ނޯންނާނެ! ސޮރީ ނިޒާރު

    19
  14. ހަނި

    ނިޒަރު މޮޔަ ނުގޮ ވާ އަ ވަހަށް ނަން އަބުރާނަގާށެ ވެ

    21
  15. ބާ ޖީ

    އޭ ބަލަ މިހިރަ ސޭކުސްތާ ނު ދީދީ! ކަލެ އަށް ނޭގޭތަ އަހަރެމެން މިތިބީ ބާކީވެފައިކަން

    18
  16. ދިވެހި

    މީ ދެން ބޮނޑަ އަޖައިބަށްނުން. ހެއުނިވޭހެއް ރައީސް ނަޝީދު، މިކޯ އައްޑޫ އޮތީ ކޮން ޕާރޓީއަކި ކައުންސިލަށް؟ ހަމަ ތެވެރިންގެ ކައުންސިލަށް ނުނީ؟ ކޮބާ ވީކަމަށް؟

    18
  17. ދިވެހިރައްޔިތައް

    މީ ދެން ބޮނޑަ އަޖައިބަށްނުން. ހެއުނިވޭހެއް ރައީސް ނަޝީދު، މިކޯ އައްޑޫ އޮތީ ކޮން ޕާރޓީއަކި ކައުންސިލަށް؟ ހަމަ ތެވެރިންގެ ކައުންސިލަށް ނުނީ؟ ކޮބާ ވީކަމަށް؟

    16
  18. ރޯދަމުބާރަކް!

    2 ރަޢީސުން، ؟؟؟ އަނހާ! މި ކަން މި އެގުނީނު، 2 ރައީސުންކަން ވެރިކަން މި ކުރަނީ!

    10
  19. މޯދި

    ލާދީނީ ވަގުން ރޯމާދުވާލު ގައުމުގެ ޙަޒާނާ ފެންފޮދަކާ ނުލާ ދިރުވާލިބައެކެވެ. ކުރިއެކޭ އެއްގޮތަށް މިއަދުވެސް ވޯޓުހޯދަން ވީމަ އައްޑޫރައްޔިތުންގެ ބޮލައްސަވާރުވަނީއެވެ.

    10
  20. ބާކީ ޅަހުއްތު

    ބާކީ އެއް ނުކުރާނެ ވޯޓްލާ ނިމެންދެން މާލޭގެ ރައްޔިތުންނައްވެސް ގޯތިދޭނަމޭ ބާކީއެއް ނުކުރާނަމޭ ކިޔާފަ މަޖްލިސް އިންތިހާބް ނިމޭ އިރައް ވީބާކީ ދެން ވައުދެއްވީ ބޭފުޅެއްވެސް ނެތް އައްޑޫ ރައްޔިތުން ވިސްނާ މިހާރު އެކިޔާ ލަވަޔަކީ ކައުންސިލް އިންތިހާބް ހޯދަން އަޅުވާފަންޏެއް ހުސް ހޮޅި ފާޙާނާ ހޮޅި ވާހަަކަ

  21. ހަސަން

    މި ދެ ރައީސުން އައްޑޫ އެއުފައްދަނީ 2 ވަނަ ޖަފުނާ އަކަށް.

  22. ހަސަންބޭބެ

    ކައުންސިލް އެއްކޮށް ދެ ދައުރުގަވެސް އެމްޑީޕީއަށް އައްޑޫ ރައްޔިތުން ދިން، އެކަމަކު ރައްޔިތުންނަށް ކޮށްދިން ކަމެއް ހަމަ ހަރާމުން ހަރާމް! ނިޒާރުމެން ބޯ ހަމައެއް ނުޖެހޭ! އިހައްދުވަހު ކުރި ޓްވީޓެއްގަ، ޕީޕީއެމުން އީސީސީ އަށް ހެދިގޮތްބަލާށޭ ނިޒާރު ވިދާޅުވިއިރު، މިއަދު އައްޑުއަށް ރާއްޖޭގެ އެތަން މިތަނުން އިސީސީ ގަ ހަދާފަ ހުރި ހޮސްޕިޓަލަށް މީހުން އަންނަތަނާއި އަދި އޭގެ ސަބަބުން އަތޮޅަށް ވަންނަ ލާރި ނުފެންނަކަމީ ނިޒާރު މޭޔަރުކަމަށް ކުފޫ ހަމަނުވާކަން އިގޭ ކަމެއް. ސިޔާސީ ވާހަކަ ދައްކާނީވެސް ހަމަބުއްދި ގަބޫލުކުރާ ގޮތަކަށް. ފަނާވަމުން، ކަތުރުފަނި އަޅަމުން، ފުރާޅުން ވާރޭވެހެމުން ދިޔަ އީސީސީ ޒަމާނީފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރީ ޕީޕީއެމްގެ ސަރުކާރުން. އެކަމެއް ނޯޅުވޭނެ. މި 5 އަހަރު ނިމިދާއިރުވެސް ރައްޔިތުންނަށް ލާބަހުރި އެފަދަ މަޝްރޫޢެއް މިސަރުކާރުން ނުހިންގޭނެކަން ވިސްނާލާ ކޮންމެ މީހަކަށް އިގޭނެ.
    2 އަހަރުވީއިރު، ޖެހި ދިދަދަޑިއަކުން ރައްޔިތުންނަށް އޮތީ ކޮން މަންފާއެއް، ހަތެއް ސުމެއް/ހަތެއްސުމެއް ވީމަ އައްޑުއަށް ވީ ކޮން ކަމެއް. ގޮޑިތައް ދީފިއްޔާ އައްޑުމީހުން ބުނި ކޮންމެކަމެއް ކޮށްދޭނަމޭ ބުނި ރައީސް، ދައުރު ނިމުނީމަ ރައްޔިތުންނަށް އެއަފަހަރު ކަރުނަ ބާލަދީފާނެ. ގެއަކަށް ވަދެ ރޮއްޓެއް ފިހެދީފާނެ. އަނެއްރައީސް އަސްލަމް މެނާއެކު އީކުއޭޓަރ ވިލެޖައް ޕާރޓީ ކޮށްލަން ގޮސްސާނެ. މިނޫންކަމެއް ނުކޮށްދެވޭން.

  23. މަދީ

    ތީ ރައީސް ޔާމީން ދެއްކެވި ވާހަކައެއްނަމަ ދިވެހި ދައުލަތުގެ އިސްތިޤުލާލަށް ބުރޫ ނައަރާގޮތަށް ތިކަން ކޮށްލުމަކީ އެއްވެސް ޝަކެތް އޮތްކަމެއްނޫނ.ް ޢަމަލުން ތިކަން ކޮށްފަ ނޫނީ ދުލެއްނުކުރާނެ.އެމްޑީޕީގެ 02ރައީސުންނަކީ ކަންކުރަންނޭގޭ ވެރިކަންކުރަންނޭގޭ.ފައިސާހޯދަންނޭނގޭ.އިޤުތިސާދުފުޅާކުރަންނުދަންނަ އެވަރުގެ ހިންގުންތެރިކަމެއްނެތް. ދިވެހިދައުލަތުގެ އެއްވެސްވުޒާރާއެއްގައި ނެތި ކަމުގެ ވައްޓަފާޅިއެއްނޭނގޭ.ދިވެހިރާއްޖޭގ ރައްޔިތުންނަށް ކަމެއްކުރަން ޖެހިއްޖެނަމަ ކުރީގެ ސަރުކާރުތަކުން ދައުލަތަށް ހޯދާފައިހުންނަ އެސެޓް ތައް ވިއްކާފަ ސަރުކާރު ބޭރު ޤައުމުތަކަށް ވިއްކާލާފަ ކަންތައްކުރަން ދަންނަބއެކެވެ. އަދި ނުވީތާކަށް އިސްލާމްދީން ކަންމަތީގައި ވެސް ދިވެހީންނަށް މިނިވަންކަމާއެކު ތިބެވޭނެ ކަމުގެ ގޮތްނޭގޭނެ ބައެކެވެ..އެކަންތަކުގެ ކޮޅުމަތި މިހާރުވެސް އެދަނީ ފެންނަމުން.ދިވެހިރާއްޖެ ހިންގަން ަޒިންމާނަގައިގެން ތިބީ ޤާބިލްކަމެއްނެތް ތަންދޮރު ނުދަންނަބއެއް. އައްޑޫއަތޮޅު ބޭރު ޤައުމަށް ހުޅުވާލުމަކީބޭރު ޤައުމުތަކުގައި ހުރި ނުބައި ނޭއްގާނީ ކަންތަކާ ފާހިޝް ވިޔާނުދާ ހުރިހާކމަެއް އައްޑޫރައްޔިތުން ތަޙައްމަލު ކުރާނެކަންތައް. އައްޑު ރައްޔިތުން ތިބި ޙާލަތުގައިވެސް ނުތިބޭނެ. ކުރީ ސަރުކާރުތަކުންވެސް ތިމަގު ފަހިވާން އޮންނާނެ. އެކަމަކު ކުރީގެ ސަރުކާރު ހިންގީ ޙިކުމަތްތެރި ވެރީން.މީހަކު ދައްކާހާ ވަހަކަށް ބޮލާޖަހާލާނެ ބައެއްނޫން.ދިވެހިދައުލަތް މިނިވަންކަންމަތީ ބޭއްވުމަށް އެވެރީން އިސްކަންދިނީ.އެކަންއެގޮތަށް ކުރީތީ ދިވެހީންނަށް ހަމަޖެހިލައިގެން ތިދަން ތިބެނީވެސް.ތިދެރއީސުން ތިއުޅެނީ ރާއްޖެ އޮޔާބެއްސާލަން.އެމްޑީޕީ ސަރުކާރަކީ ޢަމަލާބަސް ދިމާނުވާ ޤާބިލް ކަމެއްނެތް ސަރުކާރެއް.

  24. ީއަހުމަދު

    ވޯޓުލާ އިރު އެކަނި ބާކީ ނުކުރާނީ