ޕޯސްޓްގެ ޒަރިއްޔާއިން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން ވިދާޅުވީ، މިތަކެތި އަތުލައިގެންފައިވަނީ އިއްޔެ ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން ޕާރުސަލްގެ ތެރެއިން ފެނުނު މަސްތުވާ އެއްޗެއް ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމިން (Amphetamine) އަށް ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ވިދާުވިއެވެ.

އަދި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 14.00 ގްރާމް ހުރި ކަމަށާއި، މިތަކެތީގެ މަގުމަތީ އަގު 42,000.00 (ސާޅީސް ދެހާސް) ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

އަތުލައިގަނެވުނު މަސްތުވާތަކެއްޗާއެކު މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށް ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލާދީނީ އަންނި

    ސިޓް ޕާޓީ ކޮއްލަން ގެނައި އެތިކޮޅު ވަރަށްދެރަ ގޮތެއްމިދިމާވީ.

  2. އަބްދުއްލަޠީފު

    ކިލޯ ހަމަނުވާތީދޯ ތި ހިފެހެއްޓީ؟ 149 ކިލޯ ވީމަ ކޯޓުންބޭރު ކޮށްފަ 14 ގުރާމް ވީމަ ހިފަހައްޓާފަ ޕީޖީ އަށްފޮނުވާ 25 އަހަރަށް ޖަލަށް ޙުކުމްކަނޑާލަން.