ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވެފައިވަނިކޮށް، ރާއްޖޭގައި ރަޖިސްޓްރީ ނުކުރާ ނޫހެއް ކަމުގައިވާ "މެންދުރު އޮންލައިން" ގައި އެ އަންހެން މީހާގެ ބަސްދީގަތުމެއް ކަމަށް ބުނެ ޝާއިއުކޮށްފައިވާ ރިޕޯޓް "ޗެނަލް 13" އިން ވަރަށް ގިނައިން ބްރޯޑްކާސްޓް ކޮށްފައިވަތީ މައާފައަށް އެދުމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އަންގައިފިއެވެ.

ސަފާރީ ރޭޕްގެ އަމަލެއް ހިނގި ކަމަށް ކެންޔާ އަންހެން މީހާ ކިޔައިދީ އިންޓަވިއު ދިން ކަމަށް ބުނެ "މެންދުރު އޮންލައިން" ވެބްސައިޓްގައި ރިޕޯޓެއް ޝާއިއުކޮށްފައިވަނިކޮށް ފުލުހުން ބުނެފައިވަނީ އެ އަންހެން މީހާ އިންޓަވިއު ދިނީ ހަމައެކަނި "މިހާރު" ނޫހެއް ކަމަށެވެ. "މިހާރު" ނޫހުގައި ޝާއިއުކޮށްފައިވާ ރިޕޯޓްގައި ވެސް އޮތް ގޮތުން އޭނާ އިންޓަވިއު ދިނީ އެ ނޫހަށް އެކަންޏެވެ. އެ އަންހެން މީހާ މިހާރު ވަނީ ބޭރަށް ފުރައިގެން ގޮސްފައެވެ.

އޭނާގެ އިންޓަވިއު ނެގި ކަމަށް ބުނެ "މެންދުރު އޮންލައިން" ގައި ޝާއިއުކޮށްފައިވާ އެ ރިޕޯޓް "ޗެނަލް 13" އިން ވަރަށް ގިނައިން ބްރޯޑްކާސްޓް ކުރިއިރު، އެ ރިޕޯޓް ބްރޯޑްކާސްޓް ކުރީ މައުލޫމާތު ކަށަވަރު ކުރަންވާ ވަރަށް ކަށަވަރު ކޮށްގެންތޯ ބެލުމަށް ބްރޯޑްކޮމްއަށް މައްސަލައެއް ހުށަހެޅިއެވެ.

އެ މައްސަލަ ތަހުގީގުކޮށް ނިންމުމަށް ފަހު، ބްރޯޑްކޮމްއިން ނެރުނު ބަޔާނެއްގައި ވަނީ އެ ކޮންޓެންޓްގައި "މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑުކަމަށް އާންމު ގޮތެއްގައި ގަބޫލު ކުރާ މިންގަނޑުތައް ހިފެހެއްޓުން" އަދި "އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރާތްތައް ބޭނުން ނުކުރުން" އަދި "އޮރިޔާން ކާޑާއި އޮރިޔާން ކާޑުގެ މާނައިގައި ހިމެނޭ އެއްޗިއްސާއި ޖިންސީ ގުޅުން ސިފަވާ މަންޒަރާއި އަޑު ހިމެނޭ އެއްވެސް އެއްޗެއް ބްރޯޑްކާސްޓް ނުކުރުން" އާ ހިލާފުވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގައިވާ ކޯޑް އޮފް އެތިކްސްގެ އެ ތިން މާއްދާއާ "ޗެނަލް 13" އިން ހިލާފްވި މި ފުރަތަމަ ފަހަރު ކަމަށް ވުމުން، އެ ގާނޫނުގެ ދަށުން ޕްރޮގްރާމްތައް ބައްޓަން ކުރުމަށާއި، އެފަދަ ކޮންޓެންޓުތައް ފޮނުވުމުގައި ސަމާލުވުމަށް އެ ޗެނަލް ހިންގަމުންދާ ކުންފުނި، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ނަސޭހަތްތެރި ވުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން "ޗެނަލް 13" އިން މައާފަށް އެދި ބަޔާނެއް ނެރުމަށް އަންގާފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ. އަންނަ އާދީއްތަ ދުވަހުގެ ކުރިން އެ ޗެނަލް އިން އާންމު ކުރުމަށް އަންގާފައިވެއެވެ. މި ގޮތުން އެ ދުވަހުގެ ރޭ 8:00 އާއި 8:30 އާ ދެމެދު ދެއްކުމަށް އެ ޗެނަލްއަށް އަންގާފައިވެއެވެ.

ސަފާރީގައި ރޭޕްގެ އަމަލެއް ހިނގާފައިނުވާ ކަމަށް ކަމާ ބެހޭ އިދާރާތަކުން ފަހުން ވިދާޅުވެފައިވެއެވެ. އެކަމަކު ކެންޔާ އަންހެން މީހާއަށް ޖިންސީ ގޯނާ ކުރަން މަސައްކަތް ކޮށްފައިވެއެވެ. މި މައްސަލައިގައި ލ. ގަން، ތުނޑި، ނޫރާންގެ، އަބްދުﷲ ޝާންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އިން ނިންމާވާފައިވެއެވެ. ޝަންއަކީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދުގެ ފިރިކަލުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނާދިރު

    މިއީ މިނިކާވަގު

    19
  2. ރޯޔަލް ބަކަރި

    އެވާހަކަ ދެއްކީމަ ކުށްވެރިވަނީ؟ ރޯޔަލް ބޭފުޅެއްވީމަ އޯކޭދޯ ކިތަންމެ ނުބައިކަމެއް ކުރިޔަސް

    43
    2
  3. ރޯޔަލް ހިމާރު

    ރޭޕް ސަރުކާރު އިސްތިއުފާ

    38
    2
  4. ވިސްނާލުމަށް އެދެމޭ

    އަހަރެން އެޙަބަރުކިއީ ވަގުތުނޫހުން... ވަގުތުނޫހުން އެޙަބަރު ކަ ވަރުކުރީ ކޮންތާކުން މައުލޫމާތުލިބިގެން. ވަގުތުގަ ވެސް މެންދުރުއޮންލައިންގެ ވާހަކައޮތް..ޗެނަލް13ބަންދުނުކުރެ ވިގެން ހާދަ ވަރަކަށް ސަރުކާރު ކޮށިއަރަނީ..ޗެނަލް13ފަސްނުޖެހި ކުރިޔަށް ވުރެ ބާރަށް ސަރުކާރުގެ ބަތާނައިގަހުރި މިލަ ރައްޔިތުންނަ ދައްކަން ވީ...ސަމާހު މިހާރަށް ވުރެ އެކްޓި ވްކޮށް ޓީ ވީ ސަމާހު ފެންނަން ވެއްޖެ.. ވަރަށް ބާރުގަދަ ސަމާލުކަން ލިބޭ އަޑެ ސަމާހުގެ އަޑަކީ ތިއަޑު ސަރުކާރަށް އަޑުއިއް ވަންޖެހޭ ސަރުކާރު ތުރުތުރުލައި ސަމާހުގެ އަޑަށް..

    37
    2
    • ފިޔަވަޅު

      ސާބަހޭ ސަ މާހު ... އަޅުގަނޑު މެން ފަހުރުވެރިވާ ފަދަ ދިވެހި ދަރިއެއްތީ.😍😍

  5. ދަޅުލލލލލލލލާ

    މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަނީ ބު އްޅަވެސް ހުދު މުހުތާރުވީދޯ