މިއަދު އިރުއޮއްސި 18:00 އާއިހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 50 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 19 މީހުން ފައްސިވީ މާލެ އިންނެވެ.

މިއަދު އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ ރިސޯޓްތަކުންނެވެ. މިއަދު ރިސޯޓްތަކުން 28 މީހުން ފައްސިވިއެވެ. އޭގެ އިތުރުން އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު ތިން މީހުން ވަނީ ފައްސިވެފައެވެ.

މިއަދު 50 މީހުން ކޮވިޑް-19 އަށް ފައްސިވީ 3129 މީހުން ކޮވިޑް-19 އަށް ޓެސްޓް ކޮށްގެންނެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 29 މީހުން މިއަދު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާރު ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 738 އެވެ. މީގެ ތެރެއިން 54 މީހަކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހިގެން މިހާތަނަށް 49 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޟމ

    އެންމެ މީހަކު ފައްސިވެގެން އަހަރެމެން ގެޔަށް ވައްދާ އައްސިކޮށި ނަމަވެސް ނައްސިވާ މީހުންގެ ޢަދަދު ދަށްނުވެ ފައްސިވާ މީހުންދަނީ އިތުރުވަމުންނެވެ. މިހާރު މި ފައްސިވަނީ ކޮވިޑަށްތޯ ނުވަތަ ބޮޑު ކަންނެލީގެ ރިހާކުރަށްތޯ،

    13
    6
  2. އަލީ

    ސްކޫލްތަށް ބަންދުކޮށްދެއްވާ. ޅަދަރިން ފޮނުވަން އަދި ރައްކާތެރިއެއްނޫން.

    10
  3. 😒

    ގަން ސުކޫލް ތައްހުޅުންވާ