މަސްދޯންޏެއްގައި ހުރި މީހަކަށް އަވަސް ސިއްހީ ފަރުވާ ދިނުމަށް ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ހިތާދޫ ކައިރީ އެންދަމަން އުޅުނު "މަސް ހަޒާނާ 05" ނަމަކަށް ކިޔާ މަސްދޯންޏެއްގައި ހުރި 30 އަހަރުގެ ދިވެހި ފިރިހެނަކު ސިއްހީ އަވަސް ފަރުވާއަށް ގއ.އަތޮޅު ހޮސްޕިޓަލަށް ގެންދިއުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރޮން އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 20:18 ހާއިރުއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދެއްވާ ގޮތުގައި މަސްވެރިޔާ އަށް އަވަސް ސިއްހީ ފަރުވާ ބޭނުންވަނީ ނޭވާލާން އުނދަގޫ ވެގެން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މަސްވެރިޔާ އާއި ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.