މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި 50 މީހުންގެ ތެރެއިން 20 މީހުން ފައްސިވެފައި ވަނީ ސަން ސިޔާމް އޮޅުވެލި ރިސޯޓުން ކަމަށް އެޗްއީއޯސީ އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީ އިން ވިދާޅުވީ އޮޅުވެލި ރިސޯޓުން ކޮވިޑް-19 އަށް ފައްސިވި އެންމެންނަކީ ވެސް އެތަނުގެ މުވައްޒަފުން ކަމަށެވެ. އެރިސޯޓުން އިތުރު ޓެސްޓު ހަދާފައިވަނީ، އެރިސޯޓުގެ ތިން މުއައްޒަފުންނާއި ކޮންޓެންޓެއް ކޮވިޑް-19 އަށް ފައްސިވުމުންނެވެ.

މިހާތަނަށް އޮޅުވެލި ރިސޯޓުން ޖުމްލަ 24 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެރަށުން ވަކި ތަރުތީބެއް ނެތި 167 ސުންކު ނަގާފައިވެއެވެ. އޭގެތެރެއިން 23 މީހެއްގެ ނަތީޖާ އަދި ނުލިބެއެވެ.

މިއަދު ފައްސިވި 50 މީހުންގެ ތެރެއިން 19 މީހުން ފައްސިވީ މާލެ އިންނެވެ.މިއަދު ރިސޯޓްތަކުން 28 މީހުން ފައްސިވިއެވެ. އޭގެތެރެއިން 20 މީހުން ފިޔަވައި ދެން ތިބި އަށް މީހުން ފައްސިވީ ކޮން ރިސޯޓަކުން ކަމެއް އެޗްއީއޯސީ އިން ހާމައެއް ނުކުރެއެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު ތިން މީހުން ވަނީ ފައްސިވެފައެވެ.

މިއަދު 50 މީހުން ކޮވިޑް-19 އަށް ފައްސިވީ 3129 މީހުން ކޮވިޑް-19 އަށް ޓެސްޓް ކޮށްގެންނެވެ. ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 29 މީހުން މިއަދު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 738 އެވެ. މީގެ ތެރެއިން 54 މީހަކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހިގެން މިހާތަނަށް 49 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޮޅުވާލި ވޯޓު

    އޮޅުވެލި ރިސޯޓަކީ މާލެގޮސްސައަންމީހުން ކަރަންޓީނުކުރާރިސޯޓެނޫން އެކަމުގެ ނަތީޖާމިއަދު 700 ސުޓަފުން އުފުލަންޖެހުނީ މިއަދުވެސް ޕޮޒެޓިއުވީމީހާއެކަނި ބަންދުކުރަނީ ޕޮޒެޓިވު ވާމީހާ މަސައްކައް ކުރާޑިޕާޓު މެންޓުގަ ދެންތިބި އެއްވެއް ބަޔަކު ކަރަންޓީނެ ނުކުރޭ ދެން މިކަމައްކިޔާނީ ކޮވިޑުބަހަނީއޭނޫންތަ ސަރުކާރުން މިކަމައް ސަމާލުކަން ނުދޭވަރުގެ ކުޑަމިންވަރެ މިބުނެލީ ބެލެވޭގޮތުގާ ސަރުކާރުބޭނުންވަނީ ކޮވިޑު އިތުރައްފަތުރާލަން

  2. ސިޔާމް

    އޮޅުވެލި ރިސޯޓަކީ މާލެގޮސްސައަންމީހުން ކަރަންޓީނުކުރާތަނެއް ނޫން....