މޫސުން ގޯސްވުމުގެެ ސަބަބުން ހއ. އަތޮޅުން ފެށިގެެން މ.އަތޮޅާއި ހަމަޔަށް ހުދު ސަމާލު (ވައިޓް އެލާޓް) ނެެރެފިއެވެ.

މޫސުމާ ބެެހޭ ގައުމީ އިދާރާ (މެެޓް އޮފީހުން) ވިދާޅުވީ، މިއަދު ހެނދުނު 7:00 އިން ފެށިގެން މެންދުރު ފަހު 12:00 އާއި ހަމަޔަށް ހއ. އއަތޮޅުން ފެށިގެން މ. އަތޮޅާއި ހަމަޔަށް ހުދު ސަމާލު ނެެރެފައިވާ ކަމަށެވެ.

އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭކަމަށާއި އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ. އެވަގުތުތަކުގައި ގުގުރުން ވެސް އެކަށީގެން ވެއެވެ.

ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެެމެެދުގެ ބާރުމިނެއްގައެވެެ. ވިލާގަނޑުގައި 40 މޭލަށް ވައި ޖެހޭނެ ކަމަށް އެއިދާރާއިން ވިދާޅުވިއެވެ. ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެެވެ. ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށާއި، ރާޅުގައި 3 ފޫޓާއި 6 ފޫޓާއި ދެމެދުގެ އުސްމިން ހުންނާނެ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މިމަހުގެ ތެރޭގައި އުތުރުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށް އެެ އިދާރާއިން ވަނީ ލަފާކޮށްފައެެވެ. މީގެ އިތުރުން މެެދު ރާއްޖެތެރޭގެ ރަށްތަކަށްވެސް ވިއްސާރަކުރާނެ ކަމަށާއި، ދެކުނަށް އާންމު ގޮތެއްގައި މަޑުވާނެ ކަަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮވިޑް

    ކޮބާތަ މުއީޒް މުއީޒް ގޮވަމުން މަގުމަތީ ދުވުނު ބައިގަނޑު؟އަޅެ ހިތްވަރު ހުރިއްޔާ ޝިފާ ޝިފާ ކިޔާ ގޮވަން ނުކުމެބަލަ. ކެރޭނެބާ؟މިއަދު ތިޔަބައިގަންޑުގެ ސަރުކާރު ދޯ މި އޮތީ؟ މަ ހީކުރީ ޑިއުޓީ އަށް ދާން ނުކުމެފަ މާރިޔާ އާ ޝިފާ ވެގެން ފިންދަނަ ތައް ލައްވާ މަގުމަތީ ފެންގަނޑު އޮންނާނީ ބޮއި ހުސް ކޮށްފަ ކަމަށް.
    ހެޔޮނުވާނެ އިސްތިއުފާ ދީފަ މިކަން އަވަހައް މުއީޒް އާ ހަވާލު ކުރަން އުޅޭ. ކޮބާ ރ،ޓީވީ؟ އަޅެ ފެންގަނޑު މެދުގަ ހުރެފަ ދޮގު ރިޕޯޓް އެއް ނެރެލަން ވެސް ނުކެރިފަ ތޯ؟