މިއަދު ސިފައިން ފެންނަނ ޕްރޮފެޝަނަލް ފޯސްއެއްގެ ގޮތުގައި ކަމަށާއި، ސިފައިން މަސައްކަތް ކުރަނީ ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ ކަމަށް ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު ސިފައިންގެ މަޖައްލާ އައްޑަނައިގެ މި ހަފްތާގެ އަދަދު ޝާއިއު ކޮށްފައި ވާއިރު، އެ މަޖައްލާގާއި "މިނިސްޓަރުގެ ގަލަންކޮޅުން" ކޮލަމްގައި "ފަންނީ ހުނަރުތަކަށް ފަރިތަ ވަމުންދާ ދިވެހި ލަޝްކަރު" މި ސުރުހީގެ ދަށުން ލިޔުއްވާފައިވާ ލިޔުމުގައި މިނިސްޓަރ ވަނީ މިދިޔަ އަހަރު ސިފައިންގެ މަސައްކަތަކަށް ގިނަ ކުރިއެރުންތަކެއް ލިބުނު ކަމަށް ފާހަގަކުރައްވާފައެވެ.

މިނިސްޓަރ މާރިޔާ ވަނީ ސިފައިންގެ ޤާނޫނީ އޮނިގަނޑަށް ޒަމާނާ ގުޅޭ ބޮޑެތި ބަދަލުތަކެއް ގެނައުމާއި ޒަމާނީ އާލާތްތަކަށް އަހުލުވެރި ލަޝްކަރެއްގެ ގޮތުގައި ދެމިތިބުމަށް ސިފައިންނަށް އުގަންނާދިނުމުގެ ސިލްސިލާ ތަމްރީންތަކާއި ކޯސްތައް މިދިޔަ އަހަރުން ވަނީ ކުރިއަށް ގެންގޮސްފައިކަން ވެސް ފާހަގަކުރައްވާފައެވެ.

މިދިޔަ އަހަރަކީ ސިފައިންނަށް ރައްޔިތުންގެ ލޯތްބާއި އިތުބާރު ލިބުނު އަހަރެއް ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

"އެހެންކަމުން މިއަދު ސިފައިން ފެންނަނީ ޕްރޮފެޝަނަލް ފޯސް އެއްގެ ގޮތުގައެވެ. ސިޔާސީ ނުފޫޒުން ދުރުގައި ތިބި ބައެއް ކަމުގައި ތިޔަބޭފުޅުން ތިކޮށްދެއްވާ ހިދުމަތްތައް ހެޔޮ ހިތުން ބަލައިގަންނަމެވެ. އަޅުގަނޑުގެ ދުޢާއަކީ، މިއަހަރުވެސް ދިވެހި ޤައުމީ ދިފާޢީ ބާރުގެ ސަފުތައް އިތުރަށް ވަރުގަދަވެ، ސިފައިންގެ ހުވަޔާ އެއްގޮތަށް އަދި ރައްޔިތުންގެ ފުރިހަމަ ލޯތްބާއި އިތުބާރާއެކީ ކުރިއަށްދިޔުމުގެ ހެޔޮ ތައުފިޤް، މާތްﷲ، ދިވެހި ސިފައިންނަށް މިންވަރުކޮށްދެއްވުމެވެ." މިނިސްޓަރ ލިޔުއްވާފައިވެއެވެ.

މިދިޔަ އަހަރަކީ މުޅި ދުނިޔެއާ، ރާއްޖެ، ކޮވިޑް19ގެ ބަލިމަޑުކަމާ ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު އުނދަނގޫ އަހަރެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ކޮވިޑްގެ ސަބަބުން ދިމާވި އުނދަނގޫތަކުން އަރައިނުގަނެވި ފާއިތުވި އަހަރު ނިންމާލަން ޖެހުނު ނަމަވެސް، މިދިޔަ އަހަރަކީ ސިފައިންގެ އިޖްތިމާޢީ ޚިދުމަތް ނުހަނު ފުޅާދާއިރާއެއްގައި ހިންގި އަހަރެއް ކަމުން، އެކަމާއި މެދު އުފާކުރައްވާ ކަމަށެވެ.

ހަމައެހެންމެ ރައީސް ޞާލިޙްގެ ވަޢުދުފުޅާ އެއްގޮތަށް، ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި، ސިފައިންގެ ކޮންމެ 5 މީހެއްގެ ތެރެއިން 3 މީހަކު ވާނީ ކޮންމެވެސް ދާއިރާއަކުން ތަމްރީނުކޮށްފައި ކަމަށް މާރިޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ކޮވިޑް

  "މިހާރު ސިފައިން ތިބީ ސިޔާސީ ނުފޫޒުން ދުރުވެ، ޕްރޮފެޝަނަލް ބައެއްގެ ގޮތުގައި: މާރިޔާ"
  މާރިޔާ އަށް ސިފައިންގެ ތެރެ ދެނެގަނެވިފައިވަނީ ކިހާވަރަކަށް ތޯ؟ މާރިޔާ ކީއްވެތޯ ނުބުނީ ފިދަނަ ޗޭންޖްޑް ބޮޑަނަ އަށޭ؟ކިތައްމެ ވަރަށް ވައި ޖަހާ ގްންބޯ ހައްދަން އުޅުނަސް އަހަރެމެން ކިހިން ސަނާކިޔާނީ ޤާނޫން އަސާސީ މައްޗަށް ކޮޅުފައިން އަރާފަ ހުރި ބޮޑަނަ އަށް . ސޮރީ މާރިޔާ......

  48
  • ގ

   މިހާރު ސިފައިންނަކީ ސީދާ އެމްޑީޕީ ޕަޕެޓްސުން... އެމްޑީޕީން ކޮންމެކަހަލަ ކޮމާންޑެއް ކުރިޔަސް އެންމެން "ސަރ ޔެސް ސަރ"... އެމްޑީޕީ ބޮޑު އެކްޓިވިސްޓެއް ޑިފެންސް މިނިސްޓަރ އަށް ހުރީ... ދެން ކިހިނެތް ޕޮލިޓިކަލް ނޫފޫޒުން ދުރުވާނީ... މާރިޔާ ޕޮލިޓިކަލް ވުން ހުއްޓާލީތަ މިހެން މިބުނަނީ!! ! !

   36
 2. ގެރި މޯދީ

  ރާއްޖޭގަ އޮތް އެންމެ ހަޔާތްކުޑަ ޕާޓީގެ އެކްޓިވިސްޓަކު މިނިސްޓަރަކަށްލީމާ ސިފައިން ސިޔާސީ ނުފޫޒުން އެއްކިބާވެ ޕްރޮފެޝަނަލް ވާނެވަރު ބޭބީ ނާސަރީ ކުއްޖަކަށްވެސް މިހާރު ނުޖެހޭނެ ބުނެދޭކަށް.

  50
 3. ޕުރައިވެޓު ހަސަންޓޭ

  ދެން ފަހެ އެބޭކަލުން ތިބީ މިހާރު އެ އްކިބާ ވެފަ އި

  17
  3
 4. އާސިފާ

  އާދެ! އިންޑިޔާސިފައިންގެ އަޅުންނަށްވެ ނިމިފަ. އެމީހުންގެ ތެތްބާލާ ދިނުމުގެ މަސައްކަތް ސިފައިންނަށް އޮތީ. މަސްދަތުރު ގެންދިއުމާ މީރުކޮއްކައްކައިގެން ކާންދިނުން. ޑިފެންސް ބަޖެޓްގެ ބޮޑު ބައިވެސް އެމީހުނަށް. ވަރަށް ފައްކާ

  27
 5. ހަވާސާ އިބޫ

  ސިފައިގެ ތިޔަ މަގާމުގައި ހުންނަން ކުފޫހަމަނުވޭ ތިބޭފުޅާ ސަބަބަކީ ދިވެހިރާއްޖޭގެ ޤާނޫން އަސާގެ މައްޗައްކޮޅުފައިންއަރާ ގާނުނުހަދާ މަޖިލީހުގެ އަގުވައްޓާލާފައިވާތީ!

  28
 6. ސަންޕާ

  މާރިޔާ ދަންނަވަންތޯ އަޅުގަނޑުމެން ދުވެހި ސިފައިން މިތިބީ ތިބުނާހާފަސޭހައިން ދޫދޭ ކޮތަކަށެއްނޫން، ދިވެހި ގައުމުގެ ހައްގުގަ ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް ، މާރިޔާ އަނގަ އޮތީމަ ބޭނުން އެއްޗެއް ބުނެވިދާނެ، އަހަރެމެން މޫނަށް ކުޅުޖެހި ހަނދާން ދުވަހަކުވެސް ނުނެތޭނެ...

  28
 7. ބެއްޔާ

  ފިދަނަތައް މިޙާރު ބޮޑަނަތަކަށް ބަދަލުވީމާ ޕީޕީއެމްގެ ސިޔާސީ ނުފޫންޒުން އެއްކިބާވެ އެމްޑީޕީގެ ސިޔާސަތުގެ ތެރެއަށް ގެނެވުނީ

  21
 8. ކޮރޯނާ

  ސޭޒް ދަ ޕަރސަން ހޫ އިޒް އަ ޕޮލިޓިޝަން... މީ ވަރަށް ވާހަކަ.

  10
 9. ބޭކާރު

  ހައް ހައް... ޖޯކް އޮފްދަ ސެންޗަރީ.

  12
 10. މަސްއޫދު

  އަނެއާ ކިހިނެއްވީތޯ ސިފައިން ގާނޫނު އަސާސީމައްޗަށް ކޮޅުފައިން އެރީތޯ! ބަލަ މިހިރަ ލާދީނީ މީހާގަޑާ ފިދަނަ ތަކޭއް ޕޮރޮފިސަނަށް ވީކިނެއްތޯ ދުނިޔޭގެ ގައުމުތަކަށް ތިޔަސިއްރު ވިއްކުމުން ޑޮލަރ ލިބޭނެ! އަވަސް ކުރޭ ދެންއޮތީ ކުޑަ ދުވަސް ކޮޅެއް!

  13
 11. މަބޭ

  ސިޔާސީ އެކްޓިވިސްޓަކު އަދި އެމްއެންޑީއެފް ތެރޭ ބަގާވާތެއް.ގެންނަން އުޅުނު ދެމީހުން ޗީފްއޮފް ޑިފެންސްފޯސް އަށާ ވައިސްޗީފްއައް އައް.އައްޔަންކޮއްފަ މިބުނަނީ ސިފައިން މިހާރުތިބޭނީ ސިޔާސީކަންކަމުން ދުރުވެފަޔޭ

  11
 12. ޝޮކްތެރަޕީ

  ސިފައިންތީބީ އިންޑިޔާގެ ދަށުކޮއްފަ. މާރިޔާ މީހާރުން މިހާރައް އިސްތިއުފާ ދީ.

  15
 13. ޏ

  ކުރިން އެމްޑީޕީ މީހުން ނުފޫޒުފޯރުވަނީ މިހާރު އެމީހުނތިބީ ވެރިކަމުގަ އެމީހުނަށް ނުފޫޒުފޯރުވައި ތަންތަނުގައި ހުޅުޖަޙާނެ ބަޔަކުނެޔި

 14. ހުސޭނުބޭ

  އާނ ވަރަށް މިނިވަންވެފައި ތިއޮތީ! ފުރަތަމަ ތިއީ ސިފައިންނަށް ހުރި ހުތުރެއް!

  17
 15. ޢަފްލާ

  ﷲ ގެ އިސްމުފުޅު ލިޔެފަ އޮތް އެއްޗަކަށް ފައިންއެރީ އެއީ މިނިވަން ފިކުރު ވީމަ ޢަގީދާ ވަރުގަދަ ވީމަތަ؟

 16. އާދަމް ޝަރީފް

  ސިފައިންގެެއަކީ ސިޔާސީ ނުފޫޒު އޮންނަން ޖެހޭ ތަނެއް ނޫން އެއްގޮތަކަށް ވެސް. އެކަމަކު އެތަނުގެ ބޮޑެއްޗަށް ތިބޭ ތަރިޖެހި އުޑުގައި ތިބޭ ކަމަށް ދެކޭ މީހުން އަބަދުވެސް ސިޔާސީ ނުފޫޒު އެންމެ ވަރުގަދަ މީހުންނާ ބޮޑެތި މަހުޖަނުންގެ މުންޑުގެ ތެރެއަށް އެރި މިތިބެނީ މުއައްސަސާ ކަރުތާފެނަށް ގަންބާގެން އެމީހުންގެ ބޯހިއްކާގެން. މާރިއަތު ދީދީ އަށް ހަފްތާއަކު އެއްފަހަރު ގޮސް އޮވެވޭ ސިފައިންގެ އޮފިސަރުންތައް ގޮވާގެން މަހުޖަނު ޗަންޕާގެ އުރަވަޅިއަށް އަންޑާވޯޓާ ރެސްޓޯރަންޓުންް އާއިލާ އެންމެންނާ އެކު ގޮސް ފެންވަރުގައި ކައިގެން މަހުޖަނު ބުނާ ކަންތައް ކޮށްދީގެން މިލްކިއްޔާތު މުއްސަދި ކުރަން. ޑިފެންސް މިނިސްޓަރުކަން ގެއްލޭއިރު ލ އަތޮޅުގައި ހުރި ގެސްޓް ހައުސްގެ ބަދަލުގައި ފެންނާނީ ބޮޑު ފައިވްސްޓާ ރިސޯޓެއް. ނުފޫޒެއްވާ ނުވަންނާނެ މިވަރުގެ މީހުން ތިބެގެންނެއް.

 17. އަބްދޫ

  ވާޖިބު އދާކުރުމަށް ހުރަސްއަޅާ ހުވަޔާ ހިލާފުވާން އަމުރުކޮށްފިނަމަ ސިފައިން ތިބޭނީ ހުވަޔާއި ގައުމީވާޖިބުގަ ރައްޔިތުންގެ ހިމާޔަތުގަ.ފްބްރުއަރީ 2012 ގަވެސް ސިފައިންތިބީ ގައުމާއިރައްޔިތުންގެ ހިމާޔަތުގަ ގައިރުގާނޫނީ އަމުރަށް ތަބާނުވުމަށް ގާނޫނުއަސަސީގަ ބުނެފައިވާތީ އެގޮތުގެ މަތިން ގާނޫނުއަސާސީގެ ހިމާޔަތުގަ.މިއދުވެވެސް ސިފައިންތިބީ ގާނޫނުއަސާސީގެ ހިމާޔަތުގަ. ގާނޫނުއަސާސީގަޑުބަޑުކޮށް ބާރުތައް އތަށް ނަގައިފިކަމަށްލިޔެ ގާނޫނުއަސަސއަސް އަމަލުކ ނުކުރާކަމަށް އިއުލާންކޮށްފިނަމަވެސް ސިފައިންތިބެނީ ގާނޫނުއަސަސީ ގެ ހިމަޔަތުގަ. އޯޑަރުގެ ފަހަތަކު ނޫން.އަމުރުވެރިން ސިޔާސީ ވިޔަސް ސިފައިން ސިޔަސި އެއް ނުވާނެ.