ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އުޅަނދަކުން ތިލަފުށީ ފަޅުތެރެއަށް ކުނިއެޅުމާއި ގުޅިގެން އެންވާރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެ މައްސަލަ ބެލުމަށްފަހު ވެމްކޯ 1.1 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ދިވެހިރާއްޖޭގެ ތިމާވެއްޓާއި ބެހޭ ޤާނޫނުގައި ރާއްޖޭގެ ތިމާވެއްޓަށް ގެއްލުން ލިބޭގޮތަކަށް ރާއްޖޭގެ އެއްވެސް ތަނަކަށް ކުނި ނުވަތަ ތެޔޮ ނުވަތަ ވިހަ ގޭސްފަދަ އެއްޗެއް އުކާލައިގެން ނުވަތަ އަޅައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެޤާނޫނުގައި ބަޔާންކުރެވިފައިވާ ތަކެތީގެ ތެރެއިން ކޮންމެހެން އުކާލަންޖެހޭ ތަކެތިއުކާލަންވާނީ ނުވަތަ އަޅަންވާނީ ސަރުކާރުން އެކަމަށް ކަނޑައަޅާ ތަންތަނަށް ކަމަށާއި އެފަދަ ތަކެތި އަންދާލައިގެން ނައްތާލާނަމަ އެކަން ކުރަންވާނީ މީހުންގެ ސިއްހަތަށް ގެއްލުން ނުވާގޮތަށް އެކަށީގެންވާ ރައްކާތެރިކަމާއެކުގައި ކަމަށް ބަޔާންކޮށްފައިވެއެވެ.

ތިލަފުށީ ފަޅުތެރެއަށް ވެމްކޯއިން ކުނި އެޅުމާއި ގުޅިގެން އެ ކުންފުނި ޖޫރިމަނާކޮށް، އީޕީއޭއިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ވެމްކޯގެ ކުނި އުފުލާ އުޅަނދު ފަހަރުން މޫދަށާއި ފަޅުތެރެއަށް ކުނި އަޅާފައިވާ މައްސަލަތަކެއް އެ އޭޖެންސީއަށް ތަކުރާރުކޮށް ހުށަހެޅިފައިވާ ކަމަށެވެ.

އެގޮތުން ލޭންޑިންގް ކްރާފްޓަށް ކުނި ބަރުކުރުމުގައި މޫދަށް ކުނި އެޅޭ މައްސަލައާއި، އުޅަނދަށް އަޅާފައިވާ ކުނި ކަވަރުނުކޮށް ކުނި އުފުލުމުގެ ސަބަބުން މޫދަށް ކުނި އެޅޭ މައްސަލަ އަދި އުޅަނދު ފަހަރުން ތިލަފުއްޓަށް ގެންދާ ކުނި އަންލޯޑު ކުރުމުގައި ފަޅުތެރެއަށް ގިނަ އަދަދަކަށް ކުނި އެޅޭ މައްސަލަތައް އެ އެޖެންސީން ކުރިއަށްގެންދާ ރޭންޑަމް އިންސްޕެކްޝަންތަކުންވެސް ފާހަގަކުރެވިފައިވާ ކަމަށް އިއުލާނުގައި ވެއެވެ.

ވޭތުވެދިޔަ 4 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އެކިފަހަރު މަތިން މިކަމާ ގުޅޭގޮތުން ވެމްކޯއަށް ސިޓީ ފޮނުވާފައިވާ އީޕީއޭއިން ބުނެފައިވެއެެވެ.

އީޕީއޭއިން ބުނީ ވެމްކޯގެ ކުނި އުފުލާ އުޅަނދު ފަހަރުން މޫދަށާއި ފަޅުތެރެއަށް ކުނި އަޅާފައި ވާތީ އާއި ކުނި އުފުލުމުގެ މަސައްކަތްކުރުމުގެ ތެރޭގައި މޫދަށް ކުނި އެޅުމަށް މަގުފަހިވާގޮތަށް އަމަލުކުރަމުން ދިޔުމާ ގުޅިގެން، އެކަންކަން އިސްލާހުކުރުމަށް ތަކުރާރުކޮށް އަންގައިފައިވަނިކޮށް އިސްލާހުކޮށްފައި ނުވާތީވެ، އެ ކުންފުންޏަށް އަޅާ އިސްލާހީ ފިޔަވަޅެއްގެ ގޮތުން ޖޫރިމަނާގެ ގޮތުގައި ތިމާވެއްޓާއި ބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ކުނި މެނޭޖުކުރުމާއި ބެހޭ ގަވާއިދުގެ ދަށުން އަދި ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން -/1,128,750 (އެއްމިލިއަން އެއްސަތޭކަ އަށާވީސްހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާއިން އެކުންފުނި ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ޖޫރިމަނާގެ ފައިސާ އިން އިއްޔެ ފެށިގެން ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދެއްކުމަށްވެސް އީޕީއޭއިން ވަނީ ވެމްކޯގައި އެދިފައެވެ.

ބޮޑު އަދަދަކުން ވެމްކޯ ޖޫރިމަނާ ކުރި މައްސަލައިގައި އަދި ވެމްކޯ އިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ފޮނި

  އީޕީއޭގަ އުޅޭ ނައީމްބެ އަށް ޖޫރިމަނާ ކުރަން އެނގެނީ ސަރުކާރު ކުންފުނިތަކާ ސަރުކާރު އޮފީސްތައް އެކަނި. ޒާތެއްގެ ރީނދޫ ގޮތްގަނޑެއް ހުންނަ މީހެއް އަބަދުވެސް. ދައުލަތުގެ އިދާރާތަކަށް ޒަމާނުއްސުރެ މީނަ ހިތުގަ އޮންނަ ނަފުރަތު ވެރިކަން ބަދަލުވިއަސް އޮވޭ. ޓޫރިސްޓް ރިސޯޓްތަކާ ސަފާރީތަކުން މުދަށާއި ކަނޑަށް އުކާލާ ކުނި މީނަ އަށް ފެންނަ ކަމަކަށް ނުވޭ.

  14
  1
 2. ޔޫ ޓޫ މީ ޓޫ

  ތީ ކާކުގެ ޖީބަކަށް ދާނެ ލާރި ކޮޅެއްތޯ؟

  13
 3. Happy

  ތި ދެން ތަނޮކޮޅެއް ބޮޑުވަރު! އީޕީއޭ އަށް ފެންނަނީ ވެމްކޯ އެކަނިތަ! ފަޅުތެރޭގައި އަޅާފައިވާ އުޅަދުތަކުން އެހެރާ އަޅާހާ ކުނިޏޯ.. އދި މާލެ ހުޅުމާލެ ތެރެޭގައި ދެއވާ އުޅަދުތައް ކުނިއުފުލަނީ އީޕީއޭ ގެ ގަވާއިދާ ހިލާފަށް. ކަމެއް ނުކުރެވޭ ފިޔަވަޅެއްނޭލޭ!!

  15
 4. ސިކުނޑިބޭގެ މަރުމޯލު

  ތިފުއްޓަކީ އުފެދުމުގައިވެސް" ކުނި" ދެން އެތަނަށް ކުނި އެޅީ މަ ޖޫރިމަނާ ކުރަންވީ ކީވެ ކަމެއް ނުވިސްނޭ ؟ އެޗް ޕީ އޭ އަށް ތިލަފުށި ފެނުނީވެސް މީ ހަކު ކުނިއަޅާ ތިލަފުއްޓަކަށް ހެދިފަހުން..

 5. ާި އަހުމަދު

  ތިޔައް ކިޔާނީ ކަނާތު ޖީބުން ނަގާފަ ވާތުޖީބައް ލުން.

 6. ފަޒުނާ.

  ބިންދާލުމުގެ ސަބަބުން ތިހިރީ މީހުންގެ ނާތަހުޒީބުކަން އަދިވެސް އެބަކިޔައ އެއްނު ބުރިޖޭ ބުރިޖަކީ ބިންފުރި ބާރުވީމަ ދެން އިތުރަ އް ފަސޭހަ ޔަކަ އް އަޅާ އެއްޗެ އް އައޢްޑޫގަ އެބަ އޮތް ބިން ދުވަހަކު އަދި ބުރިޖުޢަޅާކަ އް ނުޖެހޭ އެފަދަ އިސްރާފެ އް ސަރުކާރުން ނުކުރާތި

 7. ޔޫޕެ

  އީޕީއޭ ނައިންބެ އިގޭނީފިސްފިސް ލައްވަން މިހާރުވެސް މާރުކޭޓް ސަރަހައްދު ކަޑާހުރިހާ މަހުގެ ކަރުގޮހަރު އަޅަނީ އެތާގެފަރުމައްޗަ ކީވެ ޒޫރިމަނާ ކުރައްވީރު މިކަންތްއް ނުވަންޔާ އިސްތިއުފާ ދީފައް ގެއައް ވަޑައިގަނައް ވީނުން ކުރީގައި ވެސްތިތާގާވެސް ހުރީނައިންބެ

 8. ކަނބުލޮ

  ކަލޯ ލާރިގަނޑެއް ޖަހާލީދޯ ސާބަހޭ....