ވެރިރަށް މާލެ ސިޓީ ނެގުމަށް ފަހު ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސަރަހައްދު ކަމުގައިވާ އައްޑޫ ސިޓީއިން ފެންނަނީ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަރައްގީ ކަމަށް އެ ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި އައްޑޫ ސިޓީގެ ތަރައްގީއާ ގުޅޭ ގޮތުން ލިޔުއްވާފައިވަނީ، އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ލަތީފް ދެއްކެވި ވާހަކައަކާ ގުޅިގެން އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވަނިކޮށެވެ. އަދި އައްޑޫގެ ތަރައްގީއާ ގުޅޭ ގޮތުން ވާދަވެރި ދެ ޕާޓީގެ މެދުގައި ޓްވީޓާގައި ބަހުސެއް ފެށިފައި ވަނިކޮށެވެ.

ފަނޑިޔާރު ކަމާއި ވަޒީރުކަން ކުރައްވާފައިވާ ކުރީގެ ނައިބު ރައީސް ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ކޮންމެ އިންތިޚާބަކަށް އެމްޑީޕީން ޖަހަނީ އެއް ލަވައެއް ކަމަށާއި އެކަމަކު އެމްޑީޕީ އިސްވެ އުފައްދާފައިވާ މި ސަރުކާރު އައި ފަހުން ހިނގައި ދިޔަ ދެ އަހަރު ގައުމު އިތުރަށް ފަގީރުވެފައިވާ ކަމަށެވެ. ވެރިކަމާއި ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބުނަސް އައްޑުއަށް އެންމެ ލާރިއެއް ވެސް ލިބިގެން ނުދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑުއަށް ތަރައްގީއެއް ގެނެވިފައި ނުވާއިރު އައްޑުއަށް އުފަން އެމްޑީޕީގެ ވަރުގަދަ ސިޔާސީ ޝަހްސިއްޔަތުންނަށް ވަޒީފާ ނޫނީ އެމްޑީޕީގެ އިސް މަގާމެއް ވެސް ދީފައި ނުވާ ކަމަށް ޖަމީލް ވިދާޅުވިއެވެ. އެކަމަކު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ އާއިލާއަށް ހުރިހާ މަގާމެއް ދީފައިވާއިރު ޕާޓީގެ ބޮޑުންނާއި މަޖިލީހުގެ އިސް މަގާމުތައް ވެސް ދިނީ ރައީސް ސޯލިހްއާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލާގެ ބޭފުޅުންނަށް ކަމަށް ވިދާޅުވިއެވެ.

"އެންމެ މަޤާމެއް ވެސް އައްޑޫ ރައްޔިތަކަށް ނޫނީ އާންމު މީހަކަށް ދުލެއް ނުކުރި. އައްޑޫ އިން ފެންނަން އޮތީ ރައީސް ޔާމީންގެ ތަރައްޤީ. އެމްޑީޕީގެ ހަމައެކަނި ރަމްޒަކީ ވީރާނާކުރުމާއި [އައްޑޫގައި އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އިން ހިންގާ] ފްލައިން ސްކޫލް." ޖަމީލް ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

ޖަމީލް މިހެން ވިދާޅުވިއިރު، އައްޑޫގެ މޭޔަރު ކަމަށް ވާދަކުރައްވާ ލަތީފް ވިދާޅުވެފައިވަނީ އޭނާއަށް މޭޔަރު ކަން ލިބިވަޑައިގެންފިނަމަ، އައްޑޫގައި ގާއިމް ކުރަމުންދާ ފުލުހުންގެ ތަމްރީން މަރުކަޒު ނުވަތަ ޕޮލިސް އެކަޑަމީ ބަދަލު ކުރާނީ ގެސްޓް ހައުސްއަކަށް ނުވަތަ ސިޓީ ހޮޓަލަކަށް ކަމަށެވެ. މިއަށް ފާޑުވިދާޅުވެ މޭޔަރު ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަދި މަޖިލީހުގެ ކުރީގެ މެންބަރު އަލީ ނިޒާރު ވިދާޅުވީ ގަމުގައި ހުންނަ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ދުވާ ޓްރެކަކަށް ބަދަލު ކުރުން ފަދަ ވައުދެއް ވެސް ޕީޕީއެމް އިން ވެދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޔާމިން

    ސަޅި ވަރައްސަޅި ވާހަކައެއްޑރ ޖަމީލް ތީގައުމްދެކެލޯބިވާފަރާއްތަކަކީ

    19
    8
  2. ނަޝީދު

    އަލުގަޑުވެސް މިހާރުތާއިދު ކުރަން ޔަމިންކޮއްދެއްވާފާކަންކަމައް

    21
    7
    • ވަރަށް ވެދުން

      ރައީސް ޔާމީންފަދަ އަވަހަށް ތަރައްޤީ ކުރި ވެރިއަކުދެން މިރާއްޖެއަކަށް މީންދުވަހަކު ނުލިބޭނެ.

      #ގަމާރުދިވެހިން

      3
      1
  3. ފަޒުނާ

    ތެދެއްއެއީ ޔާމިން ވަރުގެވެރިއެއް އަޅުގަޑުވެސްނުދެކެން

    21
    10
  4. ޓްރަންޕު

    ޔޯ ސައުންޑް ސީމްސް ގުޑް ތޭންކްސް

    8
    3
  5. ޔާމިންޒސަޒަ[=

    އައްޑޫމީހޫން މިހާރު ގަބޫލްކޮއްފި އަލްހަމްދުﷲ

    15
    7
  6. އަލި ބޭ ބޭ

    އަހަރެން ގެ ތާ އިދު ވެސް ބޮނޑި ބަތަ އް!

    5
    12
  7. ސޯލިހް

    އަދިވެސް މަސައްކަތްކުރާނަން ބޯކާލެވެތޯ އެކަމަކު އެކަންވެސްނުވާނެކަންއެގޭ

    8
    2
  8. ބޮކި

    ޖަމީލޫ ކޮބާތޯ އައްޑޫގައި އަޅަންބުނި މަސް ފެއްޓަރީ ؟؟؟

    7
    3
  9. ހިކަންޖެއް

    5 އަހަރުތެރޭ 200 އެއްހާ ފަޅުރަށް ވިއްކާފަ ބޭރުން ދަރަންޏަށް ތިރީހަކަށް ބިލިއަން ނަގާފަ ޓެކުހަށް ނެގި އެތައް ބިލިއަނަކާއެކީ 200 ބިލިއަނެއްހާ ރުފިޔާ ހޯދިއިރު ވަގަށްނެގި ފައިސާނުލާ ދެންހުރި އެއްޗަކުން 5 އަހަރުތެރޭ އައްޑޫގެ 15 ރަށުގަ ހިންގިކަމަށްބުނީ 1 ބިލިއަން ރުފިޔާގެ މަޝްރޫއު. އެވަރުންވެސް އިގުތިސޯދީ މާހިރޭ ކިޔައިގެން އައްޑޫ ބައެއްމީހުން ވޯޓުދިން.

    9
    16
  10. ބާރީބެ

    ޙަޤޤޤަތުގައި ޑރ ޖަމީލަކީ ވަރަށް އިޚްލާސްތެރި ބޭފުޅެކެވެ. ރިޝްވަތާ ނުފޫޒުން ޕީޕީއިންނާއި ނައިބު ރައީސްކަމުން ބޭރުކޮށްލުމުންވެސް ދެވަނަ ފަހަރަށް ރައީސް ޔާމީންގެ ހިމާތަތުގައި އެންމެ ބޮޑަށް އަޑުއުފުއްލަވާ މަސައްކަތް ކުރައްވަނީ ހަމަ ޖަމީލެވެ. ނަމަވެސް ޕީޕީ ގައިވެސް ޑރ ޖަމީލާ ޙަސަދަވެރިވާ ތަޢުލީމެއްނެތް ނުފޯރާފޮތުން ފޫގަޅައިގެން އުޅޭ ބަޔަކު އެބަތިއްބެވެ. އެއީ އަދީބުގެ ފައިސާގަނޑުގައި ޖެހިފައިތިބި މީހުންނެވެ. ނަމަވެސް ރައީސް ޔާމީނަށް ޑރ ޖަމީލުގެ ރަގަޅު އިޚްލާސްތެރި ދީންވެރި އަދި ޢިލްމުވެރިކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާތީ އެމަނިކުފާނުގެ ދިފާޢީ ވަކީލަކަށާައި ޕީޕީ ގެ އެޑްވައިޒަރަކަށް ގެންނެވީމެވެ. ޙަޤޤޤަތުގައިވެސް ޑރ ޖަމީލަކީ 2013 ގައި ރައީސް ޔާމީން ވެރިކަމަށް ގެންނަން އެންމެ ބޮޑަށް މަސައްކަތްކުރެއްވި ބޭފުޅާއެވެ. މިވާހަކަ މިބުނީ ވަރަށް ގާތުން އެމަސައްކަތްތައް ދެކިފައިވާ މީހެއްގެ ހައިސިއްޔަތުނެވެ.

    8
    2
  11. ފަޒުނާ

    ވަރައްއިހުލާސްތެރިވެރިއެއް ރ،ޔާމިންއަކީ ވީސެލިއުޓް ހިމް

    11
    2
  12. ޝޮކްތެރަޕީ

    އެމްޑީޕީގެ ތަރައްގީ އަކީ ރައްޖެ ފުނޑާލުން. ޤައުމު ފަސާދަކުރުން

    13
    3
  13. އަބްދޫ

    އެމްޑިޕީ ން ގައުމުގަ ކުރަމުންދަނި ހަލާކު ކުރުމުގެ މަސައްކަތް. މަގުތަކާ ބްރިޖްގަ ހުރި ބްރޭކްތައްވެސް ނަގާ އުކާލި ތަންތަން ވީރާނާ ކޮށްލުން އެމްޑިޕީ ގެ އަމަޒު ފެބްރުއަރީ 8 ތަންރޯކުރުމަކީ އެމީހުންގެ އަސްލު ސިފަ.

    12
    2
  14. ތަނބު

    މީނަ މިތަޅާ ކޮސް ކަލޭމެން ލިޔަންތަ، މީނަ ދަންނަ މީހުން މާލޭސަރަހައްދުގައި ނެތްކަން އެނގޭނެ ، އެހެންވީމާ މިހާރު އެދައްކަނީ ތަންކޮޅެއް ދުރުހިސާބެއްގެ ވާހަކަ.

  15. މާވަޑި ފަލާހު

    މީތާ އަދުރޭބުނާ ބޮޑުބާޒަކީ، މިދުވަސްކޮޅު އަޑުގަދަކޮށް ހަޅޭލަވާމިހަދަނީ ރިޔާސީ ޓިކެޓްގެ ދަހިވެތިކަމުގަތާ، އަދުރޭ ބުނަނީ ރައީސްޔާމީނުގެ އަޑި ކަނޑުގެ އަޑިފަދައިން ނޭގޭނެކަމައް، މިހާރު މިމީހުންގެ ބޭނުންކޮށްގެން އަޑުގަދަކޮށް ސަރުކާރަށްޖެއްސުންކޮށް ހަމަ ޔާމީނުސަލާމަތްވެ ބާރެއްލިބޭދުވަހަކު މިވެރިންނަށް ހަމަކުރިންވެސް ޖެއްސިހާލުޖައްސާލާނެކަމަށް ހަހަހަހަހަހަ

  16. Anonymous

    ޖަމީލު ހޭބަލިވެފަތަމިހިރީ އެހެންވެ ބުނަނީ ސިޔާސީމީހުން ލޯއަދިރިވާނެޔޭ