ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުންދާ ގއ. ދެއްވަދޫގެ ރައްޔިތުން ބޯފެނަަށް ޖެހިދާނެ ކަމުގެ ބިރުވެރިކަން އެބަ އޮތް ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގު ވިދާޅުވެއްޖެއެވެ.

ދެއްވަދޫއިން މިހާތަނަށް 24 މީހަކު ބައްޔަށް ފައްސިވެފައިވާއިރު އެރަށަށް އަރައި ފޭބުން ވެސް ވަނީ މަނާކޮށްފައެވެ.

ރަށުގެ ހާލަަތު ބަޔާން ކޮށްދެމުން ކައުންސިލްގެ ރައީސް ތައުފީގު "ވަގުތު" އަށް ވިދާޅުވީ އެރަށުން ބޯފެނާއި ކަނޑުމަސް ހުސްވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށެވެ. އަދި ހަފްތާއެއް ތެރޭގައި މުޅު ރަށުން ބޯފެނާއި ކަނޑުމަސް ހުސްވާނެ ކަމަށް ވިދާޅުވިއެވެ.

ތައުފީގު ވިދާޅުވި ގޮތުގައި ކައުންސިލުން މިހާރު ވަނީ މިފްކޯ އާއި އެމްޑަބްލިއުއެސްސީގެ އެހީތެރިކަމަށް އެދިފައެވެ.

"ކައުންސިލުން ވަނީ މިފްކޯ އާއި އެމްޑަބްލިއުއެސްސީގެ އެހީތެރިކަމަށް އެދިފައި. އެ ޕްރޮސެސް ހިނގަމުން ދަނީ" ތައުފީގު ވިދާޅުވިއެވެ.

އެ ރަށުގައި ކަނޑުމަހާ ފެނާ ހުރީ ވަރަށް މަދުން ކަަން އޭނާ ވިދާޅުުވިއެވެ. އަދި އެކަމުގެ ދަތިކަން ރައްޔިތުންނަށް ކުރިމަތިވަމުންދާކަން ފާހަގަކުރެއްވިއެވެ.

ދެއްވަދޫއިން ވަނީ މިއަދު އިތުރު އަށް މީހަކު ކޮވިއްޑަށް ފައްސިވެފައެވެ. މިއާއި އެކު އެރަށުން ވަނީ ޖުމްލަ 24 މީހަކު ބައްޔަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    ފޮނި ވާހަކަނުދައްކާ ތި މައްސަލާގައި ޑިޒާސްޓަރ މެނޭޖްމަންޓާ ގުޅާ! އެއްކުޅަނދު މަދު ކައުސިލެއްތަ ތިއީ!

  2. ޑައިވަރޭ

    ވާރޭވެސް ނުވެހެނީތަ؟

    3
    1
  3. ބަހާ ދުރު

    އެ ރަށު މީހުންނަށް ބޭނުން ވަނީ ކޮން ކަހަލަ މަހެއް ކަން ސާފުކޮށް ދިނުމަށް ކައުންސިލަށް އަންގާފައިވަނީ

    • މޯދީ

      މަތިމަސްތަ؟

      2
      2
  4. ރައްޔިތުން

    ފެނަށް ޖެހޭ ރަށްރަށަށް ސަރުކާރުން ފެން ފޮނުވާނެ. އެކަމަށް ފެން ބޯޓެ އް އޮވޭ. މަޢުލޫމާތު ހޯދަ އިގެން ފޯމް އަވަހަށް ފޮނުވާ ފެން ގެންނާނެ. ބޯޓް އަންނަންވާ އިރަށް ތާނގިތަށް ދާފުކޮށްލާ