ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުން ކުރާ ވެކްސިން މި މަހުގެ ތެރޭގައި ރާއްޖެއަށް ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓަރ ނަސީމް މިގޮތަށް ވިދާޅުވެފައިވަނީ ރާާއްޖޭގެ މީޑިއާއެއް ކަމަށްވާ "ހުރިހާ" އަށް އިންޓަވިއު ދެއްވަމުންނެވެ.

ނަސީމް އާއި ހަވާލަދީ އެނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް މިމަހުގެ ތެރޭގައި ރާއްޖެ އަށް ލިބޭނެއެވެ. ނަމަވެސް ފުރަތަމަ ލިބޭނީ ކޮން ބައެއްގެ ވެކްސިނެއް ކަމެއް އަދި މުޅިން ނިންމާފައި ނުވެއެވެ. ފުރަތަމަ ޝިޕްމެންޓްގައި ކޮވިޑް-19 ގެ ވެކްސިން ހޯދުމަށް އުފައްދާފައިވާ ގްރޫޕް "ކޮވެކްސް" މެދުވެރިކޮށް ރާއްޖޭގެ އާބާދީގެ 20 އިންސައްތަ ބޭނުންވާ ވެކްސިން ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެނޫހުގައި ވަނީ ބުނެފައެވެ.

"ކޮވެކްސްގެ ތެރެއިން ވެސް ލިބޭނެ ވެކްސިން އެބައުޅޭ. އަޅުގަނޑުމެން އޯޑަރު ދިން އެހެން ވެކްސިން ވެސް އެބަ އުޅޭ. މިހާރު އެސްޓްރާ ޒެނެކާއަށް ވެސް އޯޑަރު ދީފައި ވަނީ" ނަސީމް ވިދާޅުވެފައިވެއެވެ.

ވެކްސިން ގަތުމަށް ދިވެހި ސަރުކާރުން ސިންގަޕޫރުގެ "އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ އެލްޓީޓީޑީ" އާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ލިބޭ ވެކްސިންގެ 17 ޕަސެންޓް ޖެހުމަށް ހަމަޖެހިފައިވަނީ 50 އަހަރުން މަތީގެ މީހުންނާއި ކޮވިޑް-19 ގެ ނުރައްކާ ބޮޑު މީހުންނަށެވެ. އަދި ވެކްސިންގެ ތިން އިންސައްތަ، ސީދާ އަދި ނުސީދާ ގޮތުގައި ބަލިމީހުންނަށް އެހީތެރިވާ މީހުން އަދި ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށް އެހީތެރިވާ މީހުންނަށް ދިނުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރުން އެޗްއީއޯސީން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން، ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުންނަށް ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ މީހުން، ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ވެސް ވެކްސިން ދިނުމުގައި އިސްކަންދޭނެ ކަން ވަނީ ހާމަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މާނާ

    ކޮވެކްސް މެދުވެރިކޮށް ލިބޭ ވެކްސިން އެންމެ ފުރަތަމަ ޖަހަންވާނީ ހެލްތު މިނިސްޓަރ. ޢޭގެ ފަހުން އެހެން މީހުންނަށް ދޭންވާނީ.

    52
    1
  2. އަބްދޫ

    އިންޑިޔާގަ ޖަހާ ފޭކް ވެކްސިން ރާއްޖެއަށް ބޭނުމެއްނޫން. އެއީ ނަތީޖާ 85 % ވެސް ނުދައްކާ ވެކސިނެއް.

    43
  3. ހުސޭނުބޭ

    ކކަލޭ ކާފައި ބާކީވިއްޔާ ލިބޭނެ!

    33
    4
  4. ޏ

    އެންމެ ފުރަތަމަ އިންޖެކްސަން ޖަހަންވާނީ ނަޝީދުއަށް. ޓެސްޓް ކޮށްފަ ދިވެހި ރައްޔިތުންގެ ގަޔަށް ޖަހަނވާނީ

    52
    2
  5. ނަސީ ދައްތަ

    ފުރަތަމަ ޖަހާނީ އިދިކޮޅު ބޭކަލުންނަށް

    12
    37
  6. ބޭކާރު

    އިންޑިއާއިން ގެންނަ ވެކްސިން ޖަހާނެ ބަޔަކު މިގައުމަކު ނެތް.
    ގަދަކަމުން އިންޑިޔާގައި ހަދާ ވެކްސިން އަހަރުމެންގަޔަށް ޖަހަންޖެހޭނީ.

    22
    1
  7. މަނިކު

    އެންމެ ފުރަތަމަ ޖަހާނި ނަސީދައްތައަށް

    19
    2
  8. ސަލާ

    މޮޅުވާހަކަ ދައްކާނެ ތިބެގެން. އެންމެފަހުން ލިބޭނީ އަދި ގަންނާންވެސް ޖެހޭނީ އިންޑިޔާގެ ފަޑުއްކަ ވެކްސިން. ގަބޫލުކުރިޔަސް ނުކުރިޔަސް މިހާރު އެއްވެސް ކަމެއްގައި އިންޑިޔާ ނުރުހޭގޮތަށް އެކަމެއް ނުކުރެވޭނެ. ސިންގަޕޫރު މަގުން ނުވަތަ އެމެރިކާ މަގުން އަޔަސް އަންނާނީ އިންޑިޔާގެ ވެކްސިން. ތިގޮތަށް ވަރަށް ސިއްރު ސިއްރުން އެއްފަަހަރެއްގައި މިބޭފުޅާ އިޒްރޭލަށްވެސް ދިޔަކަމަށްވަނީ. ވަރަށް ސަލާމް.

    5
    3
  9. ސްޖިޕަރ

    ދޮގު..ހަމަ ސީދާ ކަނޑައެޅިގެން ދޮގު.. މަބުނީތީ ބަލާތި..

    5
    3
  10. ހަސަން

    ފޭކު ވެކްސިން އަށް މިލިއަނުން ފައިސާ ހަރަދު ކޮށްގެން ކޮންމެހެން އަހަރެމެންނަށް ޖަހަން އުޅޭނެ ކަމެއް ނެތް. ރޯމާ ދުވާލު ވައްކަން.

    6
    2