އއ.އުކުޅަހު، މޫދުގައި ކައިޓް ސާފް ކުރަނިކޮށް ވެއްޓި، ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ އެ ރަށުގެ އިރު އިތުރު ފަރާތު މޫދާއި ދިމާލުގައި ހިލައިން ޖަހާފައި ހުރި ރިވެޓްމެންޓްތަކުގެ މައްޗަށް ވެއްޓިގެންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 30 ވަރަކަށް އަހަރުގެ އެ ޒުވާނާއަށް އެރަށު ސިއްހީ މަރުކަޒުގައި ދަނީ ފަރުވާދެމުންނެވެ.
އަނިޔާވެފައި ވަނީ 30 ވަރަކަށް އަހަރުގެ ފިރިހެނަކަށެވެ.
އެރަށު ކައުންސިލް ނައިބް ރައީސް ވިދާޅުވީ، އޭނާއަށް ފުދޭވަރަކަށް ބޮޑަށް އަނިޔާ ލިބިފައިވާކަަމަށެވެ.
"އަނެއްހެން ބުނާކަމުގައިވަންޏާމުން ނިއްކުރިއާ ދިމާލުން ވަރަށް ބޮޑަށް ކަނޑައިގެން ގޮސް، ހަންގަނޑު މޫނުމައްޗަށް ވެއްޓޭ ކަހަލަ ގޮތަކަށް ކަަމަށްވަނީ، އަދި އޭގެ އިތުރުން ދެ ފަޔަށްވެސް ވަރަށް ބޮޑަށް އަނިޔާވެފައި ކަމަށް ވަނީ".
އެރަށުން ވާހަކަދެއްކި މީހަކު ބުނީ، އެ ޒުވާނާގެ ފައިބިންދައިގެން ގޮސްފައިވާކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. އަދި އޭނާގެ އަތައްވެސް ގެއްލުން ލިބިފައިވާ ކަމަށް އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.
“ފުދޭވަރަށް އަނިޔާ ވުން “
ފުދޭވަރަކަށް އަނިޔާ ލިބިފަޔޭ މީ ކޮން ގޮތަކަށް ބޭނުންކޮށްފަ އޮތް ބަހެއްބާ! ހީވަނީ އެ ލިބުނު އަނިޔާ އަކީ ކޮންމެހެން ލިބެން ޖެހޭ އެއްޗެއް ހެން .އެހެންނާ ފަހެ
"އެރަށު ކައުންސިލް ނައިބް ރައީސް ވިދާޅުވީ، އޭނާއަށް ފުދޭވަރަކަށް ބޮޑަށް އަނިޔާ ލިބިފައިވާކަަމަށެވެ." އަހަރުމެން ވާހަކަ ދައަކާއިރާ ލިޔާއިރުވެސް ސަމާލުކަން ދޭން އެބަޖެހޭ. ކޮބައިތަ ފުދޭވަރަކަށް ބޮޑަށް އަނިޔާ ވުމަކީ؟؟ ފުދޭވަރަކީ ހިތްހަމަ ޖެހޭވަރުތަ؟؟
އެ ވެދާނެ ނައިބް ރައީސް ވިދާޅުވި ގޮތަށް ލިޔެފަ އޮތީކަމަށްވެސް. ކޮމާ ކޯޅިއަކަށް ނުލާ ވިޔަސް.
ޔާﷲއެޒުވާނާއަށް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވައި ފާންދޭވެ. އާމިީން
ފުދޭ ވަރޭ؟ ހީވްނީ މިއަނިޔާ މިވަރަށް ލިބިގެން ބަޔަކު ހިތްފުރި އުތުރޭހެން...އަނިޔާވި ޒުވާނާއަށް އަވަސް ޝީފާއެއް ދެއްވާށި! ޢާމީން.
އެރަށުގެ ސިއްހީ މަރުކަޒުން ފަރުވާ ނުދެވިގެން އޭނާ ވަނީ ރަސްދޫ އައް ގެންގޮސް ފަރުވާ ދީފަ އެވެ. މިހާރުދެން ސަރުކާރުން ވެއްޖެ އެއްނު ރައްރަށުގެ މަރުކަޒުތައް ރަނގަޅުކުރަން!! ކައުންސިލަރުން ބަނޑުއެޅުވުން ހުއްޓުވަން!!
ރައްޔިތުންނަށް އަޅާލަން!!
މީހަމަ މުޞީބާތުން ފުރިގެންވާ ސަރުކާރެކެވެ.