ގދ. އަތޮޅު ފަޅު ރަށެއް ކަމުގައިވާ، ހުޅުވާރުލުގައި ވަޅުލައިގެން އުޅެނިކޮށް 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުވާކޮށްފައިވާ ފަސް މީހުންގެ މައްސަލަ ގދ. ގައްދޫ ކޯޓުން ބޭރުކޮށްލި މައްސަލަ އިސްތިއުނާފް ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވިދާޅުވެއްޖެއެވެ.

މި މައްސަލަ ގައްދޫ ކޯޓުން ބޭރުކޮށްލީ ދެ ދައުވާ ކުރަން ގާނޫނުގައި ބަޔާން ކުރާ މުއްދަތު ހަމަވި ފަހުން މައްސަލަ ކޯޓަށް ހުށަހެޅުމުން ކަމަށް ބުނެއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ނުކުރި ނަމަވެސް އެކަމަކު އެކަމާ ގުޅިގެން އަޅަންޖެހޭ އެހެން ފިޔަވަޅުތައް ދިރާސާކުރަމުން އަންނަ ކަމަށެވެ.

ގދ. ހުޅުވާރުލުމުގައި 149 ކިލޯގެ މަސްތުވާތަކެތި ވަޅުލި މައްސަލައިގައި ފަސް މީހެއްގެ މައްޗަށް ދައުވާކުރިއެވެ. އެންމެ ފުރަތަމަ ދައުވާކޮށް މި މައްސަލަތައް ހުށަހެޅީ ކްރިމިނަލް ކޯޓަށެވެ. އެ ކޯޓުން ދައުވާތައް ބޭރުކޮށްލީ އެ މައްސަލަ ހުށަހަޅަން ޖެހޭޏީ ކުށުގެ އަމަލު ހިނގި ސަރަހައްދުގެ ކޯޓަކަށް ކަމަށް ބުނެއެވެ.

އެ މައްސަލާގައި ދައުވާ ކުރި ފަސް މީހުންނަކީ، ގއ. ކޮނޑޭ، ގަހާކޯޅި އަހުމަދު އަނީލް (34)، ގދ. ގައްދޫ، އެދުރުގެ، އަހުމަދު ހާމީމު (42)، ގއ. ކޮނޑޭ، ރޮމޭންސް ޝަފީޒް މުހައްމަދު (35)، ގއ. ނިލަންދޫ، ދިހްޝާންވިލާ އަލީ ޝާކިރު (30) އަދި ގދ. ގައްދޫ، އެދުރުގެ ޔާމިހް ހާލިދު (23) އެވެ.

އެ ރަށުން އަތުލައިގަތީ 100 ކިލޯގެ ހެރޮއިން އާއި 49 ކިލޯގެ ކެނަބިސްއެވެ. އެ ތަކެތީގެ މަގުމަތީގެ އަގަށް 240 މިލިއަން ރުފިޔާގެ އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަލިބެއްޔާ

    ކުރީސަރުކާރު.. ކުރީސަރުކާރު...

    21
    1
  2. ރަބަރޭ

    މަސްތުވާތަކެއްޗަށް ވެސް ޒީރޯޓޮލަރެންސް ދެއްތޯ؟ ޕީޖީ އަށް އެގިވަޑާއި ނުގަންނަވާ މައްސަލަހުށަ ހަޅަންވީ ކޯޓްވެސް ނުވަތަ ގަސްތުގާއި ބަޔަކުމިނިވަން ކުރަންވެގެން ގަތްގަޑެއް ޕީޖީ އިސްތިއުފާ ނާގާބިލް މީހުން އިސްމަގާމުތަކަށް އިސްކުރުމުން ނުވެނުދާނެ ހަތަރެތި ތިޔަހަރަވަނީ

    ‎އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    30
    1
  3. މަރުދުރު

    ބޮވެންޖެހޭނެ، ބޯންޖެހޭނެ، ސައުވީސްގަޑިއިރު ހަމައިގައި ތިބެން ނުޖެހޭނެ، މި ސިޔާސަތުގެ ދަށުން މައްސަލަ ނިމުނީ. ވަލްހަމްދުލިއްލާހި.

    47
    1
  4. ކިޔު5

    ދައުވާކުރަން އޮންނަ މުއްދަތުގައި ދައުވާ ނުކޮށް އިހުމާލުވީމަ ސުލޫކީ ނުވޭތަ؟

    34
  5. ސސ

    ޕީޖީ ހާދަ އަވަހަށް ބަޔެއް މައްސަލަތަކުގައި " ގޮއްދޫކުރަނީ " ގޮއްދޫކުރާ މޫސުންތޯ ؟

    29
  6. އަލީ

    ބޭނުންވާ ގޮތް. ވަރަށް ސަލާމް

    26
    1
  7. ބެއްޔާ

    ޝަރުޢީދާއިރާ ހަމަޔަކަށް އެޅިއްޖެތޯ ޕީޖީ ޝަމީމް ބުނެބަލަ. މޮޅެތި ޤާނޫނޫތައް ހަދައިގެން ލިބެނީ ކުރިއެރުންތޯ؟ ޖިނާއީ އިޖުރާތުގެ ޤާނޫނު ހިނގައިނުގަނެވީސް އިސްލާހުކުރަންވީ ލޫޕްހޯލްސްތައް ގިނައީ. މިއީ އެމްޑީޕީން ބޭނުންވާ އިންސާފަކީ. ގައުމުގަ ހަކުރު ގިނަކޮށް ކުށްވެރިން ގިނަކުރުން. ޖަލުތައް ބަންދުކުރުން.

    28
  8. ހަލާލް ނޫންފައިސާ

    ގާނޫނުން ފާސްކުރޭ ވައްކަން ކުރުމާ މަސްތުވުން ކުށެއްނޫން ކަމެއްކަމުގައި ގަޓު އެބަހުރި ތަންފީޒް ކުރާނަން .

    6
    10
  9. އަންނި

    ތިވާނީ ޔާމީން ގެ ކަމަކަށް

    3
    8
  10. ދުންތަރި

    ތިޔަ ވާނީ ޕާޓިކުދިންކޮޅަކަށް އަދި މުގުލުގަ ޕާޓީގެ ނުފޫޒުގަދަ ބަޔަކުވާތީ ތިޔަ ކަންތައް ފަނުފުލުން ދހުއްވާލީ ގަސްތުގަ ސިޔާސީ އިދިކޮޅު މީހަކުވިއްޔާ 100 ދަޢުވާ އުފައްދައިގެންކުރާނެ އަސި މައްސލަ ބޭރުކޮށްލީތީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ހުށަހަޅައި ބުރުވެސް ދައްކާނެ މީ މިޖަހާ ސަކަރާތަކީ ރޯމާ ދުވާލު މިކަހަލަ ޖަރީމާތައް ހިންގާފަ މީޑިޔާގަ މޮޅު ވާހަކަ ދެއްކީމާ ހުންނާޏީ އިންސާފު ޤާއިމުކުރެވިފަ ސަދޫމުގެ އިންސާފު

    12
    1
  11. ފޭރާން

    މަސްތުވާތަކެތިން މިޤައުމު ސަލާމަތްކޮށްފި މިސަރުކާރުން.މަރުހަބާ ސޯލިހުބޭބޭ! ހަބޭސް ހަމަ! މައުމޫނު ބޭބޭ ހަބޭސް ހަމަ! ޤާސިމު ބޭބެ! ހަބޭސް! ޢިމްރާނު ބޭބެ ހަބޭސް! އިލިޔާސުބޭބޭ އާއި އިޔާޒުބޭބެމެން މިސަރުކާރުން ކުރާ ގިނަކަންތައް ހާދަ ރަނގަޅޭ އިނގޭ ބޭބޭ! ހަކުރު ކާންދިންވަރަަކަށް ހުރިހާ ކުދިންވެސް ކިޔަންވާނީ އަދިބޮޑުބޭބެ! ބޮޑުވެފަތިއްބެވީ މިހާރު މިހުރިހާ ބޭބެތައްވެސް! ވަރަށް ރަނގަޅު އިނގޭ ބޭބެމެންނޭ!

    12
    2
  12. އާދަމުގެދަރި

    މި ކަމުގައި ޒިންމާވާ ވެރިން ވަގުތުން އިސްތިއުފާ ދޭންޖެހޭނެ. އަދި މިކަން ކުރި އެހެން އޮފިސަރުންނާއި ވަކީލުންނާމެދުވެސް ފިޔަވަޅު އަޅަންޖެހޭނެ. ރައްޔިތުންގެ ލާރި ނަގައިގެން ތިބެގެން ރައްޔިތުންގެއެތައް ފައިސާއެއް ހޭދަކޮށްފައި އެތައް ލިޔެކިޔުމެއް ހަދައިގެން އެތައް ފަހަރަކު އެތައް ގަޑިއަކަށް އޯޓީ ނަގައިގެން ތިބެ ކުރާ ކަންކަން މިހާ ދޯދިޔާ ވީމާ އެކަންކަން މިހާ ފަސޭހައިން ނިންމައިލެވިގެން ނުވާނެ. އެކަމަކު މިއީ އެމެރިކާގައި އޮތް ޑިމޮކްރަސީއާއި ތަފާތު ދިވެހި ޑިމޮކްރަސީއަކަށްވާތީ ގާނޫނެއް ގަވާއިދެއް ކީއްކުރަން ލަދެއް ހަޔާތެއްވެސް މި ދިވެހި ޑިމޮކްރަސީގެ ވެރިންގެ މައްޗަށް ނުހިނގާނެ. މީ އެމެރިކާނަމަ މިހާރު ހުރިހާ ވެރިން ތިބޭނީ އިސްތިއުފާ ދީފައި ގޭގައި.

  13. އެޓާނީޖެނެރަލް

    ކުޑަކުއްޖަކާމެދު ބަދުއަހްލާގީ އަމަލެއް ހިންގީމަ އެމައްލަ ސާބިތު ކުރަން އޮށްނަހާ ފަސޭހަކޮށް މަސްތުވާއެއްޗިހި ބޭނުން ކޮށް އޭގެ ވިޔަފާރި ކުރާމީހުންނާމެދުވެސް މައްސަލަ ސާބިތުކުރުމަށް ދުއްތުރާ ނުޖައްސާ ފަސޭހައިން ސާބިތުވާނެ ގާނޫނެއް ހަދާބަލަ ތިހާ އިހްލާސްތެރިނަމަ، ސްޕަރ މެޖޯރިޓީ ދީފައި އޮއްނާނީ..

  14. ނާޅި

    ޕީޖީ ތަހުޤީގު ކުރަނީވެސް ގޯސްކޮށް ދައުވާ ކުރަނީވެސް ގޯސްކޮށް، ތަހުޤީގު ނުކުރާ ދައުވާތަށް އުފައްދައިގެން އެބަ ދައުވާކުރޭ، ދައުވާ ކުރެވޭނީ ތުހުމަތު ކުރެވުނު ކުށައްކުރާ ދައުވާ އެކަނީ، !