މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލައި ޖޫރިމަނާ ކުރި ހުކުމްގެ އިސްތިއުނާފު މައްސަލަގެ ހުކުމް އިއްވުން ފަސްކޮށްފިއެވެ.
ކުރިން އޮތީ އެ މައްސަލަގެ ހުކުމް އިއްވުން ޖެނުއަރީ 14 ވަނަ ދުވަހަށް ތާވަލް ކޮށްފައެވެ.
ނަމަވެސް، އެ ކޯޓުން މިއަދު ވިދާޅުވީ އެ މައްސަލައިގެ ހުކުމް ކުރުން މި މަހުގެ 21 ވާ ބުރާސްފަތި ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.
އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލައިގެ ތެރެއިން އެސްއޯއެފް އެކައުންޓް މެދުވެރިކޮށް، ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާތީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ރައީސް ޔާމީން ހެއްކަށް ނުފޫޒު ފޯރުވާ ކަަމަށް ދައުލަތުން ހުށަހެޅުމުންނެވެ.
އެ ހުކުމް ކުރިތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ހައި ކޯޓުގެ ޝަރީއަތްތައް މިދިޔަ ސެޕްޓެމްބަރު މަހު އެއް ވަނަ ދުވަހު ނިންމައި މިހާރު އޮތީ ހުކުމާ ހަމައަށް އައިސްފަ އެވެ.
ހެޔޮވެރިކަން ހާދަހާވާ ހެވޭ.
ޖޭ އެއ އްސީ ހުކުން ކަމުނުދިޔަ އީދޯ، !!!
ރ ޔާމީން ފެންފޮދަކާލައިގެން ދިރުވާލަބަލަ. 14 ،21 ހަށް 21 30 އަށް ، މިފަހެ އިބިލީހުގެ ކައިވެނިތަ؟
ރ ޔާމީންގެ އިސްތިޢުނާފް ދިގުލަ އިގެން ދި އުމަކީ ހިތާމަ
ހުރި ކަމެކެވެ އ އިންސާފް ލަސްކުރުމަކީ އ އިންސާފު
ނުލިބުމެވެ.
ލަސް ކުރަން ޖެހުނީ މަގު މަތީ ގަ އި ޓިނު ޖަހާ އަ ނުނިމޭތީވެ
ޔާމީނުގެ މައްޗަށް ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަން ނުޖެހޭކަމަށް ހުކުމް ކޮށްފިން. ސަބަބަކީ ހުކުމަށް ބަދަލު ގެނެސްފިނަމަ ޔާމީނަށް ހުކުމް ކުރި މިހާރު ސްޕްރީމްކޯޓްގެ ފަނޱިޔާރަކަށް ލާފައިވާ އަލީރަޝީދުގެ އަގުވެއްޓި ސްޕްރީމްކޯޓްވެސް ބަދުނާމް ވާނެތީ.
މިހާރުވެސް ޔާމީނުގެ ތެދުވެރިކަން ރައްޔިތުންނަށް ހާމަވެއްޖެ! އެއީ އެމްއެމްޕީއާރުސީގެ މި މައްސަލައިގައި އެތައް ސަތޭކަބަޔަކު ބައިވެރިވެ ފޮރުވަފައި ބައިތިއްބުމަށްފަހު އެމަނިކުފާނު ނުހައްގުން ޖަލުގަ އިންނަވަން ޖެހުނީމާ
މާތްﷲ އީ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާންގެއެވެ. އެކަލާންގެއީ އަނިޔާލިބޭ މީހާއަށް އެހީތެރިވެވޮޑިގަންނަވާ ރަސްކަލާންގެއެވެ. އެކަލާންގެއީ އަނިޔާވެރިންނަށް ޢިޤާބުދެއްވާ ރަސްކަލަންގެއެވެ. ޔާﷲ! ރައީސްޔާމީނަށް ދެމުން ގެންދާ ނުޙައްޤު އަނިޔާއިން އެއަޅާ ސަލާމަތްކުރައްވާ އަނިޔާވެރިން ބަލިކުރައްވާންދޭވެ! އާމީން