މިއަދު އިރުއޮއްސި 18:00 އާއިހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 59 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މިއަދު ފައްސިވި މީހުންގެ ތެރެއިން 33 މީހުން ފައްސިވީ މާލެ އިންނެވެ.
މިއަދު މީހުން ދިރިއުޅޭ ރަށްތަކުން ފައްސިވި މީހުންގެ އަދަދު ވަނީ އިތުރު ވެފައެވެ. މިއަދު 20 މީހަކު ވަނީ މިހުން ދިރިއުޅޭ ރަށްތަކުން ފައްސިވެފައެވެ. އޭގެތެރެއިން ގިނަ މީހުންނަކީ ގއ.ދެއްވަދޫން ފައްސިވި މީހުންނެވެ.
މިއަދު ރިސޯޓްތަކުން ވެސް އިތުރު ހަމީހަކު ވަނީ ފައްސިވެފައެވެ.
މިއަދަކީ ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހަށްފަހު ރާއްޖެ އިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.
މިއަދު 59 މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 2768 މީހަކު ޓެސްޓް ކޮށްގެންނެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ ތެރެއިން 37 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ.
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 49 މީހުން ވަނީ ރާއްޖެއިން ނިޔާވެފައެވެ. އެއީ 41 ދިވެހިންނާއި، 8 ބިދޭސީންނެވެ. ކޮވިޑް-19 ޖެހިގެން ރާއްޖެ އިން އެންމެ ފަހުން މީހަކު ނިޔާވީ ޖަނަވަރީ 07 ވަނަ ދުވަހު އެވެ.
މިވެސް އަޖާބެއްކަހަލަ ކަ މެއް ކައުންސިލް އިންތިހާބު އަންނާތީ އިންތިހާބް ނުބާއްވަންވެގެން ގަންނަގަނޑެއްހެން ހީވަނީ ދެންނުވާނެ މަދެއް
ކިހާދެރަކަމެއް ހެޔޮނުވާނެ ސުކޫލުތައް އަދި ބަންދުކޮއްފަ ބަހައްޓަދީ އޮންލައިން ކުލާސްތައް ނަގާގޮތައް ހަދައިދީ މިހާލަތުގަ ޅަދަރިން ސުކޫލައް ގެންދަން ހެޔޮނުވާނެ
ސްކޫލްތަން ހުޅުވާދީ
ކޮވުޑް 19 އަކީ އެޗްޕީއޭއިން ކުޅޭ ސިޔާސީ ޑުރާމާއެއް ސިޔާސީ ގިލަންވެރިކަން މައިތިރިކުރަން !