މާލެއަށް ބޯކޮށް ވާރޭ ވެހުނު ނަމަވެސް އެސްޓީއޯ ހެޑް އޮފީސް ކުރިމަތިން އޮންނަ ކަނބާ އައިސަރަނި ހިނގުމުގައި ދެން ފެން ބޮޑުނުވާނެ ކަމަށް އެމަގު ހެދުމުގެ މަސައްކަތް ކުރި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިންނާއި މާލޭ ސިޓީ ކައުންސިލުން ބުނަމުން ގެންދަނިކޮށް އެމަގުގައި ފެންބޮޑުވެއްޖެއެވެ.

ކަނބާ އައިސަރަނި ހިނގުމަކީ މާލޭގެ މަގުތައް އަލުން ހެދުމުގެ ބޮޑު މަޝްރޫއުގެ ދަށުން ފުރަތަމަ ނިންމި މަގެވެ. މިމަގު އާއްމުންނަށް ހުޅުވާލީ މިމަހުއެވެ. މިހާރު ކުރަމުންދާ ވިއްސާރައިގައި އިއްޔެ މާލެ އަށް ބޯކޮށް ވާރޭ ވެހި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވިއިރު ވެސް ކަނބާ އައިސަރަނި ހިނގުމުގައި ފެންބޮޑު ނުވާކަމަށް ބުނެ ސަރުކާރަށް ތާއިދުކުރާ އެކްޓިވިސްޓުން ވަނީ މީސް މީޑިއާގައި ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.

ނަމަވެސް އެމަގުގައި ފެންބޮޑުވެފައި އޮތް މަންޒަރު ފެންނަ ފޮޓޯތައް މިހާރު ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ.

އެސަރަހައްދުގައި ދިރިއުޅޭ މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އިއްޔެ ވެސް ވާރެ ވެހުމުން ކައިރި މަގުތަކަށް ފެންތައް ސޮހިގެން ދިޔައީ ކަމަށާއި މަގުގައި ގާއިމު ކޮށްފައިވާ ފެން ހިންދާ ނިޒާމު އެންމެ އެދެވޭ ގޮތެއްގައި މަސައްކަތް ކުރާކަމާއި މެދު ސުވާލު އުފެދޭ ކަމަށެވެ.

"ކައިރި އެހެން މަގުތަކަށްވުރެ އުސްކޮށް މިހާރު ކަނބާ އައިސަރަނި ހިނގުން މިއޮތީ. އެހެންވެ އެމަގަށް ވެހޭ ހުރިހާ ފެނެއް ދެން މިދަނީ ޖެހިގެން އޮތް އެހެން މަގުތަކަށް. އެމަގުން އިއްޔެ މާއަވަހަށް ފެން ހިނދިގެން ދިޔައީ މަގުގެ މޮޅު ކަމަކުން ނޫން." އޭނާ ބުންޏެވެ.

ކަނބާ އައިސަރަނި ހިނގުމުގައި މިއަދު ފެންބޮޑުވެފައިވާ މަންޒަރު ފެންނަ ފޮޓޯތަކާއިއެކު އިދިކޮޅު އެކްޓިވިސްޓުން މިހާރު އަންނަނީ ސަރުކާރަށާއި މާލޭ ސިޓީ ކައުންސިލަށް ފާޑުކިޔަމުންނެވެ.

ޖެނުއަރީ 26، 2020 ގައި މާލެ ސިޓީ ކައުންސިލުން ފެށި މާލޭގެ މަގުތައް އަލުން ހެދުމުގެ މަޝްރޫއުއަށް 462 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މާލޭގެ މަގުތަކުގެ ހާލަތަކީ އަބަދުވެސް މީސް މީޑިއާގައި ބޮޑެތި ސިޔާސީ ބަހުސްތައް ކުރެވޭ ބޮޑު މައްސަލައަކަށް ވަނީ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ހުސާމް

    މަގުގަ ފެންބޮޑުވާން ދިމާވީ ބަޔަކު ގަސްދުގަ ކުރިކަމަކުން

    7
    64
    • ޒައިކް

      ނޫން އެއީ ފޭކް ފޮޓޯ އެއް އެޑިޓްކޮށްފަ..އަޅުގަނޑުގެ ހުންނަ މަގު ފެން ބޮޑުވި ނަމަ ނޭނގި ނުދާނެ.. އެހިސާބުގަ ދިރިއުޅޭ އެހެން މީހެއްކައިރިނަ އަހާބަލަ ހުޅުވިފަހުން ފެން ބޮޑުވެފަ ހުއްޓާ ފެނުނުތޯ.. ކަށަވަރުކޮށްފަ ހަބަރުތައް ޖަހާނަމަ ދޯ..

      6
      4
  2. ރަދީފް

    ''މިހާރުއޮންލައިން''ގެ އިއްޔެގެ ފްރޮންޓްޕޭޖްގެ ހެޑްލައިން. ''ފެން ބޮޑުވުމުން ކަނބާއައިސަރަނި ހިނގުން ސަލާމަތްވެއްޖެ'' . ވަރަށް މަޖާ އެހެން ނޫން ތޯ.

    65
    4
  3. ކާފަ

    ވާރޭ ވެހެންޔާ ފެންބޮޑުވާނެ.. އެމެރިކާގެ މަގުތަކުގައި ވެސް ފެންބޮޑުވޭ..

    17
    42
    • ރަދީފް

      ވާރޭ ނުވެހުނަސް ފެންބޮޑުވާ އެހެން ތަނެއްގެ ނަން ބުނެފާނަން.އެއީ ވަރަށް ފުންތަނެއް.ލޮލް

      20
      3
  4. ހުސޭނުބޭ

    ވީމާ ތި ތަން ހަދަން ބަޖެޓްކުރި ލާރީގެ އެއްބައި ތިތަނަށް ޚަރަދުކޮށްފައި ތިހުރީ! އަނެއްބައި ކޮންމެވެސް ގޮލަޔަކު ތިއޮތީ ކާލާފަ!

    50
    3
    • ހުސެންކޮ

      ހުސޭނުބެ ހީކުރީ ހުސޭނުބެ ކަހަލަ މަކަރާއި އޮޅުވާލުމުން ފުރިފަ ކަމަށްތަ އެންމެން ތިބެނީ؟. އަބަދުވެސް ލާރި ގަނޑެއް ބަނޑު ނޭޅިގެން. ގުދުރަތީ ކަންކަން ސިޔާސީ ކުރަން ތިއްބަ ކޯފާއެއް ލެއްވީމަ މާކާ ރީއްޗެއް ނުވާނެ. މުސްލިމުންގެ ނަމަށް ހުތުރު އެރުވުން ނޫން ކަމެއް ހުސޭނުބެމެން ނުކުރެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ.

      5
      10
      • ރީހާން

        ކަލޭ ދޭ މަހަށް ކިނބުލާއި އެކީ.

        3
        1
  5. ކޮވިޑް

    ތީ ފެނެއްނޫން ޓި އަވާމެންުރު ކިހިނެއް ދެ އަހަރުން މަސައްކަތް ނިއްމި ތިޔޮއްބޮޑުމަގުގައި ފެން ހެދޭނީ؟ ތީ މިހާތަނަށް ދެ އަރު ދުވަހުން ހެދި އެންމެ ބޮޑުމަގު. ނެހެދޭނެ ފެނެއް ވެދާނެ އެޑިޓް ކޮށްފަ އިން ފޮޓޯ އަކަށް ވެސް. ޝިފާ އިސްތިއުފާ........މެކުނު ފުމުނަކަސް ގާހަކަ އަކަށް ނުފުމެވޭނެ. ރޔ ޒައާމަތުގަ މުއީޒް ކަން ކުރިޔަސް ސޯލިހުގެ ޒައާ މަތުގަ ޝިފާ އަކަށް ކަން ކަމެއް ނުކުރެވޭނެ.

    55
    3
  6. އަލިފު ލައިލާ

    އިދިކޮޅު މީހުން އަބަދުވެސް ދިމާކުރާނެ.. އޭ ސިޓީ ކައުންސިލް އިން އަޅާފަވާ މޮޅު ކާޕެޓެއް....

    46
    2
  7. ޥަރަށްސާފު

    ދެން ނިކުނެބުނޭ ތީކުރީ ސަރުކާރޭ ތިރީސް ޢަހަރޭ ދޮންކެޔޮލޭ

    55
    3
  8. ބެއްޔާ

    ތި މަގުގަ ފެން ބޮޑުވީ ޔާމީނުގެ ސަބަބުން. މަގުތަކުގައި ތާރަ އަޅަން ޔާމީނު ދަސްކޮށްދިނީމަ. ކަށިވެލިއެޅިނަމަ ފެނެއް ހަރެއް ނުލާނެ. ޔާމީނު ޖަލުގަ އޮތަސް ތީ ޔާމީނުގެ މައްސަލައެއް.

    49
    1
  9. ެެއެލެކުސް

    އެއއ އީ ފެނެ އްނޫން ތެޔޮވަޅެ އްލީކުވީީ. ވެދާނެ ދިރޭރަހަ ކަމަށްވެސް

    35
    2
  10. ކަދުރު

    ފެން ބޮޑުވުން ފަދަ ކާރިސާ ތަކަކީ އިންސާނުންގެ އަތްމައްޗަށް އޮންނަ ކަންކަމެއް ނޫން! ފެން ބޮޑު ނުވާނެކަމަށް ބުނި ބުނުން އެއީ އަސްލު ޙަޤީޤަތުގައި ބުނެވިގެން ވާނެ ކަމެއްވެސް ނޫން! މާތްﷲ ގެ އިރާދަފުޅާއެކު ވާކަންކަމަކީ އިންސާނުންނަށް ބާރުފޯރުވޭނެ ކަންކަމެއް ނޫން! އެފަދަ މީހުންގެ ބަސްތަކަށް މިފަދަ ގޮތަކަށް ރައްދު ދިނުމަކީ މޮޅު ކަމެއް ނޫން! އެހެން ބުނި ފަރާތާ ރައްދުދިން ފަރާތް ރަނގަޅެއް ނޫން! އަޅުގަނޑުގެ ޚިޔާލު! މީގަ އެއްވެސް ސިޔާސީ ފިކުރެއް ނެތް!

    27
    5
  11. މޮޔަސޮރު

    ތިއީކީ މަގުހަދަން ކުރާ ކަމެއް ނޫން. ޕްރޮޖެކްޓް ހިންގި ވަރަކަށް ޖީބަށް ވަންނަ ބައި އިތުރުވާނެ. އެއީ ބޭނުމަކީ.

    36
    1
  12. ޝޮކްތެރަޕީ

    އެމްޑީޕީ މޮޅީ ދޮގުހަދަން ރައްޔިތުން ހައްދަން.

    51
    2
  13. ހަބީބު

    ހިހީ ހަލާކު ވެދާނެ . ރީދޫ މީހުން ހަނދުގެ ބަދަލު އިރު ދެއްކިއަސް ގަބޫލުކުރާނެ ،

    29
  14. ޝުއައިބު އަލީ

    މާލޭގެ ރައްޔިތުންނަށް ގެދޮރު ނުދީ އޮޒާރޯ ލޮޖުން ދީފްރަމްގެއަށް އަންނަން އޮތް ކުދިކުދި މަގުތައް ވަށަވަށައިގެން ހެދުމަކުން ނުވާނެނޫންތޯ މުޅި މާލެ ބޭނުންކުރާ ރައްޔިތުންނަކަށް މާބޮޑު ފަސޭހައަކަށް. އިބޫގެ ފެމެލީގައި ލޯފަން މީހުން ތިބެގެން އިބޫގެ އާއިލާ ދިރިއުޅޭ ގެއަށް އެމީހުން އަންނަން ފަސޭހައަށް އެގޭގެ ވަށާ ލޯފަން މީހުންނަށް ހިގަން ފަސޭހަ ގޮތައް ގާއެތުރުމަކުން ވެސް އަދި ނުނިމޭނެ ނޫންތޯ. ކޮބާތޯ މުޅި މާލޭގައި އުޅޭ ލޯފަން މީހުންނަށް ކޮށްދިން ފަސޭހައަކީ. އާއިލާގައި ތިބި ލޯފަން މީހުންގެ ތެރޭގައި ޤުރުއާން ހިތުދަސް މީހުންތިބީމަ ލޯފަން މީހުން ޤުރުއާން ހިތުދަސް ކުރީމަ ހާއްސަ އިނާމް ދެވުނީމަ ދެން ތިބި މީހުން ކިހިނަކުންތޯ މިނާނީ. ފަޒޫ އާއިލާ ގޮވައިގެން ދުވެފަ ކަސްރަތު ކުރަން އޮޒާރޯ ކައިރީ ޕާރކް ހަދާ އާއިލާ ހުޅުމާލެއަށްދާން ބަސް ސްޓޮޕް ހެދީމާ އެހެން ސަރަހައްދުތައް ފެނިވަޑައިނުގަންނަނީތޯ. ނޫނީ މިއީ ޝިފާ އަންނިއާއި ގުޅިގެން އިބޫގެ އޮފް ދުއްވަން ހިންގާ ކަމްކަމްބާ.

    17
  15. ރޯދަ މުބާރިކް

    މިހާރު މީހުން ލިއުނީ މި ލިއުމާ އިދިކޮޅަށް..! 🤣🤣🤣! ދެން މި މާލޭގަ މަގުގައި ފެންބޮޑު ނުވާނެ ގޮތަކީ ނެއްގޮތެއް.....

    16
  16. އެމަންޖެ

    މިސަރުކާރައް ހަމައެކަނި ކުރަން އެނގޭކަމަކީ ލާރިކެއުން.

    10
  17. ފުއާދު

    އެމަގު އެއީ ފެންބޮޑުވެފައެއް ނޫން އެމަގުގަ އެގޮތައް ހަދާފަ އެއޮތީ ވާރޭ ފެން ނެގޭ ގޮތައް ބޯންވެސް ކަމުދާ ގޮތައް

  18. ޑިމޮކްރަސީ

    މަގު ހެދުންތީ އަރަތެއް ގާއަޅައިގެން މަގު ހަދައިގެން ދުވަހަކު ހައްލެއްނުލިބޭނެ ގާ އަޅައިގެން މަގު ހެދުމަކީ ފޫނެއްފަޔަށް ފެންފުރުންކަހަލަކަމެއް ގާ އަޅައިގެން ތިކަން ކުރުމުގެ ބޭނުމަކީ އެކަމުން އަބަދައްވެސް ލާރި ނަގަ ނަގަ ތިބުން، ދާއިމީ ޙައްލެއް ގެނެއްސިއްޔާ އެކަމެއްނުވާނެއްނު، ތާރު އަޅާއިގެން މަގު ހެދި ދުވަހަކުން ނޫނީ ދުވަހަކުވެސް ތިކަމަށް ޙައްލެއް ނުލިބޭނެ

    5
    1
  19. މުދިންބެ

    އަދިވެސް ވަނީ މުއިއްޒުތަ؟

    11
  20. ގުންތަރި

    އެއީ ފެނެއްނޫން އެއީ އަވާމެންދުރު

  21. މަންތިރި

    ވާރޭ ވެހެންޏާ ފެން ބޮޑުވާނެ ކަމާއި އެމެރިކާގައިވެސް މަގުތަކުގައި ފެން ބޮޑުވާކަމަށް ޔާނު ވެރިކަމުގައި ހުރީމާ އޭރު ގަބޫލު ކުރަން ބޭނުން ނުވި މީހުން މިއަދު ކޮސް ގޮވަން ފަށައިފި

    8
    1
  22. ބޯގޯސް

    100 މީޓަރުވެސް ހަމަނުވާ ތަންކޮޅެއްހެދިގެން އެމްޑީޕީ މަރުމޯލުތައް ހޯބޯނާރާ ތެޅި ފޮޅި ނަގަނީ ތާހިރު ވެއްޖެއެއްނު ދެންދަގަ ބާލިދީތައް ހި ފައިގެން ފެންހިންދަން އެމްޑީޕީ މަރުމޯލުތައް ލޮލް

    10
  23. ގޫރޯ

    ކޮންމެކަމެއްގައި މަކަރާއިހީލަތް ހަދަމުންދާ ނާގާބިލު ސަރުކާރެއްމީ މާތް ﷲ މިނުލަފާ ސަރުކާރު ހުރިހާކަމަކުން ފަޝިހަތް ކުރަށްވާނެތެވެ އާމީން.

  24. ބިންގޯ

    ފެން ބޮޑުވުން އެއީ އެއްވެސް މައްސަލަނޫނޭ