ދިވެހި ދައުލަތުގެ ތެރެއަށް މަސްތުވާތަކެތި ވިއްކާ މީހުންގެ މޫތައް ފައިބައިފައިވާ ފުންމިން ވަރަށް ބޮޑަށް ފެންނަމުންދާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވެފައިވަނީ، ގދ.އަތޮޅު ފަޅުރަށެއް ކަމުގައިވާ، ހުޅުވާރުލުގައި ވަޅުލައިގެން އުޅެނިކޮށް 2019 ވަނަ އަހަރުގެ ތެރޭގައި އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުވާކޮށްފައިވާ ފަސް މީހުންގެ މައްސަލަ ގދ. ގައްދޫ ކޯޓުން ބޭރުކޮށްލުމުން މަތީ ކޯޓެއްގައި މައްސަލަ އިސްތިއުނާފް ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމާފައިވުމުންނެވެ.

ފޭސްބުކްގައި އުމަރު ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، މި މައްސަަލައިން މި ދައްކުވައި ދެނީ މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހުންގެ މޫތައް ދައުލަތުގެ ތެރެއަށް ފައިބައިފައިވާ ފުންމިން ކަމަށެވެ. އަދި އޭގެ ސަބަބުން ގާނޫނުތަކުގެ ބާރު ކަނޑައެޅިފައިވާ މިންވަރު ވެސް ފެނިގެންދާ ކަމަށް އުމަރު ވިދާޅުވިއެވެ.

"މި މޫތައް ކަނޑާލައި، މި ދައުލަތް ސަލާމަތް ކުރެވޭނީ ގައުމަށް އިޚްލާސްތެރި، ހަރުދަނާ، އަޒުމް ވަރުގަދަ ވެރިކަމެއް ގާއިމް ކުރެވިގެން. އިރާދަކުރެއްވިއްޔާ އެ ދުވަސް ދިވެހިން ދެކޭނެ. މަސްތުވާތަކެތީގެ ނުރައްކަލުން އާއިލާތައް ސަލާމަތް ކުރެވިފައިވާ މުޖުތަމައަށް ދިވެހިން ދެކޭނެ." އުމަރު ލިޔުއްވާފައިވެއެވެ.

ގދ. ހުޅުވާރުލުމުގައި 149 ކިލޯގެ މަސްތުވާތަކެތި ވަޅުލި މައްސަލައިގައި ފަސް މީހެއްގެ މައްޗަށް ދައުވާކުރިއެވެ. އެންމެ ފުރަތަމަ ދައުވާކޮށް މި މައްސަލަތައް ހުށަހެޅީ ކްރިމިނަލް ކޯޓަށެވެ. އެ ކޯޓުން ދައުވާތައް ބޭރުކޮށްލީ އެ މައްސަލަ ހުށަހަޅަން ޖެހޭނީ ކުށުގެ އަމަލު ހިނގި ސަރަހައްދުގެ ކޯޓަކަށް ކަމަށް ބުނެއެވެ. ދެން ގައްދޫ ކޯޓަށް ހުށަހެޅުން އެ ކޯޓުން ދައުވާތައް ބޭރުކޮށްލީ ގާނޫނުގައި ބުނެފައިވާ މުއްދަތުގެ ފަހުން ހުށަހެޅުމުން ކަމަށް ބުނެއެވެ.

އެ މައްސަލާގައި ދައުވާ ކުރި ފަސް މީހުންނަކީ، ގއ. ކޮނޑޭ، ގަހާކޯޅި އަހުމަދު އަނީލް (34)، ގދ. ގައްދޫ، އެދުރުގެ، އަހުމަދު ހާމީމު (42)، ގއ. ކޮނޑޭ، ރޮމޭންސް ޝަފީޒް މުހައްމަދު (35)، ގއ. ނިލަންދޫ، ދިހްޝާންވިލާ އަލީ ޝާކިރު (30) އަދި ގދ. ގައްދޫ، އެދުރުގެ ޔާމިހް ހާލިދު (23) އެވެ.

އެ ރަށުން އަތުލައިގަތީ 100 ކިލޯގެ ހެރޮއިން އާއި 49 ކިލޯގެ ކެނަބިސްއެވެ. އެ ތަކެތީގެ މަގުމަތީގެ އަގަށް 240 މިލިއަން ރުފިޔާގެ އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ސީނާ

  ޗޮކުންފެރީގެ ފޮރުވިފައިވާ އެޖެންޑާއަކީ ޒުވާނުންނަށް ތިކަންކޮށްދިނުް! ޑްރަގްގެ ބާވަތްތައް މިހާރު އުޅެނީ ތިޔާގިކޮށް!

  37
 2. އުތުރުން

  ދައުލަތުގެ މުދަލުން ވައްކަން ކުރުމާއި މަސްތުވާ ތަކެއްޗާއި
  ގުޅި ފައި ވަނީ މޑޕ އާއެވެ އޭގެ މަތި ފފ ފަޑީގައި ތިބި
  މީހުންނަކީ ސަރުކާރުން ވަގަށްނަގާ ފައިސާ މެނޭޖު ކޮށްގެން
  މަސްތުވާ ތަކެތި އެތެރެކޮށް އޭގެ ވިޔަފ ފާރި ރާއްޖޭގެ ކަން
  ކޮޅު ތަކުގައި ފާޅުގައާއި ސިއްރުގައި ކުރަމުންދާ މީހުންނެވެ
  ވެރިކަން ހިމާޔަތްކޮށް ދެމެއްޓުމުގެ މި ވިޔަ ފާރިތައް
  މަޑުޖެހުމެއްނެތި ދާނީ ކުރިއަށެވެ.

  28
  3
 3. ބެއްޔާ

  ތީ ރޭވިގެން ކޮށްފައި އޮތް ބޮޑު ޖަރީމާއެއް. ބޮޑެތި މުޖުރިމުންގެ ދިފާޢީވަކީލަކަށް އުޅެފަ ޕީޖީ މަގާމަށް އަޔަސް ކުރީގެ ކްލައިންޓުން ހަމަ އެގޮތުގަ ތިބޭނެ. ކްރިމިނަލްކޯޓަށް މައްސަލަ ހުށަހެޅުމާ މުއްދަތު ހަމަވިފަހުން ގައްދޫކޯޓަށް ހުށަހެޅުމާއި، އިސްތިއުނާފު ނުކުރުމާއި މަޖްލިހުން މިކަން ބަލަން އުޅުމީ، މީ ރޭވިގެން ހިންގަމުންދާ ކަންތައްތަކެއް. މީކުރިއަކުން ހިނގި ކަމެއްނޫން. ރޯޔަލް ޑްރަގްގެ ކުޅިވަރަކާ ވައްތަރީ.

  40
 4. ކޮވިޑް

  އުމަރު ފާޅު ވެއްޖެ ޔޯ.

  3
  16
 5. މަންމާފުޅު އަދުރޭ

  ވަޒީރުކަމުގަ އާރާބާރުލިބިހުރެ ތިބުނާ މޫތައް ކަނޑާނުލީ ކީއްވެތޯ؟ މިހާރުދެންތީ ރައްޔިތުންބަލައިގަންނަ މީހެއްނޫން، އެހެންވެގެން ނޫސްތަކުގަ ސުރުޙީ އަޅާލަންވެގެން ދަމަކުން ބަޑިއެއްޖަހާހެން މޮޅުވާހަކައެއް ބުނެލަނީ، ކުއްތާ ސުކޮޑެއްގެނެސް އަމިއްލަ ޖީބުބޮޑުކޮށްލީ، ކަޅުއޮށްފުންމި ބަންނާށޭކިޔާފަ އަމިއްލަ ޖީބުބޮޑުކޮށްލީ، ތީހަމަ ސަޅިބައިސާ ކަނޑާމީހެއް، ޔާމީނަކީ މެވެނި އެވެނި މީހެކޭކިޔާފަ ވަޒީރުކަންލިބުނީމަ ޔާމީނުވީ ހުދުފޮތިކޮޅަކަށް ނޫންތޯ، ބިރުންގޮސް ޔާމީނޭކިޔައިގެން ތިމަންމީހާއަށް ދެއްކުނުވާހަކައަކީ ރަނގަޅުނޫންވާހަކަ ކަމައް އަމިއްލައަށް އިއުތިރާފުވެ އަނގަބަންދުވެގެންނޫންތޯ ހުރީ.

  4
  25
 6. ހަނީފް

  ހަމަ ޙަޤީޤަތުގައިވެސް މިރާއްޖޭގެ ވެރިކަމަށް މިޙާލަތުގައި އެންމެ ރަނގަޅު ބޭފުޅަކީ ޢުމަރު ނަޞީރެވެ. ގިނަ ޒުވާނުން މަސްތުގެ ވަބާގައިޖެހި އަދި އެކަމުގެ ސަބަބުން އެހެނިހެން ފާޙިޝް ކަންކަމުގެ ތެރެއަށް ޣަރަގުވެ މުޅިން ބަރުބާދުވެގެން ދަނީއެވެ. އެކަމަކު ވެރިަކަމަށް ކުރިމަތިލާ އެންމެންކަހަލަ ގޮތަކަށް ދައްކަނީ ތަރައްޤީކޮށްދޭ ވާހަކައެކެވ. ރައްޔިތުންގެ ޖީބުތައް ފުރާލާ ވާޖހަކައެވެ. އެހެނަސް އިންސާނާ ދުނިޔެއަށް މާތްﷲ ފޮނުއްވާފައިވަނީ އެކަލާންގެއަށް ފުރިހަމައަށް އަޅުކަންކޮށް ދުނިޔޭގައި ރަނގަޅު ޙަޔާތެއް ވޭތުކޮށް އުޚުރަވީ ޙަޔާތް ބާއްޖަވެރި ކިުރާށެވެ. އެހެންކަމުން އިސްލާމީ ޝަރީޢަތް ތަންފީޒުކޮށް ރަނގަޅު މުޖުތަމަޢެއް ބިނާކުރުމަށް އެންމެ ރަނގަޅުވެރިއަކަށް ވާނީ ހަމަ ޢުމަރު ނަޞީރެވެ.

  28
  4
 7. ހުސޭނުބޭ

  ޑްރަގް ޑިލަރުން އެކަނިތަ؟ ރޯޔަލް ރޭޕިސްޓުންވެސް އެބައުޅޭ!

  21
 8. ޑުރަގު އޮފީސް

  ކަލޯ އަށް ތި ޑުރަގު ލީޑަރުން އެގެއްޏާ މި ކޮޅަށް އެމީހުން ގެ ނަންތައް ފޮނުވާދީ ބަލަ؟ އެއިރުން އެމީހުން ގައި ގާ ޓެގު އެޅުވޭނީ

  3
  16
  • އަބްދުއްލަޠީފު

   ތީއޭގެ މީހެއް. ޓެގް އަޅުވާގޮސް

   1
   1
 9. ކޮރަލް

  ރަނގަޅު ވާހަކަ އެކެވެ. އަދި ހަމަ ދައުލަތުގެ ވަކީލު ހާޒިރު ނުވެގެން ބޮޑެތި ކުއްވެރީން ދޫވީމަ ޖޫރިމަނާ ކުރަނީ 250 ރުފިޔާ އަށެވެ. މިއީ ޖޯކެކެވެ.

  26
  1
 10. ރާއްޖެތެރެ

  މަނިކުފާން އުޅުއްވަނީ ބޮޅުވާހަކައެއް ދައްކައިގެން މީހުންގެ ސަމާލުކަން ހޯދަން

  1
  14
 11. Anonymous

  ދައުވާކުރަން ވަކި މުއްދަތެއް ގާނޫނުގަ އޮންނަން ޖެހޭތަ.. މި ކަހަލަ ކޮސް ވާހަކަ ގާނޫނުގަ ލިޔާ ގަމާރުން މިހާރުން މިހާރަށް މި ގައުމުގެ ޒިންމާދާރު ވަޒީފާތާކުން ބޭރުކުރޭ!

  14
  1
 12. ވާވާވާ

  ހުރިހާއެއްޗެހި ވިއްކާލީ ލަދުކޮބާ ހިއްސާއޮތީމަ ނުކެރޭނެ އެއްވެސްކަމެއްކުރާކައް

 13. އާދަމުގެދަރި

  މިކަމާމެދު ދުނިޔޭގެ ހުރިހާ ކަމެއް ދަންނަ ހުރިހާ ކަމަކާބެހިގަންނަ އެލެކްސް އެއްވެސް އެއްޗެއް ނުބުނަނީ މިއީ އަނެއްކާ އޭނާ ބުނެގެން ކޮށްފައި އޮތް ކަމަކީބާ!

 14. އަލްޖިބްރާ

  ކަލޭގެ ލަދުހަޔާތް މަދުކަމުންވެސް ބުނާނެ އެއްޗެއް ނެތް ! ބާރުއޮތްއިރު ކަލޭ ދަމާކަޑަން ދުވި ދުވަސް ހަދާން އެބަހުރިތަ ؟ އެދުވަހު އެކަން ނުކުރީ ވަޒީފާގަޑު ގެއްލިދާނެތީ ! ވެރިކަމަށް ފައިނެގީމަ ކަލޭބޭރުކުރިކަން ހަދާން އެބަހުރިތަ ؟ މިހާރު ތިއަގަ ގަޅާނެކަމެއްނެތް !

 15. އުމަރާބޭ

  މީ އަދިގުރާސްތާ ލުބްއޮއިލް 30އަހަރު ސުކޫލްތަކުގައި އިސްތިހާރުކޮއްގެން ރޭވުމެއްގެ ދަށުން ރަގަނޅު ދަރިފަސް ކޮޅަކުން މިގައުމަގަވެރިކަން ކޮއްފާނެތި ވެރިކަން ދިފާއުކުރަން ހިންގި ޖަރީމާއެއްކަމައް ވުންގާތީ އެކަން މިދަނީ ސަރުކާރުތަކުން ސަގާފަތަކައް ހަދައިގެން ކުރިޔައް ހެއްވާކަމަކީ މިގައުމުގެ ތިޔަކަންކަން ހުއްޓުވޭފަދަ މީހުންގެ ދަރިންނައް ސުކޫލް ތަކައް ގެންގޮސްގެން ކިޔަވާދޭން މަސައްކަތް ކުރުން ކޮބާތޯ އެކުދިންގެ މުސްތަގްބަލް މިގައުމުގައި މިހާރު މުސްތަގްބަލެއްނެތް ކަހަލަ ކީއްތޯ ކުރާނީ އެމީހަކައް ދައްކަވަން ހުރި ކަމެއް ދައްކަވާފައި މަރުގަންނަވާނީ މުސްކުޅިންބުނެ އުޅޭ ހަރުބަހެއް