މޫސުން ގޯސްވެ އަށް އަތޮޅަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވީ ކ.އަތޮޅުން ފެށިގެެން ތ. އަތޮޅާއި ހަމަޔަށް މުސުން ގޯސްވާނެެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން ހުދު ސަމާލު ނެެރެެފައި ވަނީ ހެނދުނު 8:00 އިން ފެށިގެެން 14:00 އާއި ހަމައަށެވެެެ.

މެެޓް އޮފީހުން ވިދާޅުވީ، މި ވަގުތުތަކުގައި ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެެދަށް ވައިގަދަވާނެެ ކަމަށެެވެެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައއި ގަދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެެޓް އޮފީހުން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެެވެ. ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށާއި، ރާޅުގައި 3 ފޫޓާއި 6 ފޫޓާއި ދެމެދުގެ އުސްމިން ހުންނާނެ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މިމަހުގެ ތެރޭގައި އުތުރުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށް އެެ އިދާރާއިން ވަނީ ލަފާކޮށްފައެެވެ. މީގެ އިތުރުން މެެދު ރާއްޖެތެރޭގެ ރަށްތަކަށްވެސް ވިއްސާރަކުރާނެ ކަމަށާއި، ދެކުނަށް އާންމު ގޮތެއްގައި މަޑުވާނެ ކަަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.