(ފުވައްމުލައް ސިޓީ) ފުވައްމުލައް ޔޫރޯގެ، އަހުމަދު ފައުޒާން ދުނިޔެ ދޫކޮށްދިޔުމާއެކު އޭނާގެ އެކުވެރި ކްލާސް ކުދިންނަށް ކުރިމަތިވެފައިވާ އަސަރު ބޮޑުވުމުން ފައުޒާނާއެކު ކިޔަވަމުން އައި ކްލާސް ރޫމް މި ވަގުތަށް ބަދަލުކުރަން ފުވައްމުލައް ސްކޫލްގެ މެނޭޖްމަންޓް އިން ނިންމައިފިއެވެ.

ފުވައްމުލަކު ސްކޫލްގެ ޕްރިންސިޕަލް ހަސަން ޒަރީރު "ވަގުތު" އަށް ވިދާޅުވީ އެ ހާދިސާގެ ސަބަބުން ސްކޫލްގެ އެންމެނަށް ވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ. ފައުޒާނަކީ ސްކޫލްގެ ހުރިހާ ގްރޭޑްތަކުގެ ކުދިންނާ ވެސް ވަރަށް ގާތުން މަސައްކަތް ކުރާ ކުއްޖަކަށް ވާތީވެ، ހުރިހާ ދަރިވަރުންނަށް ހެން ވެސް އަސަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފައުޒާން ކިޔަވަމުންދިޔަ ސްކޫލްގެ ޕްރިންސިޕަލް؛ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި ގޮތުން ކްލާހުގައި ކިޔެވި ކުދިން، ފައުޒާނާ އެކު ކިޔެވި ކްލާހުގައި އިންނަން ޖެހޭނީ ފައުޒާންގެ ހަނދާންތައް ވަރަށް ބޮޑަށް އާވާތީ ކުދިންނަށް އެ ކްލާސް ރޫމްގައި ކިޔަވަން ވެސް ދަތިވި ކަމުގައި ޕްރިންސިޕަލް ވިދާޅުވިއެވެ.

ކްލާސް ޓީޗަރު ޝާދިޔާ ހުސައިން ވިދާޅުވި އެސެމްބްލީގެ ކުރިން ފުރަތަމަ ކުދިން ގޮސް ތިބީ ފައުޒާނާ އެކު ވެސް ތިބި ކްލާސް ރޫމްގައި ކަމަށެވެ. އޭރު ވަރަށް ގިނަ ކުދިން ރޮމުން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. އެސެމްބްލީ ނިންމުމަށް ފަހު ސްކޫލްގެ މެނޭޖްމަންޓްއާ މަޝްވަރާ ކުރުމަށް ފަހު ނިންމީ އެހެން ކްލާސް ރޫމްއަކަށް ދަރިވަރުން ބަދަލު ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ފައުޒާންގެ ކްލާސް ޓީޗަރު؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ކްލާސް ކުދިންނާ ސްކޫލްގެ މެނޭޖްމަންޓުން ވަކިން ބައްދަލުކުރިއެވެ. މި ގޮތުން ޕްރިންސިޕަލް ޒަރީރާއި، ކްލާސް ޓީޗަރު ޝާދިޔާއާއި، ލީޑިން ޓީޝަރު މުހައްމަދު އަސްލަމްގެ އިތުރުން ކައުންސެލިންގެ ބޭފުޅަކު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެތެވެ. ކްލާސް ކުދިންނާ އެކު ކުރި އެ މަޝްވަރާތަކަށް ފަހު ކްލާސް ރޫމް ބަދަލު ކުރަން ނިންމީ ކްލާސް ޓީޗަރު ޝާދިޔާގެ އެދުމުގެ މަތިންނާއި އެ ގޮތަށް ކްލާސް ކުދިން ވެސް ބޭނުންވާތީއެވެ.

ފައުޒާނަކީ ފުވައްމުލަކު ސްކޫލްގެ ވަރަށް ފާހަގަކޮށްލެވޭ ދަރިވަރެކެވެ. އެތްލެޓިކްސްގައި ފާހަގަކޮށްލެވޭ ހުނަރުވެރިއެކެވެ. އަދި ސްކައުޓް ހަރަކާތްތަކުގައި ވެސް ވަރަށް އިސްކޮށް ހަރަކާތްތެރިވެފައިވާ ދަރިވަރެކެވެ.

ފައުޒާން ކިޔަވަމުން ދިޔަ ކްލާސް ރޫމްގައި ހުރި އޭނާގެ ގޮނޑިއާއި މޭޒު- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ފައުޒާން ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ ހޮނިހިރު ދުވަހުގެ ހަވީރު 16:47 ކަންހާއިރު އެވެ. އޭނާ ފެނުނީ 17:50 ކަންހާއިރުއެވެ. ފައުޒާން ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. ފައުޒާން ގެނބުނީ އޭރު އެ ސަރަހައްދުން އޮޔާ ދިޔަ ދެކުއްޖަކު ސަލާމަތްކޮށްދިން ފަހުންނެވެ.

ފައުޒާން ގެނބުނު ސަރަހައްދަކީ މީގެ ކުރިން އެފަދަ ހާދިސާތަކެއް ހިނގަފައިވާ ސަރަހައްދެކެވެ. މީގެ ކުރިން އެ ސަރަަހައްދުން ޕާކިސްތާނުގެ ޑޮކްޓަރެއްވެސް ވަނީ ގެއްލިފައެވެ. އޭގެ އިތުރުން ވެސް އެތައް ބަޔަކު އެސަރަހައްދަށް މޫދަށް އެރި އުޅެނިކޮށާއި އެދިމާލުން ރަށަށް އަރަން އުޅެނިކޮށް ބޮއްކުރާ ބަންޑުން ޖަހާލުން ފަދަ ހާދިސާ ތަކުގައި ނިޔާވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޢަހު

    ދެން ތިޔަހެން ކިޔައިގެންވެސް ކޮމެވެސް ގޮތަކުން ޓީޗަރުންނަށް ޖެއްސުން ކޮށްލެވޭތޯ ބަލާ.

    11
    68
  2. ނައިބު ތުއްތު

    އިންސާނުންގެ ހަދާން ހުންނަ ކަމުގައިވަނީ މެއްސެއްގެ އުމުރަށް އެއަށްފަހު ހަދާންނެތިގެން ދާނެ... އެންމެންވެސް މިއަދު މިވާހަކަ ދައްކާނެ... ފަހުން މައްޔިތާގެ ފާފަ ފުއްސެވުމަށް އެދޭނީވެސް މަދުބަޔަކު ...

    76
    2
  3. އައްބޭބެ

    ކޮންމެ މީހަކީ މަރުވާނޭ މީހެއް. އެމީހެއްގެ ހަނދާންތައް ހުންނާނެ. އެއީކޮންމެހެން މާ ކަންތައް ބޮޑުކޮށްލައި، އުޅޭ ކްލާސްރޫމާއި، ސްކޫލާއި، ރަށާއި ބަދަލުކުރަންޖެހޭވަރު ކަމެއް ނޫން. ދުވަސްކޮޅަކުން ހަމައަކަށް އެލޭނެ.

    73
    27
    • ނަންނި

      ތިޔަ ބުނާހާ ފަސޭހަ އަކުންނެއް ހަނދާން ނެތޭނެ ކަންތައްތަކެއް ނޫން އެއީ އެއް. މުޅި އުމުރަށްވެސް އެ ހަނދާން ތައް ކުރާނެ. އެ ހިތާމަ ކުރާނެ. އެއީ ކަންތައް ބޮޑު ކުރުމެއްވެސް ނޫން. އަމިއްލަ އަށް އެކަހަލަ ކަމެއް އިހްސާސް ކުރަން ޖެހުނީމަ އެނގޭނީ އޭގެ ތަކުލީފާއި އަޅާވޭން.

      107
      6
  4. ޢާއިޝާ

    ކޮންމެ މަރަކީ ވެސް ދިރިތިބީންނަށްވާ ހަނދާންކޮށްދިނުމެއް. މައިންބަފައިނާއި ޓީޗަރުން ކުދިންނަށް ކިޔައިދޭންވީ ކޮންމެ މީހެއް ކޮންމެ ފަދަ ވަގުތެއްގައި ވެސް މަރުވެދާނެކަން. މަރަށް ތައްޔާރުވާން ޖެހޭނެކަން. ތައުބާވެ ރަނގަޅަށް އުޅެން ކުދިންނަށް ނަސޭހަތްތެރި ވާންވީ. މަރަށް ނުފިލޭނެކަން.

    61
    1
  5. Anonymous

    ކްލާސް ކުދިން ފައުޒާނަށް ހެޔޮދުޢާ ކޮށްދެމާ

    78
    1
  6. ދެރަކަމެންނު

    ޢަޅެ މިތަނަށް މޫދަށް އެރުން ހުއްޓާލާކަށް ނުވޭބާ؟

    39
    1
  7. 💔

    އާހް😭😭😭💔💔💔 ހުރިހާ ނޫހެއްގަ ފައުޒާން♥️ ގެ ފޮޓޯތައް💔💔 އެ ފޮޓޯތައް ފެނުނީމަ ވަރަށް ވަރަށް ދެރަވޭ ވަރަށް ހަނދާންވޭ😩😩😩💔💔 އެކަމަކު ނޫސް ތަކުން ފައުޒާން♥️ އަށް ދޭ ސަމާލުކަން ޙާއްސަކޮށް ވަގުތު ނޫހުން ގެނެސްދޭ ރިޕޯޓްތައް ވަރަށް ފުރިހަމަ♥️ ފައުޒާން♥️ ގެ ހަނދާން އަބަދުވެސް އާވާނެ♥️ އެއީ ހަމަ ބެސްޓް♥️ ފައުޒާން އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި♥️🤲🏾💖

    68
    3
  8. Anonymous

    ބޭކާރު ކަންކަން

    3
    23
  9. ރައްޔިތުން

    انا لله وانا اليه راجعون.
    اللَّهُمَّ اغْفِرْ لَهُ.
    މަރުހޫމް އަށް ސުވަރުގެ މިންވަރު ކުރައްވާނދޭވެ!

    46
  10. ޑައިވަރޭ

    ޒަރީރަށް ރީތިކޮށް ޓައީގެ ގޮށް ޖަހަން ދަސްކޮއްދޭނެ މީހަކު ތިރަށުގައި ނެތީތޯ؟

    7
    11