ކޮވިޑް-19 ވެކްސިން މިމަހުގެ 26 ވަނަ ދުވަހު ރާއްޖެ ލިބޭނެކަން ކަށަވަރުވެއްޖެ ކަމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ބުނެފިއެވެ.
ޕީއެސްއެމް އިން ބުނީ ކޮވިޑް-19 ވެކްސިން ރާއްޖެ ގެނައުމުގެ މަސައްކަތުގެ އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލަކު 26 ވަނަ ދުވަހު ރާއްޖެއަށް ވެކްސިން ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.
ރާއްޖެ އިން ކޮވިޑް-19 ވެކްސިންގ ގަތުމަށް ނިންމާފައިވަނީ ސިންގަޕޫރުގެ އެސްޓްރާޒެނެކާއިން ކަމަށް މިނިސްޓްރީ އޮފް ފިނޭސްއިން މިދިޔަ މަހުގެ 31 ވަނަ ދުވަހު ވަނީ ވިދާޅުވެފައެވެ. މިކަމާގުޅޭ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ސަރުކާރުން ވިދާޅުވެފައިވެއެވެ.
ރާއްޖެ އަށް މިމަހު ވެކްސިން ގެންނާނެ ކަމަށް ބުނި ނަމަވެސް ގެންނާނީ ކިހައި އަދަދެއްގެ ވެކްސިނެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އެންމެ ފުރަތަމަ ހެލްތު މިނިސްޓަރުބެ އަށް ވެކްސިން ދީ..!
ނަމަނަމަ ވެންޓިލޭޓަރ ސަކަރާތް ނުޖަހާތި އަލުން ސަންދޯއް ހިފައިގެންނޫނީ
ތިސަކަރާތް ނުޖަހާނެ ކަމަށް ހީނުކުރާތި
ފުރަތަމަ ހުރިހާ ސިޔާސީމީހުނައް ވެކްސިންޖަހާ އެމީހުންނައް ސައިޑްއުފެކްޓް ބޔފެނުއްޖެޔާ އާންމޔރައްޔުތުން ގަޔައްޖަހަންވާނީ
الحَمْدُ ِلله
ކޮވިޑު 19 ވެކްސިން ގައުމުތަކުގެ ބޮޑުންގަޔަށް ޖަހާތޯއެވެ؟
ވެކްސިން ޖަހަނީ ކަމަށް ހަދާފަ ނޫސްވެރިންކުރުމައްޗައް އަރާފަ ގޮތްދައްކާލަނީކީނޫންތޯއެވެ؟
އެނމެ ފުރަތަމަ ތި ޖަހަނަ ޖެހޭނޭ މިގައުމާ ހަވާލުވެހުރި ރައީސުމީހާ އާއި ސިއްހަތާބެހޭ މިނިސްޓަރު،، އޭގެފަހުން ރައްޔިތުންނަށް
އެނމެ ފުރަތަމަ ތި ޖަހަނަ ޖެހޭނޭ މިގައުމާ ހަވާލުވެހުރި ރައީސުމީހާ އާއި ސިއްހަތާބެހޭ މިނިސްޓަރު،، އޭގެފަހުން ރައްޔިތުންނަށް
ކުރީފަހަރު ވެންޓިލޭޓަރު ވައްކަން ފެސިލިޓީ ވައްކަން މިފަހަރު ވެކްސިނުން ވައްކަން ނުކޮށްފިއްޔާ ސަހަރޯ
ފުރަތަމަ ތި ވެކްސިން ދޭން ޖެހޭނީ ރައީސް ސޯލިހު ގަޔައްށާއި އަންނި ގަޔައްސާއި ކެރެފާ ގަޔައް، އޭގެ ފަހު ދިވެހި ރައްޔިތުންގެ ގަޔައް.
އިންޑިޔާ އިންގެންނަ އިނޑިޔާ ވެކްސިން ބޭނުމެއްނޫން، އެއީ 85 % ވެސް ނުދައްކާ ވެކްސިނެއް. އަދި ޓެސްތް ފުރިހަމަ ނުވާ ވެކްސިނެއް. މޯދީގެ ސަޕޯޓް ކުޑަވީމަ އަވަހަށް ފަގީރުންނަށް ވެކްސިންދެނީ