ގއ. ދެއްވަދޫން އިތުރު ނުވަ މީހަކު ކޮވިޑް-19 އަށް ފައްސިވެ އެރަށުން ފައްސިވި މީހުންގެ ޖުމްލަ އަދަދު 33 އަށް އަރައިފިއެވެ.

އިއްޔެ ހެނދުނު އެރަށުން މައުލޫމާތު ދީފައިވާ ގޮތުގައި އިއްޔެ އާއި ހަމައަށް 24 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ރޭ މެންދަމު 00:00 އާއި ހަމައަށް ލިބުނު ނަތީޖާތަކަށް ބަލާއިރު މިހާރު ރަށުގައި ކޮވިޑް-19 އަށް ފައްސި 33 މީހުން އެބަތިއްބެވެ.

އެންމެ ފަހުން އެރަށުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ވަކި ތަރުތީބެއް ނެތި ނަގަމުން ގެންދާ ސުންކު (ސާމްޕަލް) އާއި ކުރިން ފައްސިވި މީހުންނާއި ގާތުން އެއްތާވި (ޑައިރެކްޓް ކޮންޓެކްޓްވި) މީހުންގެ ސުންކު އެވެ.

ދެއްވަދޫން 10 މީހަކު ކޮވިޑް-19 އަށް ފައްސިވުމުން ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ ބުރާސްފަތި ދުވަހެވެ.

ދެއްވަދޫ އިހަލާއި (ކްލަސްޓާ) ގުޅިފައިވާ ވޭދަނަތައް ލ.އަތޮޅު ފޮނަދޫންނާއި ހުޅުމާލެ އިން ވެސް ފެނިފައި ވެއެވެ. ދެއްވަދޫން ފޮނަދުއަށް ދިޔަ ބަޔަކު ކޮވިޑް-19 އަށް ފައްސިވުމުން ފޮނަދު އާއި ގަން އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. ނަމަވެސް ދެރަށުން އިތުރު މީހަކު އަދި ކޮވިޑް-19 އަށް ފައްސިވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު