ޏ. ފުވައްމުލަކުގައި މިދިޔަ ހޮނިހިރު ދުވަހު ގެނބިގެން ނިޔާވި އަހްމަދު ފައުޒާންގެ މައިންބަފައިންނަށް ކޮންމެ މަހަކު ފަސް ހާސް ރުފިޔާގެ އެހީއެއް ދޭން "ވަގުތު" އިން ނިންމައިފިއެވެ.

"ވަގުތު ހޭރިޔާ" ދަތުރުގައި ފުވައްމުލަކަށް ގޮސް ތިބި ސީނިއާ މުވައްޒަފުންނާއި ނޫސްވެރިން ވަނީ ފައުޒާންގެ އާއިލާއާއި ބައްދަލުކޮށް -/5000 ރުފިޔާ ދީފައެވެ.

"ވަގުތު" އިން މައުލޫމާތު ދޭގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ކޮންމެ މަހަކު -/5000 ރުފިޔާގެ އެހީއެއް ފައުޒާންގެ މައިންބަފައިންނަށް "ވަގުތު" އިން ފޯރުކޮށްދޭނެއެވެ.

"ވަގުތު" އިން ބުނީ ދާއިމީކޮށް "ވަގުތު" އިން ފައުޒާންގެ އާއިލާއަށް އެހީވާން ނިންމީ ސްކޫލް ނިމި މަސައްކަތުގެ މާހައުލަށް ނިކުންނަން ތައްޔާރުވަމުން ދިޔަ ދަރިވަރުގެ ކުއްލި ވަކިވުމާ ގުޅިގެން އާއިލާއަށް ލިބިފައިވާ ހިތާމައިގައި ބައިވެރިވުގެ ގޮތުންނެވެ.

"ފައުޒާން ނިޔާވީ ސްކޫލް ނިންމައި މަސައްކަތުގެ މާހައުލަށް ނިކުންނަން ތައްޔާރުވެފައި ވަނިކޮށް، އެހެންވެ އާއިލާ އަށް ލިބިގެންދިޔަ އުނިކަމުންނާއި ލިބިފައިފައި ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ދެވޭ ރަމްޒީ އެހީއެއް މިއީ." ވަގުތު އޮފިޝަލަކު ވިދާޅުވިއެވެ.

ފައުޒާންގެ މަންމަ ބުނީ ކޮންމެ މަހަކު "ވަގުތު"އިން ދޭ ފައިސާ އެ އާއިލާގެ އަމިއްލަ ބޭނުންތަކަށް ބޭނުން ނުކުރާނެ ކަމަށެވެ. އަދި އެ ފައިސާ ބޭނުން ކުރާނީ ބޭނުން ޖެހިފައިވާ މީހުނަށް އެހީތެރިވުމުގެ ގޮތުން ކަމަށް ފައުޒާންގެ މަންމަ ބުންޏެވެ.

"އަޅުގަނޑުމެން ފައިސާ ދޭނީ ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުންދާ ކޮންމެ ވެސް މީހަކަށް، ފައިސާގެ އެހީއަށް ބޭނުން ޖެހިފައިވާ ކޮންމެ ވެސް މީހަކަށް، ފައުޒާނަށް ކުރާ ސަދަގާތެއްގެ ގޮތުގައި،" ފައުޒާންގެ މަންމަ ބުންޏެވެ.

މީގެ ކުރިން 2017 ވަނަ އަހަރު، ޏ. ފުވައްމުލަކުގައި "ވަގުތު އެހީ" ގެ ހަރަކާތްތައް ހިންގިއިރު ފައުޒާންގެ މަންމައާއި އެ އާއިލާގެ ބައެއް މީހުން ވެސް އަމަލީ ގޮތުން ބައިވެރިވެފައިިވާ ކަން ވެސް ފާހަގަކޮށްލެވެއެވެ.

ފައުޒާންއަކީ ޏ. ފުވައްމުލަކު ސްކޫލްގެ ވަރަށް ފާހަގަކޮށްލެވޭ ދަރިވަރެކެވެ. އެތްލެޓިކްސްގައި ފާހަގަކޮށްލެވޭ ހުނަރުވެރިއެކެވެ. އަދި ސްކައުޓް ހަރަކާތްތަކުގައި ވެސް ވަރަށް އިސްކޮށް ހަރަކާތްތެރިވެފައިވާ ދަރިވަރެކެވެ.

ފައުޒާން ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 16:47 ކަންހާއިރު އެވެ. އޭނާ ފެނުނީ 17:50 ކަންހާއިރުއެވެ. ފައުޒާން ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

ފައުޒާން ގެނބުނީ އޭރު އެ ސަރަހައްދުން އޮޔާ ދިޔަ ދެ ކުދިންގެ ތެރެއިން ކުއްޖަކު ސަލާމަތްކޮށްދިން ފަހުންނެވެ. ފައުޒާން ދުނިޔެ ދޫކޮށް ދިޔައީ ބައެއްގެ ފުރާނަ ސަލާމަތް ކޮށްދިނުމުގައި އުޅެނިކޮށްކަމަށް ވާތީ އޭނާގެ އެ ޚިދުމަތަށް މުޅި ގައުމު މިއަދު ފަޚުރުވެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޥަގުތުން

    ތި ޢެހީ އިސްތިހާރު ކޮށް ދެެއްކުންތެރިކަން ނެތް ނަމަ ކޮންފަދަ ހެޔޮ ޢެހީއަކަށްވީސް

    77
    7
  2. ♥️

    ވަގުތު ދެކެ ވަރަށް ލޯބިވޭ♥️♥️♥️ މާތް ﷲ ވަގުތު ކުދިން ކުރަމުން ތިގެންދާ މަސައްކަތުގައި ބަރަކާތް ލައްވާށި🤲🏾❤️ ވަގުތު ތީ ހަމަ ބެސްޓް💯 ހުރިހާ ނޫހަކަށްހުރި ނަމޫނާއެއް♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ފައުޒާން އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާ ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި♥️🤲🏾🤗🤗

    125
    6
  3. ހެޔޮއެދޭ

    ތިޔަ މަންމަ ތިޔަދެއްކެވީ މަޢުސޫމު ކަމުގެ މާތް ނަމޫނާއެއް.ލިބިލައްވާ އެހީ ޞަދަޤާތް ކުރުން ނިންމެވުން އެއީ މަޢްސޫމް ކަމާއި ނަފްސު ތާޙިރު ކަމާއި ޚުލްޤް ހެހޮ ކަމުގެ ކޮންފަދަ މަތިވެރި މިސާލެއްތޯ!މިލިއަނުން ފައިސާހުރި މީހުނާއި މުދަލުގެ ތަނަވަސްކަމުގެ އަހުލުވެރިންނަށް ވުރެ ތިޔަ މަންމަގެ ހަޤީޤީ މުއްސަނދިކަން އަދަދުން ބަޔާން ނުކުރެވޭހާ މަތިވެރި.ވަރަށްވެސް ޢިބްރަތްތެެރި ފުރިހަމަ ނަމޫނާއެއް. މާތް ﷲ ވަޤުތު ނޫހުގެ އަދި ޢާއިލާގެ ތިޔަ ހެޔޮ އަމަލުގައި ބަރަކާތް ލައްވާއި ފަައުޒާން އަދި ޢާއިލާއަށް ހެޔޮ ރަޙްމަތް ލައްވާށި.

    181
    3
  4. ބުއްޅަބޭވެސް

    އެހީވުމަކީ ރަނގަޅުކަމެއް.
    ނަމަވެސް މި ފަހަރު ތިނިންމި ނިންމުން ހަމަ ރަނގަޅުތޯ ސުވާލު އު ފެދޭ.
    ގަބޫލުކުރަން ވަގުތު ނޫހުން އިޖްތިމާއީ ކަންކަމުގައި އެހެން ހުރިހާ ނޫސްތަކަށްވުރެ ކުރީގައި އުޅޭކަން. ބަޓް.....

    38
    11
  5. ފިޔަވަޅު

    ކޮންފަދަ މަރިވެރި އާއިލާއެއްތޯ.. 😍😍 މި އާއިލާއަށް ކެއްތެރިކަމާެި އުފާވެރިކަން ދެއްވާށި 😍😍

    102
    1
  6. ޢަދުރޭ

    ވަގުތު .. ނޫސް ..ނޫނީ ... މުޖްތަމަޢު ގެ .. ފައިދާޔަށްޓަކާ .. އުޅޭ .. ނޫހެއް ..ނެތް... ހަވީރު ..ނޫހަކީ ... ޢަދި .. މިހާރުގެ ..ނަމުގައި .. ހިންގާ ..ނޫހަކީ .. ..ޒާތްކޮޅު ..ބޮޑު .. ނޫހެއް .
    . ވަގުތު ..ނޫން .. އެއްޗެއް.. ނުބަލަން .. ކުރިންވެސް ..މަށެއް

    46
    6
  7. އައްޑޫ ލެއި

    ވަގުތު ނޫހުން ތިކުރަށްވާ މަސަށްކަތަށް އައްސަރިބަހާއި ސާބަސް ރައްދުކޮށް ހިއްވަރުދެން. މާތްﷲ ތިބޭފުޅުން ތިކުރަށްވާ މަސައްކަތުގަ ބަރަކާތް

    20
    1
  8. ޝަމީން

    2016 ގައި އަޅުގަނޑު އެކްސިޑެންޓް ވެގެން އަޅުގަނޑަށް ވަގުތު ޓީމް އިން ވެދެއްވި އެޙީއަށް ވަރަށް ބޮޑަށް ށުކުރިއްޔާ!
    ﷲ ވަގުތު ޓީމް އަށް ހެޔޮގޮތް މިންވަރު ކުރައްވާށި..އާމީން

    28
    1
  9. ޝުކުރިއްޔަވަގުތު

    މަރުވުމަށް ފަހު މައްޔިތާއަށް ކޮށްދެވޭނެ ވ. ޜަނގަޅު ކަމެއް ދުއާކޮށް ސަދަގާތްކުރުމަކީ. އާއިލާއަށް ކެތްތެރިކަން ދެއްވާށި. ވ ރަނގަޅު ނިންމުމެއް.
    އެމް.ޕީ.އެލް ގައި މަސައްކަތުގައި އުޅެނިކޮށް ނިޔާވި މީހާގެ ވާހަކަ އަޑު އަހާފައިވެސް ވ.އަސަރުކުރި. އާއިލާއެއްގެ ޙަރަދުތައް ބަލަހައްޓާ ޒުވާން ކުއްޖެއްކަން އެނގުނު. ބައްޕައެއް ކައިރީގައި ނެތް އާއިލާއެއްގައި ބައްޕައެއްގެ ޒިންމާ ނަގައިގެން އެއްބަނޑު ކުދިން ބަލާ ކުއްޖެއްކަން އެނގުނު. ވަގުތު ނޫހުން ކޮންމެވެސް ވަރެއް ކޮއްދޭނެކަމަށް ހީކުރަން. މިގައުމުގަ މަހުޖަނުންގެ އަމިއްލެއަށްފެނިގެން މިކަން ކަން ނުކުރާނެ ވަރަށް. އެހީވެވެން ހުރި އިރު އެންމެ އެހީ ބޭނުންވާނެ ފަރާތްތައް ބަލައިގެން ދިނުމަކީ ރަނގަޅުކަމެއް. ވަގުތަކަށްވެސް ހުރިހާ އެންމެންނަށް އެހީ ނުވެވިދާނެ ކަން ގަބޫލުކުރަން. ވަގުތުގެ މަސައްކަތް ބަލއިގަންނަން.

    36
    1
  10. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    ސަދަޤާތު ގެ ފައިދާ މާތް ﷲ ހަލުރަތު ގައި "ބޮޑަށް" ލިބި އެ ސަދަޤާތް ކުރި ފަރާތަށް ނުވަތަ މީހާ އަށް ގިނަ ސަވާބު ލިބެނީ ކަނާތުން ކުރާ ސަދަޤާތެއް ވާއަތަށް ވެސް ނޭންގި ކުރީމާ ކަމުގައި ރިވާ ވެފައިވާ ޙަދީސް-ފުޅު ތައް ދެކުނީމެވެ. އެނގިހުރި މަޢުލޫމާތެއް އެހެން މީހަކަށް ފައިދާ އެއް ލިބިދާނެކަމުގައި ހީކޮށް، ލިއެލީމެވެ.

    19
    2
  11. ގާރލް7

    ފައުޒާންގެ މައިންބަފައިންގެ ނިންމުމަށް އިޙްތިރާމް ކުރަން. އަދި ތިޔައީ ވަރަށް ރަނގަޅު ނިންމުމެއް. މިއަށް ކުޑަކުޑަ ހިޔާލެއް އިތުރު ކޮށްލާނަން... ތިޔަ ފައިސާއަކީ ހަޤީގަތުގައި ފައުޒާންގެ ފުށުން މައިންބަފައިންނަށް ލިބެން މެދުވެރިވި ފައިސާއެއް އެހެންކަމުން ތީގެން ބައެއް އެހީޖެހިފައި ތިބި މީހުންނަށް ފައުޒާންގެ ނަމުގައި ސަދަގާތްކޮށް ކޮންމެ މަހަކު ކުޑަ މިންވަރެއް ނަމަވެސް ސޭވްކޮށް ފައުޒާންގެ މައްޗަށް " ހައްޖު" ކޮށްލަދެވޭ ވަރަށް ފައިސާކޮޅެއް ރައްކާކުރެވުމުން އެފައިސާއިން ފައުޒާންއަށް ހައްޖެއް ކޮށްލަދިނުން ކިހިނެތްވާނެތޯވް... ފައުޒާން ނިޔާވިއިރު އެއީ 15އަހަރު ފުރިފައި ހުރި ފިރިހެން ކުއްޖަކަށް ވާތީ ދިން ހިޔާލެއް މީހަމަ. މާތްﷲ ފައުޒާންގެ ފާފަތައް ފުއްސަވާ ސުވަރުގެ މިންވަރު ކުރެއްވުން އެދި ދުޢާކުރަން. އާމީން.

    23
  12. އަވަސް

    އެހީ ދޭންވާނީ އާންމުންނަށް ނޭނގޭ ގޮތަށް. މިހާރު ތިދެނީ ހަމަ އިޝްތިހާރު ކުރަން ޕަބްލިސިޓީ ހޯދަން

    1
    1