ކ. މާފުށީގައި ބާރަށް ދުއްވާފައި ދިޔަ ކާރެއް، ކޮންޓްރޯލް ނުވެ ގޮސް މޫދަށް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

އެ ހާދިސާ ހިނގީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެ ހާދިސާ ހިނގި ވަގުތު ކާރުގައި ތިން މީހަކު ތިއްބެވެ.

އޭގެ ތެރެއިން ދެ މީހުންނަށް އަނިޔާ ލިބިފައި ވެއެވެ.

ފުލުހުން ވިދާޅުވީ، އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 12:46 ހާއިރު ކަމަށެވެ.

އަދި މި ހާދިސާ ހިނގިއިރު ކާރުގައި ތިބި މީހުންގެ ތެރެއިން ދެ މީހަކަށް އަނިޔާވުމާއި ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ކާރު މޫދަށް ވެއްޓުނު ވަގުތު ބަނދަރުގައި އަޅާފައި އޮތް ދެ ލޯންޗެއްގައި ޖެހުނު ކަމަށާއި، އެ ދެ ލޯންޗަށްވެސް ގެއްލުންވެފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވިގޮތުގައި، މި ކާރު ދުއްވާފައި ވަނީ ލައިސަންސް އޮންނަ މީހެއް ނޫނެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޢަލީ

  ލައިސަންސް އޮތީ މަ ކޮން ކަމެއް ވަނީ

  13
  1
 2. ރާބެ

  ތިޔަކާރު އަނެއްކާ ހަމައިގަބާ އޮތީ ކާރުގަތިބި މީހުން ތިބޭނީ ހަމައިގަ ތިޔަކާރު ތިއޮތީ ގޯސްހަދާފަ ތިޔަކާރު ހަމަ ވަގުތުން ވަގުތައް ހައްޔަރު ކުރޭ.

  14
 3. ސަލީމް

  "ގޯސް މޫދު" މީ ކޮން ވާހަކައެއްތޯ ؟

  7
  1
 4. Anonymous

  އެހެއް ވީމަ ތިއޮތީ އެއްގަމު އުޅަދަކާއި ކަނޑުގެ އުޅަދަކާއި ޖިހިފަ

 5. ކަޓޭ

  ސޮނީ އުޅޭތަންތާގައި ދުއްވާލެއް ބާރީ.

 6. ޢަލީ

  މި ޙަބަރުގެ ސުރުހީގަ ޖަހަން ޖެހޭނީ ކާރަކާއި ، ލޯންޖެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިގައި ފި

 7. ގޮއްފަތި

  މަ މިއުޅެނީ 10 ފަހަރު ގޮސްގެންވެސް ޑްރައިވިން ޓެސްޓުން ފާސް ނުކޮށްދީގެން. ލާރި އޮތް މީހުން 10،000 ރުފިޔާ ދީގެން ވަގު ލައިސެންސް ހަދައިގެން މުޅި މާލެ ސުންނާފަތި ކުރާއިރު ޓްރާންސްޕޯޓު މިނިސްޓްރީ ކޮބައިބާ .
  ނަހުލާއަަށް އެނގޭބާ ވާނުވާ

 8. ހަބީބު

  ކާރުވެއްޓުނު ދިމާ މޫދު ބަންދުކުރަން ފެންނަނީ

 9. މޮޔަ މީހާ

  ތިޔަ ޙަބަރުގަ ސަލާމަތްކޮށްދިން މީހުންގެ ނަން ޖަހާލިނަމަ ދޯ! ކުޑަ މިނުން އެމްސީއެސް 2 މީހުންނޭ ބުނެލިނަމަ ދޯ! ސަލާމަތް ނުކޮށް ދިނަސް ފުލުހުންގެ ނަން އަބަދުވެސް ޙަބަރަށް އަރާނީ😏

  1
  1