ފަނޑިޔާރުންނަށް އާއިލީ ގޮތުން ގާތް މީހުން ތިބޭ ކޯޓުތަކުގައި މަސައްކަތް ނުކުރެވޭ ގޮތަށް ގަވާއިދަށް އިސްލާހް ގެނެސްފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އެ އިސްލާހް ގެނެސްފައި ވަނީ ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުންއައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދަށެވެ.

އެގޮތުން އާ ގަވާއިދުގައި ވަނީ ފަނޑިޔާރު ކަމަށް ކުރިމަތިލާ ކޯޓު ނުވަތަ ބަދަލުވާން އެދިފައިވާ ކޯޓުގައި ޝަރުއީ ދާއިރާގެ އިދާރީ މުވައްޒަފުންގެ ގަވާއިދުގައި ބުނާ ފަދަ އާއިލީ ގުޅުން ހުރި މީހަކު މަސައްކަތް ކުރާ ނަމަ، އެ ކޯޓަށް އައްޔަނު ނުކުރެވޭނެ ގޮތަށް ނުވަތަ އެ ކޯޓަކަށް ފަނޑިޔާރަކު ބަދަލު ނުކުރެވޭނެ ގޮތަށެވެ.

ޖޭއެސްސީން ވިދާޅުވީ، މި އިސްލާހް ގެނެސްފައި ވަނީ ކޯޓުތަކުގެ ފަނޑިޔާރުންނަކީ އެކޯޓެއްގެ މަސައްކަތް ކުރާ މުވައްޒަފުންނާ މުޞާހަރާގެ ގޮތުން، ނުވަތަ ނަޞަބުގެ ގޮތުންނާއި ނުވަތަ ކައިވެނީގެ ގޮތުން ގުޅުމެއް އޮތް ބަޔަކަށް ވެގެން ނުވާނެކަމަށް އެ ކޮމިޝަނަށް ގަބޫލުކުރެވޭތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސސ

    ލޯފާމް ހަދައިގެން ހިންގާ ވަކީލުނަށް ދައުލަތުގެ މަޤާމުތަށްވެސް އަދާނުކުރެވޭނެ ގޮތައް އޮތުން ރަގަޅު !

  2. އަހްމަދު

    މިއައްވުރެމާރަނގަޅުކަންނޭގެ ދެލޯބިވެރިންނައް އެއްމަޖިލީހެއްގައެހެންނޫނީ އެއްކޮމިޝަނެއްގަ މަސައްކަތްނުކުރެވޭގޮތައްހެދިއްޔާ

  3. ބާރަތު

    ތިޔަހެންވިއްޔާ ދާންދޫ ކޯޓުގެ ދެމަފިރިން ލުއައްޔުގާޟީ ނައިމާއަލީއަށް ތިބެވެނީ ކީއްވެ