ބޭސްފަރުވާއަށް ދުބާއީއަށް ފުރުމުގެ ހުއްދަ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދަށް ނުދީ، ރާއްޖެއަށް ބޭރަށް ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ހައި ކޯޓުން ބާތޮލް ކޮށްފިއެވެ.

ޖިހާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލު ކުރުމުގެ ކުށުގެ ދައުވާ އެވެ.

އެ މައްސަލަގާއި ދައުވާގައި ދަށު ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޖިހާދަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލަތައް ފާހަގަކޮށް ދުބާއީއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދައަކަށް އެދުނެވެ. ދައުލަތުން ވަނީ އޭނާ ފުރުން މަނާކޮށްދިނުމަށް އެދިފައެވެ.

ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ނިންމެވީ ޖިހާދު ފިލައިގެން ގޮސް ކޯޓަށް ހާޒިރު ނުވާނެ ކަމުގެ އިހްތިމާލް އޮތުމުން އޭނާއަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ނުދިނުމަށެވެ. އަދި އޭނާގެ ޕާސްޕޯޓް އަންނަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހާއަށް ހިފަހައްޓަން ނިންމެވިއެވެ.

އެ މައްސަލަ ޖިހާދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މިއަދު އެ ކޯޓުން ނިންމު ނިންމުމުގައި ވިދާޅުވެފައި ވަނީ، ޖިހާދުގެ ފަރާތުން ހުށަހަަޅާފައިވާ ނުކުތާތަކަށާއި، އެ ނުކުތާތަކާއި ގުޅިގެން ހުށަހެޅި އެންމެހާ ލިޔެކިޔުންތަކުގެ މައްޗަށާއި، ޝަރީއަތުގެ މަޖިލީހުގައި ޖިހާދުގެ ފަރާތުންނާއީ، ޕީޖީގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް އެ އަމުރަކީ ޝަރުއީ އަދި ގާނޫނީ އު އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް އެ މައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި، އެ އަމުރު ބާތިލް ކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ ނައިބު ރައީސް ކަމުގެ އިތުރުން ފިނޭންސް މިނިސްޓަރު ކަމާއި އެއްއެމްއޭގެ ގަވަރުނަރުކަން ވެސް ކުރެއްވި ޖިހާދުގެ މައްޗަށް ދައުލަތުން މި ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމެއް ތަންފީޒުނުކޮށް އެއާ ހިލާފު އަމަލެއް ހިންގެވި ކަމަށް ބުނާ މައްސަލައެއްގައެވެ.

އެއީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަ އެގްރިމެންޓެއް ހެދުމަށް 2011 ވަނަ އަހަރު ނޮވެމްބަރު 29 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމި މައްސަލައާ ހިލާފަށް އޭނާ އަމަލު ކުރައްވާފައިވާ ކަމެކެވެ.

މި ގޮތުން ފިނޭންސް މިނިސްޓަރުގެ މަގާމުގައި ޖިހާދު ހުންނަވައިގެން ވަޒީރުންގެ މަޖިލީހުގެ ނިންމުމާ ކަނޑައެޅިގެން ޚިލާފަށް، އެ ކަން އެގޮތަށް ކުރަން ޖެހިދާނެ އެއްވެސް ސަބަބެއް ނެތި، 2013 ވަނަ އަހަރުގެ ޖަނަވަރީ 13 ވަނަ ދުވަހު ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި، ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައި އޮތް %50 ގެ ބަދަލުގައި، ދިވެހި ދައުލަތުގެ %25 ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓަޑާއެކު އެއްބަސްވުމެއްގައި ސޮއިކުރެއްވި ކަމަށް ދައުލަތުން އުފުލާފައިވާ ދައުވާގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ސސ

  ދައުލަތަށް ފައިދާވާ ގޮތަކަށް ކަމެއް ކުރާ އެކަކުވެސް އެބަހުރިތޯ ؟

  14
  1
  • ސަނާ

   ޔެސް 2012 ޖެނުއަރީ 8ގަ ސަރުކާރުގެ ހަރު މުދަލުގަ ހުޅުޖަހާ އަންދާލުން . އެކަން ކުރި ބަޔަކަށް އަދަބު ނުލިބި އެހެން ކޮން ބަޔަކަަށްބާ އަދަބު ދޭން މިއުޅެނީ .

   17
 2. ޕާސްޕޯރޓު ދައްތަ

  ޕާސްޕޯރޓު ބަލާ އާދޭ!

 3. ޕިސްޕިސް

  މިއުޅެނީ ޖަޒީރާ ރާއްޖޭގައި!ޖަޒީރާ ސަރުކާރެއްމިތާއޮތީ!އުތުރު ކަރައިން މިތަން ހިންގަނީ!ކެނެރީ ޚާންދާުނުގެ ދެވަނަ ރަދުން މިތާ ރެދެލި ކުރަޢްވަނީ!މަނިއްޕުޅު ހިއްޕުޅާ ހަމަނުކުރަޢްވައިފިނަމަ އެޖަހަނީ އަދަގޮޑީގައި!

  14
 4. ބެއްޔާ

  ނަޝީދު ވެރިކަމުގެ ވަޒީރުން ނިންމެވި ކަމެއް ޔާމީނުގެ ވެރިކަމުގަ ބަދަލުކުރީމާ އިބޫވެރިކަމުގަ ޖަލަށްދާނެޖެހޭ ސަބަބެއް ނުވިސްނުނު. ތީ ނަޝީދާއި މަސްލަހަތުހުރި ކަމެއްކަމަށް ބެލެވޭ. ނަޝީދުގެ މައްޗަށްވެސް ތިދައުވާ ކުރެވެންޖެހޭ. ދައުލަތަށް ފައިދާހުރި ކަމެއް ނުކުރުމުގެ ކުށުން ދައުވާ ކުރަންޏާ ލައްކަ ބަޔަކުތިބޭނެތާ ތި ދައުވާކުރަންޖެހިފަ.