ކުއްލި ނުރައްކަލުގެ ޤަރާރުގެ މުއްދަތު 30 ދުވަހަށް އިތުރު ކުރަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ސިޓީފުޅުގައި ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި ފަހުން ވެސް ހާލަތައް ބަދަލެއް އައިސްފައި ނުވާތީ އަދި އިތުރު 15 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު މަޖިލީހުން އިތުރު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ރައީސް އެދިވަޑައިގެންނެވި ގޮތައް މަޖިލީހުން އިތުރު ކުރައްވައިފިނަމަ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮންނާނީ އަންނަ މާޗް މަހުގެ 07 ވަނަ ދުވަހާއި ހަމައަށެވެ.

މިކަމާއި ގުޅޭގޮތުން މިއަދު މަޖިލީހުގައި ބަހުސް ކުރިއެވެ.

އަދި ކުއްލި ނުރައްކަލުގެ ހާލަތުގެ އެ ގަރާރުގެ މައްސަލަ ގަައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް ފޮނުވަން ވަނީ މިއަދުގެ ޖަލްސާގައި ފާސްކޮށްފައެވެ. އެކަން ފާސްކޮށްފައި ވަނީ ޖަލްސާއަށް ހާޒިރުވެ ތިއްބެވި 39 މެންބަރުންގެ ތެރެއިން =38 ވޯޓު ލިބިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. Anonymous

    ޔާމީން ދުނިޔޭގަހުރިހުރިހާދުވަހަކަށް ކުއްލިނުރައްކާ އުއުލާނުކޮށްގެން ގައުމުގެ ވެރިކަންކުރަންވީނު

  2. ހެޔޮއެދޭ

    ސާބަހޭ ރައީސް

    • ޙަސަން

      މިހާތަނަށް ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އަޅުގަނޑަށް އެންމެ ކަމުދާ ރައީސް އަކީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމަށް އަޅުގަނޑު ޤަބޫލުކުރާތީ އެމަނިކު ފާނަށް ހިތުގެ އިޙްލާސްތެރި ކަމާއި އެކު ސުކުރު ދަންނަވަމެވެ. އަޅުގަނޑު އެދެނީ އަދި އަޅުގަނޑުގެ ދުޢާ އަކީ ކުރި އަށް އޮތް ފަސް އަހަރުވެސް އެމަނިކު ފާނު ރައްޔިތުންގެ ވެރި އެއްގެ ގޮތުގއަި ދެމި ހުންނެވުމެވެ.

  3. ހެޔޮއެދޭ

    ސާބަސް ރައީސް ޔާމީން

  4. Anonymous

    ބަރާބަރު، އަބަދުވެސް އަހަރުމެން ރައްޔިތުންނަށް ފައިދާބޮޑީ މިކަހަލަކުއްލި ނުރައްކަލެއްގެ ފިޔަވަޅު އަޅާފައި ބޭއްވުން، ގައުމު ހަލަބޮލިވެ މަގުމަތިން ތަންތަނަށްދިއުމާއި ހިނގާބިގާ އުޅުމުގެ އުދަގޫތައް (މަދު ބައެއްގެ ފައިދާއަށްޓަކާ) އަހަރުމެން ރައްޔިތުން ބޭނުމެއްނޫން، ރައީސު މަނިކުފާނުގެ ހިކުމައްފުޅުން މިފިޔަވަޅު ނެއެޅުއްވިނަމަ އާދައިގެ ވިޔަފާރިވެރިންނަށް / ސްކޫލް ދަރިވަރުންނަށް އެތައްގެއްލުންވެ އާއްމު ރައްޔިތުންނަށް ބޮޑުމުސީބާތެއްކަން ޔަގީނެވެ

  5. ހަސަން

    މިއީ ކޮންވައްތަރު ގާނޫން އަށް އަމަލުކުރާ ރައީސް އެއް.

  6. އިސްލާހް

    މިއީ ޅަދާނަ މާލިމީއެއް މިއީ ގަޓުސް ހުރި ލީޑަރެއް ދީނާ ގައުމައްތަކާ ތިޔަކުރާހިއްވަރައް ސާބަހާ އައްސެރިބަސް މިގައުމުގެ ތަރައްގީގެ ބާނީ ތިޔައީ ބޯހިޔާވަހިކަމުގެ ބާނީ ވެލާނާއެއަރޕޯޓުގެ ތަރައްގީގެ މޭއިސްތިރި މަނިކުފާނައް ފިސާރިސާބިތުކަން މިގައުމުުގެދިރުން

  7. ރާނޭ

    ކިހާބޮޑުބަލާޔެ ޗުޓީނުނަގާ ދެންތިބަންތަވީ

  8. ދިވެއްސެއް

    ގަދަ....

  9. ޑޭންޖުރެސް

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ މަމެން މީ ހާކިމާއިން ކަން ތަމެންނަށް މިއަދު ދައްކާލާނަމޭ. ތަމެން ހަމަ ޖެހޭނީ މަމެން ބުނާ ގޮތަށް ބޯލަނބާ ކިޔަމަންވާން އޭ އެމްޑީޕީން ކުއްލި ނުރައްކަލުގެ ހާލަތުގެ ޖަލްސާ ބޮއިކޮޓް ކުރި ނަމަވެސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ ތަމެން ޖެހޭނީ މަަހަށް ދާންއޭ މަމެން މީ ހާކިމާ އޭ ހާކިމާ އަންގާ ގޮތަށް މަޖްލީސް މެމްބަރުން ޖެހޭނީ ތަބާވާންއޭ އެގޮތަށް ކަންކަން ނުކުރާ މީހުން އެއީ ގައުމަށް ގައްދާރު ވާ މީހުންނޭ އެވައްތަރު މީހުން އެއީ ނޯ ޑޭމް ގުޑް ފޯރ އަވަރ ކަންޓްރީ. ދޭއާރ ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ހޭއް ހޭއް ހޭއް ހޯއް ހޯއް ހޯއް ޑޭންޖުރެސް ޑޭންޖުރެސް. ހާއް ހާއް ހާއް ހޯއް ހޯއް ހޯއް ޑޭންޖުރެސް.

    • ރަައީސް ޔާމީން

      ތިކަހަލަ މީހުން އަހަރުމެންގެ މި ގައުމަށް ބޭނުމެެެއް ނޫން.

  10. ހއ

    ބޭރުގެ އިސްތިއުމަރިންނަށް ޤައުމަށް އަރަން ފުރުޞަތު ފަހިވަގޮތަށް ކަންތައް ކުރައްވަނީތޯ. އެހެން މުސްލިމް ޤައުމުތަކަށް ވީގޮތް ނޭގޭތޯ. ތިޔައީ އެއްގޮތަކަށްވެސް ޤައުމަށް ރަނގަޅު ގޮތެއް ނޫން. ޤައުމާ ދެތެރޭ ނުވިސްނާ ނަމަ އޮތް ތާއިދުވެސް ދަނީ ގެއްލެމުން ކަމުގައި ދަންނަވަން. ޤައުމުގެ ވެރިމިހައަށް ދިނަ ޤައުމު ހިމާޔަތް ކުރުމުގެ ވިސްނުން ދެއްވާށިއެވެ.އާމީން

  11. ހއ

    ކުއްލި ނުރައްކާގެ ސަބަބުން އަޅުގަނޑުމެންގެ ކުދި ވިޔަފަރިތައްމިދަނީ ހަލާކުވެ ޤައުމު މިދަނީ އިދަޖެހެމުން. މިޤައުމުގަ ހެޔޮވިސްނޭ މިހެއްވެސް ނެތީ ތޯއެވެ. ރައްޔިތުން ބިކަ ކޮށްފަ ވެރިކަމުގަ ތިބެން އުޅުނު އިރާޤް ސޫރިޔާ ފަދަ ޤައުމުތަކަށް ވީ ކިހިނެތްތޯ. ކުއްލި ނުރައްކާގެ މުއްދަތު އިތުރުކުރުމަކީ ޤައުމުގެ މަލީ ހާލަތު ދަަށްވެ ގިނަ ވިޔަފަރިތައް ބަނގުރޫޓް ވަނެ ކަމެއް.

  12. އައިބިލީވް

    ކޮން 43 ވޯޓެއްތޭ ބޮޑު 43 އޮންނާނީ އިނގޭތޭ ތަމެން ޓެކްސް ބިލް އަދި އެހެން ބިލް ތައް ފާސް ކުރަނީ އެއީ 43 ވޯޓް ލިބިގެންތޭ ނޫންދޯ އެމްޑީޕީ ވެރިކަމުގައި އެންމެ 25 ވޯޓް ލިބިގެން ނޭ ޓެކްސް އާއި ބެހޭ ގާނޫނު ފާސް ކުރީ އެއީ އެންމެ ހާ ރައްޔިތުން އެމައްޗަށް އަމަލު ކުރަން ޖެހޭ އެއްޗެކޭ އެހެން ވެއްޖެނަމަ މަޖްލީހުގެ ޖަލްސާ ގައި ހާޒިރުވެ ތިބި މެމްބަރުންގެ %50 އަށް ވުރެން މަތިން އެންމެ ވޯޓެއް ލިބުނަސް މިހާރު މަމެން ގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ހާކިމާ ހުށައަޅާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ޖެހޭނެއޭ އެއް މަސް ދުވަހަށް އިތުރު ކުރަން. އައި ބިލީވް އިޓް ކޭން ބީ ޑަން އައި ބިލީވް އިޓް ކޭން ބީ ޑަން އައި ބިލީވް އިޓް ކޭން ބީ ޑަން އައި ތިންކް އެބައުޓް އިޓް އެވްރީޓައިމް އައި ބިލީވް އިޓް ކޭން ބީ ޑަން އައި ބިލީވް އިޓް ކޭން ބީ ޑަން.

  13. ޖާނު

    ދުނިޔެ އުމުރައްވެސް ތިކަން ކުރަން ފެންނަނީ

  14. ނާސިރާ

    ޢެބޭފުޅާ އިސްތއިފާ ދެއްވިފޙުން އަދި ކިރިޔާ މަޖިލީހުގެ ޖަލްސާއެއް އޮމާންކޮށް މިބޭއްވުނީ. ... 5 އަހަރު ފަހުން.

  15. ދަވޭ

    މިއަދުގެ ޖަލްސާއަކީ ގާނޫނާ ހިލާފު ޖަލްސާއެއް ކަމަށް ތަމެން އިދިކޮޅު ރަންރީނދުލޭ މެން ކުނޫޒު ކިއްލާ އަށް ވަދެ ފެލުނު ނަމަވެސް ތަމެން ދައްކާ ކަނޑުކޮސް ވާހަކަ އަޑު އަހާނެ ބަޔަކު މިފުރަ މާލެ އަކު ނެތޭ ތިމަރަފުށީ މީހެއް ނޫންތޭ ރިޔާޒު އަކީ މަމެން ނުޖެހޭނެއޭ އޭނާ ދައްކާ ވާހަކަ އެއް އަޑު އަހަން އަދި އޭނާ އަކީ ޕޮލިޓިކަލް ބެކް ގްރައުންޑެއް ހުރި މީހެއް ނޫނޭ ޕޮލިޓިކަލީ އޭނާ އަކީ ވަރަށް ލޯ ޕްރޮފައިލްޑް މީހެކޭ ކަން މިހެން ހުރުމުން ތަމެން ދައްކާ ވާހަކަ ތަކަކީ އެއީ މަމެން ކުނި ވަށިގަނޑަށް އަޅާލާނެ އެއްޗެކޭ. ކަން މިހެން ހުރުމުން މިއަދުގެ ޖަލްސާ އަށް ހާޒިރުވާ މެމްބަރުން އެއީ 3 މެމްބަރުން ނަށް ވީނަމަވެސް އެތަނުން 2 މެމްބަރުން މިއަދު ސަރުކާރުން ހާކިމާ ހުށައެޅި ކަން ފާސް ކޮށްދީފިނަމަ އެ ވާނީ ސައްހަ އެއްޗަކަށޭ އެއަށް ގޮން ޖެހޭނީ ދެން ސްޕްރީމް ކޯޓަށޭ ދެން ސްޕްރީމް ކޯޓުން އަންގަން ޖެހޭނީ 43 މެމްބަރުން ހަމަ ކޮށްގެން މަޖްލީހުން ކުއްލި ނުރައްކަލުގެ ހާލަތަށް އަމަލު ކުރަން އެނޫން ނަމަ އެވާނީ ސައްހަ އެއްޗަކަށޭ.

  16. އަބްދުއްލާ

    ބަރާބަރު . ބޮޑު އެއްވުން ކުޑަ އެއްވުން ވެރިކަން ވައްޓަލުން ބާއްވާނަމަ ގައުމު އޮންނާނީ ގާނޫނުއަސާސީގަ ބުނާ ގައުމުގެ ސަލާމަތާ ރައްކާތެރިކަމަށް އިއުލާން ކުރެވޭ ކުއްލި ނުރައްކަލުގެ ހާލަތުގާ މިހާލަތު ބަދަލުވާން ވާނީ އިދިކޮޅުމީހުން ހާލަތު ބަދަލުކުރީމާ

  17. އިބްރާހީމް

    ޕޮލިހައް ހާޒިރު ކުރާއިރު ޑޮކްޓަރުގެ ސެޓްފިކޭޓް އަކާ އެކު ދިއުމަށް ފެނޭ ..

  18. ކެޔޮޅު

    ކޮއްމެ ގޮތެއްހަދައިގެން ވިޔައްހެޔޮ އައްނީގެ ބަލާވެރިކަމުން ޤައުމު ސަލާމަތްކޮއްދެއްވާ. ރައީސް ޔާމީން !