ލ. ގަމުން އަންހެނަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެރަށުން އަންހެނަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަން އެރަށުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.

އެ ރަށު ހޮސްޕިޓަލުން ވިދާޅުވީ، އެރަށުން މިއަދު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އެރަށުގައި ހޯމް ކަރަންޓީން މުއްދަތު ހަމަވުމުން އިއްޔެ ސުންކު ނެގި 43 އަހަރުގެ އަންހެނަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ.

އަދި އެ މީހާއާ ގުޅުން ހުރި ދެ މީހެއްގެ ނަތީޖާ ނުލިބޭ ކަމަށްވެސް ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް އެރަށް އޮތީ މޮނީޓަރިންގގައެވެ. އެ ރަށް މޮނީޓަރިންގއަށް ލާފައި ވަނީ އެ އަތޮޅުގެ ފޮނަދޫގައި ކަރަންޓީންގައި ނެތް ހަތަރު މީހުން ކޮވިޑް-19 އަށް ފައްސިވުމުންނެވެ.

މި ވޭދަނަތަކާއި ގުޅިގެން ގިނަބަޔަކު ވަނީ ކަރަންޓީންކޮށްފައެވެ. އަދި އެ މީހުންނާއި ގާތުން އެއްތާވި މީހުން ހޯދައި، އެ މީހުންގެ ސުންކުވެސް ނަގާފައި ވެއެވެ. އެ ނެގި ސުންކުތަކުގެ ތެރެއިން އެންމެ ގާތުން އެއްތާވި އެއްވެސް މީހަކު ކޮވިޑް-19 އަށް ފައްސިވެފައެއް ނުވެއެވެ.

އަދި އެ ދެރަށުންވެސް ވަކި ތަރުތީބެއް ނެތި ސުންކުތަކެއް ނަގާފައި ވެއެވެ. މި ހަތަރުމީހުންނަކީ މިހާރު ގިނަބަޔަކު ފައްސިވަމުންދާ، ގއ. ދެއްވަދޫން އެރަށަށް ދިޔަ، އެރަށު ބައެކެވެ. ދެއްވަދޫންވެސް މިހާތަނަށް 33 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސްކޫލްތަން ހުޅުވޭ ނެތޯ