ތ. ކިނބިދޫ އިން ކޮވިޑް-19 އަށް ތިން މީހަކު ފައްސިވެއްޖެ އެެވެެ.

އެެެރަށުން ކޮވިޑަށް ފައްސިވެެފައި ވަނީ އެއް ގެެއެއްގައި ކަރަންޓީނުކޮށްފައި ތިބި ތިން މީހެކެވެ. ކިނބިދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ނާޒިމް "ވަގުތު" އަށް ވިދާޅުވީ އެ ތިން މީހުން ފައްސިވެެފައިވާކަން އެނގިފައި ވަނީ އިއްޔެގެ ވަގުތެެއްގައި ކަމަށެވެ.

ފައްސިވި ތިން މީހުންގެެ ތެރޭގައި ހިމެނެނީ ދެ ބޮޑު މީހަކާއި ކުޑަކުއްޖެކެވެެ. އެެއީ ދަރިއާއި އެކުއްޖާގެެ މަންމަ އަދި ބައްޕައެވެ. ނާޒިމް ވިދާޅުވީ އެެ ކުޑަކުއްޖާ އަކީ އަދި 18 އަހަރު ނުފުރޭ ކުއްޖެެއް ކަމަށާއި އެެއީ އެރަށު ސްކޫލްގެ ގްރޭޑް އަށެއްގައި ގައި ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރެއް ކަމަށެވެ.

ފައްސިވި ދެެމަފިރިންނަކީ އުމުރުން 50 އަހަރުން މަތީ ދެެމީހުންނެެވެ. އެ ދެެމަފިރިންގެެެ ތެރެެއިން ފިރިހެން މީހާ އަކީ ފުއްޕާމޭގެެ މައްސަލައެއް ހުންނަ މީހެއް ކަމަށާއި، އެއީ ހައި ރިިސްކު މީހެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އެެ ދެެމީހުންގެ ތެެރެެއިން ފިރިހެެން މީހާ ފުއްޕާމޭގަ މައްސަލައެއް ހުންނާތީ ހައި ރިސްކު ކަމަށް ކަނޑަައަޅާފައި ވަނީ. މިކަމާއި ގުޅިގެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުން މިދަނީ" ނާޒިމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިހާރު ކުރަމުން ދަނީ ލ. އަތޮޅު ގަމުގައި ހުންނަ އައިސޮލޭޝަން ފެސިލިޓީއަށް މި ތިންމީހުން ބަދަލުކުރުމުގެ މަސައްކަތް ކަމަށެެވެ. ނަަމަވެސް އަދި ކަނޑުގަދަކަމުން ސީ އެމްބިއއުލާންސްގައި ލ. އަތޮޅަށް ދަތުރުކުރެވޭ ވަރު ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަނެެއްކާވެެސް ވަނީ މަޑުމަޑުން މައްޗަށްް ދާން ފަށާފައެެވެެ. މިހާރު ފައްސިވާ މީހުންގެެ ތެރޭގައި ނިސްބަތުން އަތޮޅުތެރޭ މީހުން ގިނައެވެ.

ކިޔުންތެރިންގެ ހިޔާލު