ޏ. ފުވައްމުލަކުގެ މާނޭރެ ސަރަހައްދު މޫދުގައި އޮންނަ އޮއެ ބާރު ނެރުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ އަށް ނުރައްކާވާތީ އެ ތަން ބަންދު ކުރުމަށް ގޮވާލައި ފުވައްމުލައް ސިޓީ ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

އެ ރަށުގެ ބަނދަރު ހެދުމުގެ ކުރިން ރަށަށް ފޭބުމަށް ފަރު ގޮއްވައިގެން އަށް ނެރެއް ކޮނުނުއިރު، އޭގެ ތެރެއިން އަދިވެސް ބަންދު ނުކޮށް ހަތަރު ނެރެއް އެބަ އޮތެވެ. މި ނެރު ބަންދު ކުރުމަށް ގޮވާލައި ސިޓީ ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެ ރަށުގެ މާނޭރު ސަރަހައްދަށް މޫދަށް ގޮސް އުޅެނިކޮށް ފުވައްމުލައް، ޔޫރޯ، އަހުމަދު ފައުޒާން ގެނބިގެން ނިޔާވެފައިވަނިކޮށެވެ.

އެނގިފައިވާ ގޮތުގައި މި ޕެޓިޝަން ހުށަހަޅާފައިވަނީ "ވަން ފުވައްމުލައް ޖަމިއްޔާ" ގެ ފަރާތުންނެވެ. އެ ޕެޓިޝަންގައި 2،000 އަށް ވުރެ ގިނަ މީހުންގެ ސޮއި ލިބިފައިވާ ކަމަށް އެނގިފައިވެއެވެ. ސިޓީ ކައުންސިލްގެ ފަރާތުން ފުވައްމުލައް ސިޓީގެ މޭޔަރު އަބްދުﷲ ފަލާހް އެ ޕެޓިޝަނާ ހަވާލުވިއިރު، އެ ޕެޓިޝަން ހަވާލުކޮށްދޭން ސިޓީ ކައުންސިލަށް ދިޔައީ ފައުޒާންގެ ދެ ރަހުމަތްތެރިންނެވެ.

ފައުޒާނަކީ ފުވައްމުލަކު ސްކޫލްގެ ވަރަށް ފާހަގަކޮށްލެވޭ ދަރިވަރެކެވެ. އެތްލެޓިކްސްގައި ފާހަގަކޮށްލެވޭ ހުނަރުވެރިއެކެވެ. އަދި ސްކައުޓް ހަރަކާތްތަކުގައި ވެސް ވަރަށް އިސްކޮށް ހަރަކާތްތެރިވެފައިވާ ދަރިވަރެކެވެ.

ފައުޒާން ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ ހޮނިހިރު ދުވަހުގެ ހަވީރު 16:47 ކަންހާއިރު އެވެ. އޭނާ ފެނުނީ 17:50 ކަންހާއިރުއެވެ. ފައުޒާން ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. ފައުޒާން ގެނބުނީ އޭރު އެ ސަރަހައްދުން އޮޔާ ދިޔަ ދެކުއްޖަކު ސަލާމަތްކޮށްދިން ފަހުންނެވެ.

ފައުޒާން ގެނބުނު ސަރަހައްދަކީ މީގެ ކުރިން އެފަދަ ހާދިސާތަކެއް ހިނގަފައިވާ ސަރަހައްދެކެވެ. މީގެ ކުރިން އެ ސަރަަހައްދުން ޕާކިސްތާނުގެ ޑޮކްޓަރެއްވެސް ވަނީ ގެއްލިފައެވެ. އޭގެ އިތުރުން ވެސް އެތައް ބަޔަކު އެސަރަހައްދަށް މޫދަށް އެރި އުޅެނިކޮށާއި އެ ދިމާލުން ރަށަށް އަރަން އުޅެނިކޮށް ބޮއްކުރާ ބަންޑުން ޖަހާލުން ފަދަ ހާދިސާތައް ހިނގައި، މިފަދަ ބައެއް ހާދިސާތަކުގައި މީހުން ނިޔާވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ވގ

    ތިބުނާ ތާކައް ނޭރުނީމަ ނިމުނީނު

    10
    23
  2. އއ

    ނެރު ބަންދު ކުރުމަށްވުރެ ހުރިހާ ކުދިންނަށް ފަތަން ދަސްކޮށްދިނުމަށް އިސްކަންދޭންވީ ، އަންހެންވެސް ފިރިހެންވެސް. ގްރޭޑް ނިންމާއިރު ފަތަން ނޭންގޭ ބައިވަރު ކުދިން ސްކޫލްތަކުގައި... މޫދަށް އެރޭއިރު ޒިންމާކުރުވަންވީ ފްލޯޓިންގ އިކުއިޕްމަންޓްތަކާއެކު މޫދަށް އެރެން.

    7
    20
  3. Anonymous

    ނެރުގެ މައްސަލަ އެއް ނޫން އެއީ.

    14
    6
  4. މަބުނީ

    މައްސަލަޔަކީ ނެރެއްނޫން ދޯ! އެތަނައް މޫދައްއެރޭ މީހުން ވެއްޖެއެއްނު އެކަން ހުއްޓާލަން! އެންމެނަށްވެސް އެބައެނގޭ އެތަނަކީ ކިހާ ނުރަށްކާ ތަނެއްކަން! އެނގޭއިރުވެސް ތުއިދައްކަން ގޮސް އެތަނަކައް އެބައެރޭ! ތިމީހުންގެ ސަބަބުން ކިހާދެރަ ކަންކަންތަ މި ދިމާވަނީ!

    14
    8
  5. .....

    މަށަށް ފެންނަނީ ފުވައްމުލަކު ކައިރިން އޮއެ ދެމުން މަނާކުރަން ޕެޓިޝަނެއް ހުށައަޅަން...ނެރެއްނޫނެއްނު އޮއެތާ ގެންދިޔައީ ދޯ....ބޯހަލާކު...މިކަންވެސް ބޭނުން ކުރަނީ މި އަމިއްލަ މަންފާ އެއް ހާސިލްކުރާނޭ ސަވާރީ އަކަށްތޯ...

    6
    11
  6. ލލ

    ރާއްޖޭގައި ހުރި މިފަދަ ނުރައްކާ ހުރިހާ ތަންތަން ނެރުތަށް ފާހަގަކޮށް އެތަން ތަނުގައި ބޯޑް ޖަހާ ކައިރީގައި ލައިފްގާޑް ބަހައްޓަންޖެހޭ، މޫދައްއެރި އުޅޭ ދިމަދިމާލުގައި ލައިފްގާޑް ބަހައްޓަންޖެހޭ !

    23
    3
  7. ޢައްޔާ

    ތިއީ މިނީ ބާމިއުޑާރ ޓްރޭންގަލްއެއް ކަން ނޭނގޭ! މޭޖަރ ބާމިއުޑާރ ޓްރޭންގަލް އޮންނަ ސަރަހައްދަށް ވެސް އެއްވެސް ބަޔަކު އަދި އެއްވެސް އުޅަނދެއްވެސް ގޮސް ނޫޅޭ.ވީމާ މަށަށް ފެންނަނީ ތި ތަނަށް އެއްވެސް ބަޔަކު އަދި އެއްވެސް އުޅަނދެއްވެސް ނުދާން. ފައުޒާނަށް ސުވަރުގޭގެ ނިއުމަތް މިންވަރު ކުރައްވާށި. އާމީން.

    18
  8. މަރުމޯލް

    އައްޑޫސިޓީ ލިންކް ރޯޑްވެސް ބަންދުކުރަންވީތާ ، އެތެއް އެކްސިޑެންޓެއްވެ ގިނަބައެއްގެ ފުރާނެ ގޮސްފައިވާ މަގެއް އެއީވެސް ، ވަޅިއަކުން ގައިގެ ތަނެއް ކެފާގެން ދިއުމުން ، އެވަޅި ބިންދާލުން ކހަލަ ކަމެއް ތިޔައީ

  9. ވގ ޔނ

    ފުވައްމުލަކު ކުދިބޮޑު އެންމެނައް އެއީ ކޮންތަނެއްކަން އެގޭ ކިހާ އޮއިވަރުބާރު ރާޅުބޮޑު ދެން ކީއްކުރަން އެތަނައް އެރެނީ އޮޔާއި ވަޔަކައް ވުރެ ގަދައެއްނުވެވޭނެ ވީ އިރު ނެރުބަންދުކުރުމެއްނޫން ހައްލަކީ އެތަނައް ނޭރުންހައްލަކީ ރައްޔިތުން ވިސްނާނެ ކަމައް ހީކުރަން

    1
    1
  10. ޙުސެން

    ޢަހަރެންނަކީ ފމުލަކު މީހެއްނޫން. އެކަމު މީގެ 20 އަހަރު ކުރިން އަހަރެން ފމުލަކައް ގޮސް އުޅުނު އުޅުމުގެ ތެރޭ ހަބަރު ލިބި ފައިވާ ގޮތުގައި އެ ނެރު ސަރަހައްދަކީ "މަރުގެ މަޅި" އެއް. ): އެ ތަނަކީ މިހާ ނުރައްކާތެރި ލޮކޭސަނެއްކަން އަނގައިދޭ ނިސާން ތަކެއް މޫދު ގައްޔާއި އެއްގަމުގައި ހަރުކޮއްދެއްވުން އެދި ފމުލަކު ކައުންސިލުގައި އިހުތިރާމާއެކު ދަންނަވަން.

  11. ޒާރާ

    މިދެން ބޮޑުވަރު!

  12. Anonymous

    ތަންކޮޅެއްހޭލުންތެރިވެބަލަ މިހާރުތިކުރަނީ އިންޑިޔާމީހުންކުރާކަހަލަގެ ޖޯކުކަންތައް ވިއްސާރަ ނުވީމަ ބޮއްކާވެނިކުރުވާ މަސްނުބޭނުނުނީމަ މޫދުގަތަޅާ ކޮންމެކަމަކައް ޕެޓިސަނެއްމީކޮންކަމެއްތަ ތިޔައްވުރެންމާރަނގަޅުވާނެ ޑައިވިންކުރާއެއްޗެތިލައްވާފަ ފުލުހަކުއެތާފޯރިމެރިޔަސް ވަގުތުބޭކާރުކޮއްނުލާ ފައިދާހުރިކަމަކާގެންއުޅެބަލަ

  13. އަބުދުއްލޯ

    ތަންކޮޅެއްހޭލުންތެރިވެބަލަ މިހާރުތިކުރަނީ އިންޑިޔާމީހުންކުރާކަހަލަގެ ޖޯކުކަންތައް ވިއްސާރަ ނުވީމަ ބޮއްކާވެނިކުރުވާ މަސްނުބޭނުނުނީމަ މޫދުގަތަޅާ ކޮންމެކަމަކައް ޕެޓިސަނެއްމީކޮންކަމެއްތަ ތިޔައްވުރެންމާރަނގަޅުވާނެ ޑައިވިންކުރާއެއްޗެތިލައްވާފަ ފުލުހަކުއެތާފޯރިމެރިޔަސް ވަގުތުބޭކާރުކޮއްނުލާ ފައިދާހުރިކަމަކާގެންއުޅެބަލަ

  14. ފ

    ކަލެޭމެން ނޭގޭ ވާހަކަ ނުދައްކާ ތިބެންވީނު

    3
    1