ލ.ގަމުން މިއަދު ކޮވިޑް-19 އަށް ފައްސިވި އަންހެން މީހާއާ ގުޅުން ހުރި އިތުރު ބަޔަކު ފައްސިވެއްޖެ އެވެ.
މިއާއެކު މިހާރު އެރަށުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ ތިނަކަށް އަރާފައެވެ.
މި އެންމަނީ ކަރަންޓީންގައި ތިބި ބައެކެވެ.
މީގެ ތެރެއިން ފުރަތަމަ ފައްސިވެފައި ވަނީ އަންހެން މީހާއެވެ. އެއީ ހޯމް ކަރަންޓީން މުއްދަތު ހަމަވުމުން އިއްޔެ ސުންކު ނެގި 43 އަހަރުގެ އަންހެނެކެވެ. އެ އަންހެން މީހާގެ ސުންކުގެ މައުލޫމާތު ދިންއިރު، އެ މީހާއާ ގުޅުން ހުރި ދެ މީހެއްގެ ނަތީޖާ ނުލިބޭ ކަމަށް އެއިރު ހޮސްޕިޓަލުން ވިދާޅުވިއެވެ.
ނަމަވެސް ވަގުތު އަށް އެނގިފައިވާގޮތުން ފައްސިވި އިތުރު ދެ މީހުންނަކީ މި ދެމީހުންނެވެ. މީގެ ތެރެއިން އެކަކުގެ އުމުރަކީ 14 އަހަރެވެ. އަނެއް ކުއްޖާގެ އުމުރަކީ ދެ އަހަރެވެ.
ކޮވިޑް-19 އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް އެރަށް އޮތީ މޮނީޓަރިންގގައެވެ. އެ ރަށް މޮނީޓަރިންގއަށް ލާފައި ވަނީ އެ އަތޮޅުގެ ފޮނަދޫގައި ކަރަންޓީންގައި ނެތް ހަތަރު މީހުން ކޮވިޑް-19 އަށް ފައްސިވުމުންނެވެ.
މި ވޭދަނަތަކާއި ގުޅިގެން ގިނަބަޔަކު ވަނީ ކަރަންޓީންކޮށްފައެވެ. އަދި އެ މީހުންނާއި ގާތުން އެއްތާވި މީހުން ހޯދައި، އެ މީހުންގެ ސުންކުވެސް ނަގާފައި ވެއެވެ. އެ ނެގި ސުންކުތަކުގެ ތެރެއިން އެންމެ ގާތުން އެއްތާވި އެއްވެސް މީހަކު ކޮވިޑް-19 އަށް ފައްސިވެފައެއް ނުވެއެވެ.
އަދި އެ ދެރަށުންވެސް ވަކި ތަރުތީބެއް ނެތި ސުންކުތަކެއް ނަގާފައި ވެއެވެ. މި ހަތަރުމީހުންނަކީ މިހާރު ގިނަބަޔަކު ފައްސިވަމުންދާ، ގއ. ދެއްވަދޫން އެރަށަށް ދިޔަ، އެރަށު ބައެކެވެ. ދެއްވަދޫންވެސް މިހާތަނަށް 33 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.
ހުސް ފޭކު.
ސްކޫލްތަން ހުޅުވާބަ
ސްކޫލްތަން ހުޅުވާބަ
ހުސް ފޭކެން ނުން ކަލޭއަންތެ އެގެނި