"ވަގުތު އެހީ" އިން ކަޕް ކޭކް ވިއްކުމުގެ ހަރަކާތް ކުރިއަށް ގެންދަނީ – ވަގުތު އިމޭޖްސް : އަޝްހާދް އަބްދުﷲ (ޖެރީ)
"ވަގުތު އެހީ" އިން ކަޕް ކޭކް ވިއްކުމުގެ ހަރަކާތް ކުރިއަށް ގެންދަނީ – ވަގުތު އިމޭޖްސް : އަޝްހާދް އަބްދުﷲ (ޖެރީ)

ކަޕް ކޭކް ވިއްކައިގެން "ވަގުތު އެހީ" އަށް ދެދުވަސް ތެރޭގައި 115751.22 (އެއްލައްކަ ފަނަރަ ހާސް ހަތްސަތޭކަ ފަންސާސް އެއްރުފިޔާ ބާވީސް ލާރި) ލިބިއްޖެއެވެ.

ADS BY SHEESHA

އިއްޔެ އާއި މިއަދު މާލޭގައި ކަޕް ކޭކް ވިއްކުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ "ވަގުތު އެހީ" ގެ ވޮލެންޓިއަރުންނެވެ.

މިފައިސާ ލިބިފައި ވަނީ 2055 ކަޕް ކޭކް ވިއްކައިގެންނެވެ. މީގެ ތެރެއިން 75 ކޭކް އަކީ ހެޔޮ އެދޭ ފަރާތަކުން ހަދިޔާ ކުރި ކޭކެވެ. އެހެން ހުރިހާ ކޭކަކީ "ވަގުތު އެހީ" ގެ ވޮލެންޓިއަރުން ތައްޔާރުކުރި ކޭކެވެ.

"ވަގުތު އެހީ" އިން ކަޕް ކޭކް ވިއްކުމުގެ ހަރަކާތް ކުރިއަށް ގެންދަނީ – ވަގުތު އިމޭޖްސް : އަޝްހާދް އަބްދުﷲ (ޖެރީ)
"ވަގުތު އެހީ" އިން ކަޕް ކޭކް ވިއްކުމުގެ ހަރަކާތް ކުރިއަށް ގެންދަނީ – ވަގުތު އިމޭޖްސް : އަޝްހާދް އަބްދުﷲ (ޖެރީ)

ފާއިތުވި ދެދުވަހު ކަޕް ކޭކް ވިއްކައިގެން ލިބުނު ފައިސާ އާއި އެކު "ވަގުތު އެހީ" ފަންޑަށް ލިބުނު ފައިސާގެ ޖުމްލަ އަދަދު މިހާރު ވަނީ 297728.32 (ދެލައްކަ ނުވަދިހަ ހަތްހާސް ހަތްސަތޭކަ އަށާވީސް ރުފިޔާ ތިރީސް ދެލާރި) އަށް އަރާފައެވެ.

މިފައިސާ "ވަގުތު އެހީ" އިން ޚަރަދު ކުރާނީ މާލީ ތަނަވަސްކަމެއް ނެތުމުގެ ސަބަބުން ބޮޑެތި ބަލިތަކަށް ފަރުވާ ކުރުމުގައި ދަތިތައް ދިމާވެފައިވާ ފަރާތްތަކަށެވެ.

"ވަގުތު އެހީ" އިން ކަޕް ކޭކް ވިއްކުމުގެ ހަރަކާތް ކުރިއަށް ގެންދަނީ – ވަގުތު އިމޭޖްސް : އަޝްހާދް އަބްދުﷲ (ޖެރީ)
"ވަގުތު އެހީ" އިން ކަޕް ކޭކް ވިއްކުމުގެ ހަރަކާތް ކުރިއަށް ގެންދަނީ – ވަގުތު އިމޭޖްސް : އަޝްހާދް އަބްދުﷲ (ޖެރީ)

މިހާތަނަށް މިފަންޑުން ވާނީ ފަސް ފަރާތަކަށް ފައިސާ ހަދިޔާ ކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ޒާހިލްގެ ބޭސްފަރުވާ އަށް ހަދިޔާ ކުރި 433744.79 (ހަތަރުލައްކަ ތިރީސް ތިން ހާސް ހަތްސަތޭކަ ސާޅީސް ހަތަރު ރުފިޔާ ހަތްދިހަ ނުވަ ލާރި) އާއި އެހެން ފަރާތްތަކަށް ހަދިޔާކޮށްފައިވާ 41550 (ސާޅީސް އެއްހާސް ފައްސަތޭކަ ފަންސާސް ރުފިޔާ) އެވެ.

ADS BY SHEESHA

މީގެ އިތުރުން މިހާރު ވެސް ދާއިމީ ގޮތެއްގައި ދެކުއްޖަކަށް މިފަންޑުން ވަނީ ފައިސާ ހަދިޔާ ކުރަން ނިންމާފައެވެ. އޭގެ ތެރެއިން އެއްކުއްޖަކީ ލޭގެ ކެންސަރަށް ފަރުވާ ކުރަމުން އަންނަ އައިޝަތު ޒަލްޚާ އެވެ. އޭނާ އަށް ދެއަހަރު ވަންދެން ކޮންމެ މަހަކު 700 އެމެރިކާ ޑޮލަރު ހަދިޔާ ކުރާނެއެވެ. އަދި ކަށީގެ ކެންސަރު ޖެހިފައިވާ އައިމިނަތު ސަލީނާ އަށް ކޮންމެ މަހަކު 1000 އެމެރިކާ ޑޮލަރު އެއްއަހަރު ދުވަސް ވަންދެން މިފަންޑުން ހަދިޔާ ކުރާނެއެވެ.

ADS BY ASTERS

Comments are closed.