އަމީނިއްޔާ ސްކޫލް ޓީޗަރަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ފައްސިވެފައި ވަނީ އެ ސްކޫލްގެ ގްރޭޑް ތިނެއްގެ ޓީޗަރެކެވެ.

އެ ސްކޫލުން ޓީޗަރަކު ފައްސިވިިއިރު, އޭނާ ގާތުން އެއްތާވި މީހުން މިހާރު ދެނެގަތުމުގެ މަސަްްކަތްތައް ދަނީ ކުރަމުންނެވެ.

"ވަގުތު"އަށް މައުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ އަހުމަދު މުޖާހިދު ވިދާޅުވީ، އަމީނިއްޔާ ޓީޗަރެއް ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށާއި، އޭނާ އާ އެއްވެސް ކުއްޖަކާއި ބައްދަލުވެފައިނުވާ ކަމަށެވެ.

އަދި އެ ވޭދަނައާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ކަންތައް ކުރިއަށްދާ ކަމަށް މުޖާހިދު ވިދާޅުވިއެވެ.

މިދިޔަ އަހަރު މާލޭގެ ސްކޫލްތައް ހުޅުވާލި ދުވަސްވަރު ވެސް ކޮވިޑް-19 އަށް ބައެއް ޓީޗަރުންނާއި ދަރިވަރުން ފައްސިވެފައި ވެއެވެ. ނަމަވެސް އެއްވެސް ޓީޗަރަކު އަދި ދަރިވަރަކު ވެސް ސްކޫލް ތެރޭގައި ބަލި ފެތުރިގެން ކޮވިޑް-19 އަށް ފައްސިވެފައެއް ނުވެއެވެ. ފައްސިވި ޓީޗަރުންނާއި ދަރިވަރުން ފައްސިވީ ސްކޫލްގެ ބޭރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރައްޔިތު

    ބަލި ފެތުރޭލެއް ކުޑަ ވެގެން ކޮވިޑު މިނިސްޓަރު އެންމެ ކުޑަކުދިން ވެސް ސުކޫލަށް ނެރުނީ ތިކަން ނުވެގެންނު..! ހުރިހާ ޓީޗަރުންނާ ކުދިންނަށް ޖެހުނީމަ ދެން ގައުމުގެ ސަލާމަތެއް ނޯންނާނެ..!

    24
    2
  2. Anonymous

    އާދީއްތަ ދުވަހުވެސް ކޮވިޑް ޕޮޒިޓިވް ޓީޗަރ ސްކޫލަށް ދިޔަ. ބެލެނިވެރިންގެ ވައިބަރ ގްރޫޕް ބަލާލާ، ގްރޭޑް3 ގެ ކްލާސްޓީޗަރުން އެކަހެރި ކުރީ. ކޮބާ މާއްދާތަށް ކިޔަވާދޭ ޓީޗަރުން. ކޮބާ ތިޔަ ޓީޗަރު ދިޔަ ކްލާހުގެ ކުދިން. އަދިވެސް ހާސް ނުވެ ދަރިން ސްކޫލަށް ފޮނުވަންވީތަ؟

    9
    3
  3. ސަފަރު ކައްދަ

    އެއްވެސް ދަރިވަރަކާ އެޓީޗަރ ބައްދަލު ނުވާވާހަކަ ބުނާއިރު އާދީއްތަ ދުވަހު ތިބުނާ ޓީޗަރ ސްކޫލަށް ދިޔަޢީ އެހެން ޓޗަރުންނަށް ކިތަވާދޭންތަ ނޫނީ ފާހާނައިގަ އިންނަންތަ؟

    13
  4. ކޮމެންޓު

    މިނިސްޓު ވިދާޅުވީ ސުކޫލުތައްހުޅުވުމުން
    ދަރިވަރުން ނާއިޓީޗަރުންނައްއެތްވެސްނުރައްކަލެއްނޯންނާނެއެވެ
    އެކަމަނާ އެހެންއެވިދާޅުވީ އެއީ އެކަމަނާ ބަސްސަވާ އެތްޗަައްވާތީދޯ

  5. ީޓާޓާ

    އެދައިތަ ވަރައްމޮޅުވާނެ

  6. Anonymous

    މައިންބަފައިން ބިރުގަންނާނެ މިޙާލަތުގައި ދަރިން ސްކޫލަށް ފޮނުވަން.
    ކިޔާ އަޑުއިވޭ އެޗްޕީއޭގެ ހުއްދަވެސް ނުހޯދައޭ ސްކޫލްތައް ހުޅުވީވެސް.
    ބަލި ފެތުރޭ ކަމަށް ވާނަމަ ފަރުވާކުޑަ ނުކުރައްވާ އަވަހަށް ފިޔަވަޅުތައް އަޅުއްވާ. ޕލޒ.
    ހެނދުނާއި ހަވީރުގެ ޛިކުރުތައް ވެސް ދަރިން ލައްވާ ކިޔުއްވާ. ދުޢާ ކިޔައިގެން ނޫނީ ބޭރަށްވެސް ނުދަންވީ އަބަދުވެސް.

    11
  7. ކާފ

    ޓީޗަރު ސްކޫލަށް ގޮސް ކީއްތަ ކުރަނީ