ވައިގެ މަގުން ބްރެޒިލް އިން ރާއްޖެއައި ބްރެޒިލް މީހާކާއި ލަޓްވިއާގެ މީހެއްގެ އަތުން 10 މިލިއަން ރުފިޔާގެ މަސްތުވަތަކެތި އަތުލައިގެންފިއެވެ.

ކަސްޓަސްމްސް އިން ވިދާޅުވީ، މީގެ ތެރެއިން ލަޓްވިވާ ރައްޔިތަކީ ނޮވެމްބަރު ތިން ވަނަ ދުވަހު ރާއްޖެ އައި އުމުރުން 23 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާގެ އަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން، އޭނާގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

އަދި ފުރަތަމަ މަރުހަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ވަނީ ޕޮޒިޓިވް ވެފައެވެ.

ކަސްޓަމްސްއިން ވިދާޅުވީ، މިމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 2.466 ކިލޯގުރާމް ހުރި ކަމަށެވެ.

މީގެ އިތުރުން، ނޮވެންބަރު 28 ވަނަ ދުވަހު ރާއްޖެ އައި 21 އަހަރުގެ ބްރެޒިލް މީހެއްގެ އަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުން އޭނާގެ ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި ރައްކާކޮށްފައިހުރި 66 ކެޕްސޫލް ފެނިފައިވާ ކަމަށް ކަސްޓަމަސް އިން ވިދާޅުވިއެވެ. އަދި ފުރަތަމަ މަރުހަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ޕޮސިޓިވް ވެފައިވާ ކަމަަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

އަދި މިމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 654.4 ގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

މިމައްސަލަތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު ދިހަ މިލިއަން ނުވަލައްކަ އެކާވީސްހާސް ހަތަރުސަތޭކަ ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮރަލް

    ކޯޓައް ފައިދާ ވާނެ އެވެ. ތަހުގީގު ކުރާ މީހުންނަށް ފައިދާ ވާނެ އެވެ. އެމީހުނައް ނުލިބޭން ފެށީމަ އާއްމުންނަށް ގެއްލުން ދޭނެ އެވެ.

    20
  2. އައްޑޫ ލެއި

    ދެން އަވަހަށް އަވަހަށް އެމީހުން އެމީހުންގެ ގައުމަށް އަނބުރާ ފޮނުވާލާ. އެއީއެއްނޫން ކަލޭމެންނަށް ވާވަރަކީ

    11
    1
  3. ބުރެޒިލް

    ތިޔަވާނީ މިގައުމުގަ އުޅޭ ގައުމީދޫނިތަކައް ދޭން ގެނައިއެއްޗެއްހެން މިގައުމުގައި އުޅޭނެ ހިމާޔައް ކޮއްފައި ތިބިބަޔެއް ވެދުން މާދަމާ ދޫކޮއްލާނެ ހެކި ސާބިތުނުވެގެން މުއައްސަސާތަކުގެ އަގުވައްޓާލަން ހިންގާ ޑުރާމާ

  4. ޔަމާނީ

    ނޮވެމްބަރމަހުގެ ކަމެއް ރައްޔިތުންނާ ހަމައަށް މިތިލަވަނީ ހާދަ ފަހަކުންނޭ. ފުރަތަމަ މަރުހަލާގައި ޕޮޒެޓިވް ވެފައި ދެވަނަމަރުހަލާގައި ވާގޮތެއް ނޭގޭ.