ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓް ލާން ޖެހޭ ގޮތް ރައްޔިތުންނަށް ހޭލުންތެރި ކޮށްދިނުން ކުޑަ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިދިކޮޅު ކޯލިޝަންގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަންގެ ތަރުޖަމާނު ހިނާ ވަލީދު ވިދާޅުވީ، އިންތިހާބަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް އިލެކްޝަންސް ކޮމިޝަނުން އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށެވެ.
ކައުންސިލް އިންތިހާބުގައި ކޮންމެ ރަށަކުން ހަތަރު ވޯޓެއް ދޭން ޖެހެއެވެ. އެއީ އަތޮޅު ކައުންސިލްގެ ރައީސްގެ ވޯޓާއި، ކައުންސިލްގެ ރައީސްގެ ވޯޓާއި، ކައުންސިލްގެ އަންހެން މެންބަރުންގެ ވޯޓާއި، ކައުންސިލް މެންބަރުންގެ ވޯޓެވެ.
ސިޓީއެއްގައި ނަމަ ސިޓީ މޭޔަރާއި ދާއިރާ މެންބަރުގެ ވޯޓު ލާނެއެވެ. ހދ. ކުޅުދުއްފުށި ސިޓީން އެ ދެ ވޯޓުގެ އިތުރުން އަތޮޅު ކައުންސިލްގެ ރައީސްގެ ވޯޓް ލާނެއެވެ.
"ވޯޓު ކަރުދާސް އޮންނާނެ ގޮތާއި ވޯޓުލުމާ ގުޅޭ ގޮތުން އެއްވެސް ވަރަކަށް ރައްޔިތުން ހޭލުންތެރިނުކޮށް އިންތިހާބަކާ ދިމާލަށް ދާ ތަން މި ފާހަގަ ކުރެވެނީ. އޭގެ ސަބަބުން ވަރަށް ގިނަ އަދަދެއްގެ ވޯޓު ބާތިލުވުމަކީ އަޅުގަނޑުމެންގެ ކަންބޮޑުވުމެއް،" ހީނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ކައުންސިލް އިންތިހާބުގެ މިނިވަން ކަމާ މެދު އިދިކޮޅު ކޯލިޝަނުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިއަދު ވެސް ހީނާ އެ ކަން ތަކުރާރު ކުރެއްވިއެވެ. މިހާރު ވެސް ސަރުކާރުގެ އިސް ބޭފުޅުން ރަސްމީ ދަތުރުފުޅުތަކަށް ބުނެ ކެމްޕޭން ހަރަކާތް ހިންގަވާ ކަމަށް ތުހުމަތު ކުރެއްވިއެވެ.
ޙާދަ ބިރެކޭ ތިގަންނަނީދޯ ކާމިޔާބު ނުވެދާނެތީ
ބަލަ މުއީޒު ހޮވަންވީ މުއީޒަހީ ކަންކޮށް ނަތީޖާދައްކަދީފަހުރި މީހެއް މިފަދަ މީހުން ކަންކަމައްއިސްކުރިންވީ ގައުމާއި ރައްޔިތުން ތަރައްގީއާއި ތަނަވަސްކަން ބޭނުންނަމަ އިގޭ
ކޮބާ ހީނާ އެވަގުކަލޭގެދިންފުލެޓް އެއީދޯތިހަޅޭއްލަވާކަމަކީ
2018ގެ ރިޔާސީ އިންތިޚާބާ 2019 ގެ މަޖްލިސްިންތިޚާބުގައި ޕީޕީއެމްއަށްލިބުނު ވޯޓުގެ ތިންބައިކުޅައެއްބައި އޮތީ ބާޠިލްވޯޓުގެގޮތުގަ ގުނާފަ! ފަހުން ގުނއިވެސް ނުދިން.، މަޖުބޫރުވެގެން ގުނައިދިނީ 3 ފޮށި! އެއިން ކޮންމެ ފޮށްޓަކުން ނެގި ބާޠިލުވޯޓު އަލުން ޞައްޙަކަމަށް ބެލި! އެވާހަކަ ހީނާ އެ ވިދާޅުވީ! "ކިލޯ" ެމެން ކޮންއިރަކުންތަ ރޯފިލަނީ؟