ޕްރައިމަރީ ޓީޗަރުން މަދު ރަށްތަކަށް ހާއްސަކޮށް, ފަށާ ތައުލީމުގެ މުދައްރިސުން ތަމްރީން ކުރުމަށް އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ފަންޑުން ހަރަދުކުރާގޮތަށް 15 ސްކޮލަރޝިޕްގެ ފުރުސަތު އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.
މި ސްކޮލަރޝިޕްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މި ސްކޮލަޝިޕްއަށް ހޮވޭ މުދައްރިސުން ތަމްރީންކުރާނީ ގައުމީ ޔުނިވަރސިޓީން ކަމަށެވެ. އަދި މިއީ މި ވަގުތަށް ގައުމަށް ބޭނުންވާ މީހުން ބިނާކުރުމަށް ކުރިއަށްގެންދެވޭ ހާއްސަ ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.
މި ސްކޮލަރޝިޕާއެކު ދެވޭ އިނާޔަތްތަކުގެ ތެރޭގައި އެލަވަންސްއެއްގެ ގޮތުގައި މަހަކު -/5000 ރުފިޔާއާއި، ފޮތާއި އެހެނިހެން ތަކެތި ގަތުމަށް ކޮންމެ ސިމެސްޓަރއަކު -/5000 ރުފިޔާއާއި، ސްކޮލަރޝިޕްލިބޭ ފުރަތަމަ މަހު އެސްޓޭބްލިޝްމަންޓް ގްރާންޓްއެއްގެ ގޮތުގައި ދެވޭ -/5000 ރުފިޔާ ހިމެނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މި ސްކޮލަރޝިޕަށް ހޮވޭ ފަރާތްތަކުގެ އެކަމަޑޭޝަން ގައުމީ ޔުނިވަރސިޓީގެ ދަނާލުން ހަމަޖެހިގެންދާނެ ކަމަށެވެ.
މި ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތު ތަކުގެ ތެރޭގައި، ހަފްތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު އުޅެންޖެހޭ އެއްވެސް ވަޒީފާއެއް އަދާ ނުކުރުން ވަނީ ހިމަނާފައެވެ. މީގެ ބޭނުމަކީ މި ސްކޮލަރޝިޕްގައި ކިޔަވާ ދަރިވަރުން އުނގެނުމަށް ހޭދަކުރާ ވަގުތު އިތުރުކޮށް، ފެންވަރު ރަނގަޅު ޓީޗަރުން އުފެއްދުމެވެ.
މި ސްކޮލަރޝިޕްތައް އަމާޒުކޮށްފައިވަނީ ޕްރައިމަރީ ޓީޗަރުން މަދު 60 ރަށަކަށް ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ޖުމްލަ 30 މުދައްރިސުން ތަމްރީން ކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.
އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ފަންޑުން ހަރަދުކުރާ 15 ސްކޮލަރޝިޕްގެ އިތުރުން ގައުމީ ޔުނިވަރސިޓީއިންވެސް 15 ފަރާތަކަށް ސްކޮލަރޝިޕް ދިނުމަށް ހަމަޖެހިފައި ވެއެވެ.
މިދާއިރާއަށް ކުރިމަތިލުން ކަޑަ ކޮންމެއެއްޗެއް ދޭނަމޭ ބުންޏަސް އެއުޅެނީ ކުރިމަތިލާނެ މީހުން ނުވެގެން. މީވަރަށް ކަޑަދާއިރާއެއް!
މިފަހަރުވެސް ސަރުކާރުން އިޢުލާނު ކުރި ބޭރު ޓީޗަރުން ތިބި މަޤާމްތަކަށް ދިވެހިޓީޗަރުން ހޯދުމަށް، އެމަޤާމްތަކަށް ޑިގްރީ ހަދާފައިވާ ދިވެހިޓީޗަރުން އެޕްލައިވެސް ކުރި ނަމަވެސް މާލެ ސްކޫލުތަކުން އިންޓަވިއު ކުރުމަށްފަހު އެފަރާތްތައް ނުނަގައި ބޭރުޓީޗަރުންނަށް ފުރުޞަތު ދިންކަން އެނގޭ. އެހެންވީމާ ދިވެހިންހޯދާށޭކިޔާ ހޮޅިވާހަކަ ނުދައްކާ ނަމަކަށް އިޢުލާނު ތިކުރަނި. އަޑިއަޑިން ހުރިހާކަމެއް އޮންނަނީ އެހެންގޮތަކަށް ނިންމާފައި، ކަލާފާނު ސްކޫލަށް ހުށަހެޅީ އެންމެ ފަރާތަކުން އެހެންނަމަވެސް ދިވެހިމީހާ ކަޓުވާލައި ބޭރުމީހާ ބެހެއްޓީ. މިއީ އެނގޭކަންތައް.
ވަގު ސަރުކާރުންކުރާނީ ވައްކަން.މުޅިން އޮޅުވާލުން.މީހުންގެ ލޮލުގަ އަދުން އަޅުވައިގެން ތާއީދު ހޯދަން އުޅެނީ.