މިއަދު އިރުއޮއްސި 18:00 އާއިހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 59 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 17 މީހުން ފައްސިވީ މާލެ އިންނެވެ. މިއަދު ރިސޯޓްތަކުން 33 މީހުން ފައްސިވިއެވެ. މިއަދު އަތޮޅުތެރޭގެ ރަށްތަކުން ހަމީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މިހާތަނަށް ރާއްޖެ އިން 14277 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ބަލި ޖެހިފައި މިހާރު ތިބި މީހުންނާއި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ. މިހާރު 783 މީހަކަށް ބަލި ޖެހިފައި ތިބިއިރު 55 މީހަކު ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ.

މިއަދު ރާއްޖެ އިން 59 މީހަކު ކޮވިޑް-19 އަށް ފައްސިވީ 3318 މީހަކު ކޮވިޑް-19 އަށް ޓެސްޓް ކޮށްގެންނެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މިހާތަނަށް 49 މީހަކު ވަނީ ނިޔާވެފައެވެ. ކޮވިޑް-19 ޖެހިގެން ރާއްޖެ އިން އެންމެ ފަހުން މީހަކު ނިޔާވީ މިމަހުގެ 07 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލްޖިބްރާ

    އަދިވެސް ކޮވިޑް އެންމެ ގިނަ ޤައުމު ތަކުން ޓްއަރިސްޓުން ގެނެވޭތޯ ބަލާ ! އޭރުން ގިނަ ޑޮލަރު ލިބޭނެ ! ރިސޯރޓް އޯނަރުންގެ ޖީބު މުއްސަދި ވާނެ ! ޢާއްމުން ވާނީ ބިކަ !