އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓްގައި ކޮވިޑް-19 ފެތުރި އެރިސޯޓުން 32 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެޗްއީއޯސީ އިން ވިދާޅުވީ މިއަދު ފައްސިވި 59 މީހުންގެ ތެރެއިން 27 މީހުން ފައްސި ވެފައިވަނީ އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުން ކަމަށެވެ.

އެޗްއީއޯސީ އިން ވިދާޅުވީ އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓްގެ މުވައްޒަފަކު ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް 03 ޖަނަވަރީގައި ހެދުނު ޕީސީއާރު ޓެސްޓުން ފައްސިވި ކަމަށެވެ. އޭނާ ފައްސިވުމުން އޭނާ އާއު ގާތުން އެއްތާވި (ޑައިރެކްޓް ކޮންޓެކްޓްވި) އަށް މީހުން ކަރަންޓީން ކުރިއެވެ.

އަދި 11 ޖެނުއަރީގައި ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރެވުނު 4 މުވައްޒަފުން ފައްސިވިއެވެ. އެދުވަހު ފައްސިވި މީހުންގެ ތެރޭގައި ފުރަތަމަ ވޭދަނަ އާއި ގުޅިގެން އެކަހެރި ކުރި އެއްވެސް މުވައްޒަފަކު ނުހިމެނެއެވެ.

12 ޖެނުއަރީގައި ވަކި ތަރުތީބެއް ނެތި އެރަށުން ސުންކު ނެގިއެވެ. 98 ސުންކުގެ ތެރެއިން ތެރެއިން 19 މީހަކު އެދުވަހު ފައްސިވިއެވެ. މީގެ އިތުރުން މިއަދު ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރެވުނު 8 މުވައްޒަފުން ފައްސިވިއެވެ.

އެހެންކަމުން މިރިސޯޓުން އެކު ޖުމްލަ 32 މީހުން މިހާތަނަށް ވަނީ ފައްސިވެފައެވެ.

ފަހަކަށް އައިސް ރާއްޖޭގެ ރިސޯޓްތަކުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މިހާރު ވެސް ރިސޯޓްތަކުގައި ކޮވިޑް-19 ޖެހިފައި 152 އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ީއަހުމަދު

  ކިތަންމެ ގިނައިން ޕޮޒިޓިވް ވިއަކަސް މައްސަލައެއްނެއް ގެސްަޓުންގެނެސް ރިސޯޓުތައް ފުރާލާ

  11
  3
 2. ހިލޭ

  ޓޫރިޒަމް ކުރިއަރާތޯ އަދިވެސްބަލާ. ދިވެހި ރައްޔިތުންނަށް ހުރިހާ ތަކުލީފެއް.

  • ޜަސް

   އަސްލުވެސް މީރައްޔިތުން ދެކެ ލޯބިވާ އަދި ކމޭހިތާ ބަޔަކު އުޅޭ ވެރިކަމެއް ވެސް ނޫން ކީއްކުރާނީ ކޮންމެވެސް ބަޔަކު ވޯޓުލައިގެން މިހެންވެއްޖެދޯ!!! ވ.ދެރަ

   1
   1
 3. އަލީ

  ބޮޑެތި މީހުން ރިސޯޓުތަކަށް ދާންވީމަ ޕީސީރު ޓެސްޓެއް ވެސް ނޯވޭ. އަދިވެސް ރިސޯޓްތައް ހުޅުވަން ހުއްދަދީ..

 4. ަައަބޯ

  ސަރުކާރުގެ އިސްވެރިންނާއި، އެމީހުންގެ އާއިލާމީހުން ކުރިސްމަސް ނިވްޔެއާރ އަށް ރިސޯޓުތަކަށްގޮސް ބިރެއްނެތި މަޖާކުރާނެ ފުރުސަތު މިގުންޑާ ސަރުކާރުން ދިނުމުން ނުވެނުދާނެގޮތް މިވީ ސަރުކާރުގެ އިސްވެރިންނަށްކޮންކަމެއް މަޖާކޮށްލާފަ އެދިޔައިނު ހުރިހާ ތަކުލީފެއް އުފުލަން މިޖެހުނީ ަ=އަހަރުމެން ނިކަމެތި މުވައްޒަފުންނަކާނު! މިސަރުކާރަކީ އެއްވެސް ގޮތަކަށް ރައްޔިތުންެކެލޯބިވާސަރުކާރެއްނޫން ރައްޔިތު އެންމެންނަށް ކޮވިޑުޖައްސާފަވެސް މިމީހުން މިބަލަނީ ލާރިގަޑެއް ކާލެވޭތޯ.