23:21

މާލޭގައި ހުންނަ ޝީ ބިލްޑިންގައި ބޭއްވި ކައިވެނި ޕާޓީއެއްގެ ތެރެއިން ކޮވިޑް-19 ފެތުރި އުފެދުނު ކައިވެނި ޕާޓީ އިހަލުން (ކްލަސްޓާ އިން) މިހާތަނަށް 100 މީހުން ފައްސިވެފައިވާ ކަމަށް އެޗްއީއޯސީ އިން ވިދާޅުވެއްޖެ.

22:53

އިނގިރޭސިވިލާތުގައި ފެތުރެމުންދާ ކޮވިޑް-19 ވައިރަސްގެ އާވައްތަރު ލަންކާއިން ފެނިއްޖެ.

22:16

ކޮވިޑް-19 އަށް މިއަދު ރާއްޖެ އިން ފައްސިވި މީހުންގެ އަދަދު އަދި އެޗްޕީއޭ އިން ހާމައެއް ނުކުރޭ.

21:40

ބްރެޒިލުން މިހާރު ފެނިގެން އުޅޭ ކޮވިޑް-19 ވައިރަސްގެ އާވޭރިއަންޓްގެ ސަބަބުން ކަންބޮޑުވުންތައް އިތުރުވެ އިނގިރޭސިވިލާތުން އިތުރު ފިޔަވަޅުތައް އަޅައިފި.

18:52

ކޮވިޑް-19 އާ ގުޅިގެން މިހާރު މޮނިޓަރިންގެ ހާލަތުގައިވާ ގއ.ދެއްވަދޫ، ލ. ގަން، ފޮނަދޫއަށް ދަތުރުކޮށް ޖަނަވަރީ އެއް ވަނަ ދުވަހުގެ ފަހުން އައްޑޫ ސިޓީ އަށް ދަތުރުކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު އެއްކުރަން އައްޑޫ ސިޓީ ކައުންސިލުން ފަށައިފި.

15:58

ގއ. ދާންދޫން ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ/

15:49

ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 570 މީހަކު މަރުވެއްޖެ.

14:23

މިދިޔަ ހޮނހިހުރު ދުވަހު ގއ. އަތޮޅުގައި ދަތުރުކުރާ އަތޮޅުފެރީ "ކޮއިމަލާ 4" އިން ދަތުރުކުރުކޮށްފައިވާ ފަރާތެއް ކަރަންޓިން ވާން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފި.

14:03

13:30

ގއ. ދެއްވަދޫގެ ސިއްހީ ހިދުމަތްތެރިން ކޮވިޑް-19 އަށް ފައްސިވެ، އެ މަރުކަޒުގެ ހިންގުމަށް ބުރޫ އަރައިފި.

10:51

ފ.އަތޮޅު ނިލަންދޫއަށް ފަތުރުވެރިން އެރުމާއި ދެކޮޅަށް މުޒާހަރާ ކުރަން ފަށައިފި.

10:48

އއ.އަތޮޅު އުކުޅަހުގައި ޗުއްޓީ ހޭދަކުރަމުން ގެންދިޔަ ފަތުރުވެރިޔަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

10:43

ކޮވިޑް-19 ވެކްސިން ޖައްސަވަން ލިބިވަޑައިގަތް ފުރުސަތު ރައީސް ބޭނުމެއް ނުކުރެއްވި.

10:23

ގއ.ދާންދޫން ބަޔަކު ކޮވިޑް-19 ފައްސިވުމުން އެރަށަށް އަރައި ފޭބުން މަނާކޮށް ރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފި.

10:10

ގއ.ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކު ކޮވިޑް-19 އަށް ފައްސިވުމުން ސްކޫލް ބަންދުކޮށްފި.

09:09

ކޮވިޑް-19 ޖެހިގެން މެއި މަހުގެ ފަހުން ޗައިނާ އިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ.

08:42

ކޮވިޑް-19 ޖެހިގެން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެ.


ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ބަލި ޖެހިފައި ތިބި މީހުންގެ އަދަދާއި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވެސް އަންނަނީ މަތިވަމުންނެވެ.

މިއަދު 59 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 783 އަށް އަރައެވެ. މިއީ ޑިސެމްބަރ މަހުގެ 07 ވަނަ ދުވަހަށްފަހު އެކްޓިވް ކޭސްތަކުގެ އަދަދު މިހައި މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 55 އަށް އަރާފައެވެ.

ރާއްޖެ އިން މިހާރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދަނީ ރިސޯޓްތަކުުން ވެސް ގިނަ ބަޔަކު ފައްސިވަމުން ދާތީއެވެ. ރިސޯޓްތައް އެކަހެރިކޮށް އޮތުމުން ރިސޯޓްތަކުގެ ފައްސި އިތުރުވި ނަމަވެސް އެހެން ރަށްތަކަށް ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ކުޑެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢުމަރުނަސީރު

    ވޯކް ހޯމް ވަޤުތު އަތުވެއްޖެ